ދަރުބާރުގޭގައި ހިންގި އެންއީއޯސީގެ ކެއުމަށް 5.9 މިލިއަން ރުފިޔާ ހޭދަކުރި

އައިޝަތު ހަނާ 15 ސެޕްޓެމްބަރު 2020 19:31
Flowers
ރައީސް ޞާލިޙު އެންއީއޯސީއަށް ކުރެއްވި ޒިޔާރާތެއްގެ ތެރެއިން

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ދަރުބާރުގޭގައި ކޮވިޑް-19އާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަން ސެންޓަރުގައި މަސައްކަތްކުރި ފަރާތްތަކުގެ ކެއުމަށް އެކަނި 4 މަސްތެރޭގައި 5 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީން ކޮވިޑް-19އާ ގުޅިގެން ހޭދަކޮށްފައިވަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހެދި އޮޑިޓު ރިޕޯޓުން ހާމަވި ގޮތުގައި އެންއީއޯސީގެ ކެއުމަށް މަހެއްގެ މައްޗަށް 1،457،719 (އެއް މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް ހަތްސަތޭކަ ނަވާރަ) ރުފިޔާ ހޭދަކޮށްފައިވެއެވެ. 

މާޗު މަހުގެ ތިންވަނަ ދުވަހުގައި މަސައްކަތް ފެށި އެންއީއޯސީން ޖޫން މަހުގެ 30 ވަނަ ދުވަހާ ހަމައަށް ކެއުމަށް 5،902،877 (ފަސް މިލިއަން ނުވަލައްކަ ދެހާސް އަށްސަތޭކަ ހަތްދިހަ ހަތް) ރުފިޔާ ހޭދަކޮށްފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވަރަށް ފެންވަރު ރަނގަޅުކޮށް އެންއީއޯސީގައި ބުފޭ ސްޓައިލަށް ކެއުން ތައްޔާރުކުރި ނަމަވެސް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންގެ ތެރެއިން ކޯލް ސެންޓަރުގައި މަސައްކަތްކުރި މުވައްޒަފުންނަށް އެއިން ކާން ނުލިބެއެވެ. 

އޮޑިޓު ރިޕޯޓުގައި އިތުރަށް ފާހަގަކުރި ގޮތުގައި ދެ މަރުކަޒެއް ފިޔަވައި އިތުރު ތަންތަނަށް ކެއުން ހަމަޖެއްސުމަށް އޯޑަރު ދީފައިވާއިރު ކޮންމެ ދުވަހަކު ކާތަކެތި ގެންނަނީ ކިހާ މިންވަރަކަށް ކަމާއި، އޯޑަރު ދެނީ ކިތައް މީހުންގެ ކެއުމަށްކަން އެނގޭ ގޮތަށް ލިޔެކިޔުން ބަލަހައްޓާފައިނުވެއެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެކި މަރުކަޒުތަކުގައި ކެއުން ހަމަޖެއްސުމަށް ހޭދަކޮށްފައިވާ ފައިސާގެ ތެރެއިން  9.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވަނީ ލިބުނު ޚިދުމަތަށްކަން ކަށަވަރުކުރެވޭނެ މިންވަރަށް ލިޔެކިޔުން ރައްކާކޮށްފައިނުވާ ކަމުގައެވެ. އަދި ކޮންމެ ދުވަހަކު ކޮންމެ ކެއުމަކަށް އޯޑަރުދިނީ ކިތައް މީހުންގެ ކެއުމަށްކަން އެނގޭނެ ގޮތަށް ލިޔެކިޔުން ނެތްކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 

ކެއުމުގެ ކަންކަން ހަމަޖެއްސުމަށް ޖުމްލަ 17.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ދަރުބާރުގޭގައި ހިންގި އެންއީއޯސީއަށް 5.9 މިލިއަން ރުފިޔާ، ހުޅުމާލެ ޑިސްޓްރިބިއުޝަން ސެންޓަރަށް 840،745 ރުފިޔާއާއި ހުޅުލޭ އައިލެންޑު ހޮޓަލަށް 1.4 މިލިއަން ރުފިޔާ އަދި އެސްޓީއޯ ހިޔާއަށް 1.3 މިލިއަން ރުފިޔާ، އަދި ފަރުކޮޅު ކޮވިޑް ސެންޓަރަށް 186،985 ރުފިޔާއެވެ. އޭގެ އިތުރަށް ވެލިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ކެއުން ހަމަޖެއްސުމަށް 5 މިލިއަން އަދި ގުޅީފަޅު ކޮވިޑް ސެންޓަރުގައި ތިބި ފަރާތްތަކަށް ކެއުން ހަމަޖެއްސުމަށް 2.3 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. 

މީގެ ތެރެއިން ޚަރަދުކޮށްފައިވަނީ ލިބުނު ޚިދުމަތަށްކަން ޔަޤީންވަނީ ވެލިދޫއާއި ގުޅީފަޅު ކޮވިޑް ސެންޓަރުތަކުގެ ކެއުން ހަމަޖެއްސުމަށް ކޮށްފައިވާ ޚަރަދެވެ. އެހެން ތަންތަނަށް ކުރި ޚަރަދުކޮށްފައިވަނީ ލިބުނު ޚިދުމަތާ އެއްވަރަށްކަން ކަށަވަރުނުވާ ކަމުގައި އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
މުޙައްމަދު ޖަމީލް
ދަރުބާރުގެއަށް ވަދެނިކުމެވީ މީހުން ބަލަން އޯޑިޓު އޮފީހުން ސީސީޓީވީ ފުޓޭޖް ދޭން އެންގީމަ ވައްކަން ފަޅާ އަރާ ނެތީ އެފުޓޭޖް ވަނީ ނައްތާލާފައި
ކިނބޫ
ކާލާ ކާލާ އަހަރުމެން ކައިނުލާތި!
އައުޓްއައުޓް
ރައީސް އިބޫގެ ސަރުކާރު ކޮވިޑްއިން ވައްކަން ކުރި ކޮވިޑް ވަގު ސަރުކާރު ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް ކޮވިޑްވަގު އައުޓް
މޫސަ
ދުވާލަކު 175 މީހުންގެ ކެއުމަށް މިވަރު އޯކޭ