ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ ގޮނޑި ހުސްވެއްޖެ؟!

ޖާއިޝް ތައުފީޤް 15 ސެޕްޓެމްބަރު 2020 16:45
Flowers
ޗާޓާޑް އެކައުންޓޭންޓުންގެ އިންސްޓިޓިއުޓްގެ އިންތިޤާލީ ކައުންސިލުގެ މެންބަރު ކަމުގެ ފަތްކޮޅާ ޔަޢުޤޫބު ހަވާލުވެވަޑައިގަތުން

ރައްޔިތުން މަޖިލިހުގެ ދާންދޫ ދާއިރާ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިޤާލީ ކައުންސިލުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމާއެކު ދާންދޫ ދާއިރާގެ ގޮނޑި ހުސްވެފައިވާ ކަމާމެދު ސުވާލު އުފެދިއްޖެއެވެ. 

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ރައްޔިތުން މަޖިލިހުގެ މެންބަރުންގެ ޝަރުޠުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ރ)ގައި ބުނެފައިވަނީ "ޤާނޫނުއަސާސީ ގައި ކަނޑައަޅައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމަޤާމުގައި ހުރެ އަންނަނި ވި ވަޒީފާތަކުން ކުރެ ވަޒީފާއެއް އަދާކޮށްގެނެއް ނުވާނެ" ކަމުގައެވެ. އެ އަކުރުގައި މަޖިލިހުގެ މެންބަރުންނަށް އަދާކުރުން މަނާކޮށްފައިވާ ވަޒީފާތަކަކުގެ ތެރޭގައި ސަރުކާރުގެ ނުވަތަ ސަރުކާރު ބައިވެރިވާ ނުވަތަ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ވަޒީފާއެއް ނުވަތަ ރައްޔިތުން މަޖިލިހުގެ މެންބަރެއްގެ ޙައިޘިއްޔަތުން އަދާކުރަންޖެހޭ ވަޒީފާއެއް ފިޔަވައި ދައުލަތުގެ އިތުރު ވަޒީފާ ހިމެނެއެވެ. 

މި މާއްދާގެ މައްޗަށް ބިނާކޮށް "ދިޔަރެސް"އަށް މައުލޫމާތުދެއްވި ޤާނުނީ ވަކީލަކު ވިދާޅުވެފައިވަނީ ޔަޢުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމުގައެވެ. އެގޮތުން އޭނާ ވިދާޅުވީ އިއްޔެ ޔަޢުޤޫބު ހަވާލުވެވަޑައިގެންނެވި ވަޒީފާއަކީ ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާ ކަމުގައެވެ. އެގޮތުން ޗާޓާޑް އެކައުންޓެންޓުންގެ އިންސްޓިޓިއުޓަކީ ޗާޑާޓް އެކައުންޓެންޓުނގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ދައުލަތުގެ މުއައްސަސާއެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ މުއައްސަސާއެއްގެ ވަޒީފާއަކާ ރައްޔިތުން މަޖިލިހުގެ މެންބަރު، މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ބޭރުން ޙަވާލުވެވަޑައިގަތުމަކީ ޤާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމުގައެވެ. އަދި އެ ހިސާބުން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މަޖިލިސް މެންބަރުންގެ ޝަރުޠުތައް ގެއްލޭނެ ކަމުގައިވެސް ވަކީލު ވިދާޅުވިއެވެ. 

ޔަޢުޤޫބުވަނީ  އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުގެ މަޤާމަށް ޢައްޔަންކޮށްފައެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރެއްވީ ދައުލަތުގެ އޮޑިޓާ ޖެނެރަލް ޙަސަން ޒިޔަތެވެ. އަދި ޔަޢުޤޫބުވަނީ އެ މަޤާމާ ހަވާލުވެވަޑައިގެން އެ މަޤާމުގެ ފަތްކޮޅާވެސް ހަވާލުވެވަޑައިގެންފައެވެ. 

މިމައްސަލާގައި ޤާނޫނީ ސުވާލުތައް އުފެދެން ފެށުމާއެކު ޔަޢުޤޫބުވަނީ މަޤާމުން އިސްތިއުފާދެއްވާފައެވެ. ނަމަވެސް ވަގުތީ ގޮތުން ނަމަވެސް އޭނާގެ މަޤާމުގެ ޝަރުޠު ގެއްލިފައިވުމުން އޭނާގެ މަޤާމުގެ ޝަރުޠު ހަމަވާކަން ނުވަތަ ނޫންކަން ކަނޑައަޅަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމުގައިވެސް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި ވަކީލު ފާހަގަކުރެއްވިއެވެ. އެގޮތުން އޭނާ ފާހަގަކުރެއްވީ ޤާނޫނު އަސާސީގެ 74 ވަނަ މާއްދާގެ ދަށުން މެންބަރެއްގެ ގޮނޑިއެއް ހުސްވެއްޖެކަން ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު
ހހހހހ
މިހާރު ތިއޮތީ ހުސްވެފަ
މުޙައްމާ
ބޯގަޅީ
އިންޑިއާ އައުޓް
އިންޑިއާ އިން ރާއްޖެއަށް ފިޔާ ގެނެވޭނެ ކަމަށް އިންޑިއާ އެމްބަސީން އިއުލާން ނެރެމުންދަނީ އެއީ މިހާރު އިންޑިއާ އައުޓްގެ ވާހަކަ މާބޮޑަށް ގަދަވެފައި ހުރުމުގެ ސަބަބުން އިންޑިއާ އިން ބޭނުންވަނީ ދައްކަން ތިމަންމެން ފިޔާ ދިނީމައޭ ރާއްޖެ މީހުން ފިޔާ ކައިގެން އުޅެނީދޯ އިންޑިއާ އިން ފިޔާ ގެންނަނީ އެއީ ހިލޭ އެއް ނޫނޭ އެއީ އިންޑިއާ ސަޕްލަޔަރުން ބުނި ވަރަށް ފައިސާ ދީގެންނޭ އިންޑިއާ އިން މިހާރު ހިލަ ހިލަވެލީގެ ވާހަކަ އެއް ނުދައްކާދޯ ހުޅުމާލޭގައި ޗައިނާގެ ހިލަފެކްޓަރީ އެބަހުއްޓޭ ހުޅުމާލޭގައި މިހާރު ހިލަ އާއި ހިލަވެލި ނުލިބިގެން އެވާހަކަ ނުދައްކާ ދޯ އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
މިގޭ
ވަގުކަލޭގެ އަވަހަށް އެތަނުންބާލާ.
އައުޓް
ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް ޔައުޤޫބު އައުޓް
އޮޑިޓަރު
މާއްކޫ އެއްމެ މޮޅެ އޮޑިޓަރު. މޮޅު ވެވިއްޖެއެއްނުން. ތިއީ އެއްވެސް ނަޒާހަތްތެރިކަމެއް ނެތް، އަމިއްލަ އެދުމުން ފުރިފައިވާ، އެއްމެ ގަމާރު އޮޑިޓަރު. ދާދި އިހަކައްދުވަހު އޭސީސީއޭ ނިންމައިގެން އޮޑިޓް ފާމެއް ހެދީމަ، ކިހިނެއް ތިމަގާމު ލިބެންވީ. އަދި އޭސީސީއޭ ނިންމުނީ ފާސްނުވާތީ އެތަކެއް އަހަރު ފަހުން. މީނައަށްވުރެ އެތަކެއް އަހަރު ކުރިން އޭސީސީއޭ ނިންމާ އޮޑިޓް ފާމް ހަދައިގެން މިދާއިރާއަށް ގިނަގުނަ ޚިދުމަތްތައް ކުރަމުންދާ މީހުން އެބަތިބި.
ޢަސްދަނޑި/މާލެ
ބަރާބަރު ވާހަކައެއް
އަޙްމަދު އަލި ދީދީ
އިންތިހާބު އަވަސްކުރޭ
ކަފަކޮށީކަލޭގެ
ތަންތަނަށް ބޯކޮށްޕާލާއިރު ގާނޫނެއްގަވާއިދެއް ހުކުރެއް ހޮނިހިރެއް ނޭގޭ މިތިބީ ވާބަޔެއް