ފިއުލް ސަޕްލައިގެ ތެޔޮ ޑެލިވަރީ ކުރުން އިދިކޮޅު އެކްޓިވިސްޓަކަށް ބޮޑު އަގުގައި ދެނީ

ޖާއިޝް ތައުފީޤް 15 ސެޕްޓެމްބަރު 2020 21:00
Flowers
ނޫފަރު ބްރަދާރސްގެ ވެރިޔާ މުޙައްމަދު ޚަލީލް

ލ.ގަމުގެ އިންޖީންގެތަކަށް ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓަކަށް ދިނުމަށް ނިންމައި އެއްބަސްވުމުގައި ސޮއި ކުރުމަށް ތައްޔާރުވެއްޖެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތް ފިއުލް ސަޕްލައި އިން ހަވާލު ކުރަން ތައްޔާރުވަމުން ދަނީ ސަރުކާރާއި އިދިކޮޅު އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު ޚަލީލްގެ ނޫފަރު ބްރަދާސް އާއި އެވެ.

މުހައްމަދު ޚަލީލްގެ ނޫފަރު ބްރަދާސް އަކީ ތެޔޮ ޑެލިވަރީ ކުރަން ހުޅުވާލި ބިޑްގައި ތިން ވަނަ އަށް އެންމެ ބޮޑު އަގެއް ހުށަހަޅާފައި އޮތް ފަރާތެވެ. ހަތަރު އިންޖީނުގެއަކަށް ތެޔޮ ޑެލިވަރީ ކުރަން އޭނާ ހުށަހަޅާފައި އޮތް އަގުގެ ޖުމްލަ އަކީ ލީޓަރެއް 0.29 ލާރިއެވެ.

އެންމެ ކުޑަ އަގެއް މިމަސައްކަތައް ހުށަހަޅާފައި ވަނީ ލީޓަރެއް 0.24 ލާރިއަށް ޑެލިވަރީ ކޮށްދިނުމަށް ހުށަހެޅި އިސްމާއިލް ރަޝީދު ކިޔާ މީހެކެވެ. ދެވަނަ އަށް އެންމެ ކުޑަ އަގެއް ހުށަހަޅާފައި ވަނީ 0.28 ލާރިއަށް އަގު ހުށަހެޅި ހަސަން މުއިއްޒު ކިޔާ މީހެކެވެ.

ލ.ގަމުން "ދިޔަރެސް" އަށް މައުލޫމާތު ދިން މީހަކު ބުނީ މުހައްމަދު ޚަލީލް މިހާރު ގެންދަނީ ތެލުގެ ޑެލިވަރީ ހޯދުމަށް ސަރުކާރު ހިންގާ އެމްޑީޕީގެ އިސް ފަރާތްތަކަށް ގުޅާ، އޭނާ އެމްޑީޕީ އަށް ކުރިއަށް އޮތްތަނުގައި ޚަރަދު ކުރާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.

"މުހައްމަދު ޚަލީލް އެމްޑީޕީ އަށް ޚަރަދު ކުރާނެ ކަމުގެ ޔަގީންކަން ދެމުން ގެންދާތީ ކުރިއަށް އޮތްތަނުގައި މުޅި އަތޮޅުގެ ތެޔޮ ސަޕްލައި މުހައްމަދު ޚަލީލަށް ދިނުމަށް ވަނީ ހަމަޖެހިފައި. އެކަން އޭނާ ގެންދަނީ ރަށު މީހުންނާއި ހިއްސާކުރަމުން" ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނީ ފިއުލް ސަޕްލައިގެ ތެޔޮ ޑެލިވަރީ ކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެޔޮ ބައުޒަރުތައް ގަވައިދަށް ފެތޭތޯ ބަލަން އިއްޔެ ފިއުލް ސަޕްލައިގެ މުވައްޒަފަކު ބައުޒަރުތައް ޗެކް ކުރަން ދިޔައީ ވެސް މުހައްމަދު ޚަލީލާއި އެކުގައެވެ.

"މުހައްމަދު ޚަލީލާއި އެކު އެމުވައްޒަފު ހުރިހާ ބައުޒަރެއް އިންސްޕެކްޓް ކުރަން ދިޔައީ ވެސް. އެއީ ވެސް ކޮރަޕްޝަންގެ އަމަލެއް ކަމަށް އަޅުގަނޑުމެން ދެކެނީ." މައުލޫމާތު ދިން މީހަކު ބުންޏެވެ.

ފަހަކަށް އައިސް ތެޔޮ ސަޕްލައި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ގެންދަނީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގަމުން ކަމަށް ތުހުމަތު ކުރެވެއެވެ. މިގޮތުން ގިނަ އަދަދަކަށް ތެޔޮ ސަޕްލައި ކުރަންޖެހޭ ބޮޑެތި އާބާދީތަކުގެ މައްޗަށް އެކުލެވޭ ރަށްތަކަށް ތެޔޮ ސަޕްލައި ކުރުން އެރަށްރަށުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް އެކްޓިވިސްޓުންނަށް ޙަވާލުކުރާކަން ފާހަގަކުރެވިފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ކާސިންޖީ
ޙަލިލަކި އެކޮނަމިކް މިނިސްަޓަރުގެ ވަރަށް އަރިސް ބޭފުޅެއް ފައްޔާޒު ގަމުދާއިރާގެ ގޮޑި ހޯދައި ދިނުމުގައި އެހީތެރިވި އެއް ވިޔަފާރިވެރިޔަކި ނޫފަރު ހަލިލް
ޚާއިން
ކކކކކޚަލީލް ބޮސް ވައް ކަން ކުރާނެ. މުޅި ލ. ގަމުގެ އަތިރިމަތި ކޮނެގެން ގެންގޮސް ގާއަޅައިގެން އެވިއް ކަނީ ހަމަ ހަލީލް ބޮސް.
ހައްދު
ތިޔަ ޚަލީލު ހައްޔަރު ކުރަންވީ. އޭނާގެ ބެލުމުގެ ދަށު މިހާރު ހުރި ދަނާލުންވެސް ދުވަހު ކުއްޔަށް އޭނާ އެބަ ރޫމު ވިއް ކާ. އެއްވެސް ލިޔެކިއުމަކަށް ނާރުވާ މި ވައް ކަން ކުރަމުން އެދަނީ. މިއީވާ ވަރުގަދަ ވަގެއް.
ބޮލުރޮދި.
ޚަލީލް ބޮސް ފެނުނީ މަ ގަ މު މީހުން ބިރުން ފިލަން ދުވާނީ. އ ޑ ޕ އަށް އެ އުޅެނީ ޚަލީލް ބޮސް ނޭނގިގެން.
ހރހ
އެޓޯސް އަ ކީ ވަހުތާނެއް. 2008 ގައި ޑރޕ ގައި. 2009 2010 2011 ގައި އމޑޕ ގައި 2012 ޕޮލިހުގައި ހުރި ދަރިއަށް ގުޅާ ބަޣާވާތައް ނެރެފަ ދެންހުރީ ޕޕމ ގައި. 2013 ގެ ރ.އިންތިޚާބުގައި 1000 ފުޅި ގޭސް ވިލާ އިން ކުރެޑިޓަށް ލިބޭގޮތައް ހަމަޖައްސަން ދިޔައީ ޖޕ އަށް. 2014 ފެށިގެން ޕޕމ ގައި. އަނެއް ކާ އޑޕ އަށް ދަނީ.
ބޯރާ
އެޓޯސް އަ ކީ ޑީސަލާ ޕެޓްރޯލް ފެންނަ ހިސާބު ހަތަރެސްފައި ބަނދެފައި ވެސް ނުބޭއްވޭނެ މީހެއް. އެޓޯސްގެ ވަގުމޮޅު ވަރުން މައްޔިތާގެ މޫނު ދެ ކެން ވަދެފައި ސަންދޯއް ވަގަށް ނުނަގައި ވެސް ނުހުރެވޭ. މީނަ ޝެޑު ގްރަވިޓީ މޯލްޑިވްސްގެ ފައިސާ ގަނޑު ކާލައިގެން ކަމަށް ވަނީ.
ހައްދު
ޚަލީލް ބޮސް އެ މް ޑީ ޕީ އަށް ގޮސް ވަގުންނާގުޅި ވައްކަން ކުރާން މިފެށީ 2024 ގައި ސަ މްޕަތު މަޖިލީހަށް ހޮވަން ލ. ގަން ތުނޑީ އަވަށު ކެ މްޕޭން ޖަގަހަ ޚަލީލް ބޮސްގެ ޚަރަދު ހިންގައިދޭ ގޮތައް. މީނަގެ މަކަރު ވެރި ހިޔަޅު ބުއްދި ސަ މްޕަތައް ވަރަށް ނޭނގޭނެ. މީނަ ހުންނާނީ އަބަދުވެސް މޮޅުވާ ކޮޅުގައި.
ވީވަރު
މީނަގެ ބޮލު އޮ މާން ޓިނު ޖަހާ އިސްތަށި ގަނޑު ފޮރުވައިގެން އެހުރީ ވެސް ނުބައި ނުލަފާ ކަ މުން. މިޢީ ގުރަވިޓީ މޯލްޑިވްސް ހިންގަން ހަވާލުވެ އެތަނުގެ ސްޓާފުން ގާތު ކަލޭ މެން ކުދިން ތެޔޮ އާދޭތޯ ހޮޅީކޮޅު ބަލަން ތިބޭށޭ ކިޔާފަ ތާނގީ މައްޗަށް އަރުވާފަ މިބޭބެ އެކަނި ވިޔަސް މީޓަރ ބަލަހައްޓާނަ މޭ ކިޔާފަ ބޯޓަށް އަރާ ޑީސަލްތައް ބޯޓުން ބޯޓަށް ވިއްކާލި މަޝްހޫރު ޗޯރު ކަލޭގެ.