Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މުސާރައަކީ 25،000 ރުފިޔާ، ކުރާ މަސައްކަތަކީ ޓުވީޓު ކުރުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެގްޒެކެޓިވް ޑިރެކްޓަރު ނަމުގައި ވަނީ ސިޔާސީ މަޤާމެއް އުފައްދަވާފައެވެ.
ކޮންމެ މިނިސްޓްރީއެއްގައި މީގެ ދެތިން ޑިރެކްޓަރުން މިހާރު ތިބޭއިރު ކޮންމެ ޑިރެކްޓަރަކަށްވެސް 25،000 ރުފިޔާ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބެއެވެ. ގިނަ މިނިސްޓްރީތަކަށް މިގޮތަށް އައްޔަންކޮށްފައި ތިބީ، އެމްޑީޕީ އިދިކޮޅުގައި އޮތް އިރު އެމްޑީޕީގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިކޮށް އުޅުނު ފަރާތްތަކެވެ.
މިގޮތުން މަރާލެވިފައިވާ ބްލޮގަރ ޔާމީން ރަޝީދާއި، ގެއްލުވާލާފައިވާ ރިލްވާން އަދި ޑރ.އަފްރަޝީމްގެ މަރާއި ގުޅޭގޮތުން ބޮޑެތި ދޮގުތައް ފަތުރަން އުޅުނު ޝައްމޫން ޖަލީލް (ލޫކަސް) އާއި، ތައްޔިބު ޝަހީމްއަށްވެސް ވަނީ ޑިރެކްޓަރުކަން ދީފައެވެ. މީގެ އިތުރުންވެސް ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ އަހްމަދު އަންވަރު (ސިމްވާ) އަކީވެސް މިފަދަ ޑިރެކްޓަރެކެވެ.
ލިޔެކިޔުމުން ވަރަށް ބޮޑެތި ޒިންމާތައް ހަވާލު ކުރެވިފައި ވީނަމަވެސް މި ހުރިހާ ޑިރެކްޓަރުންގެ ވެސް މަސައްކަތަކީ ޓުވީޓު ކުރުމެވެ. ސަރުކާރަށް ސަނާ ކިޔުމާއި، ސަރުކާރަށް ފާޑު ކިޔާ މީހުންނަށް ޒާތީ ގޮތުން ޓުވިޓާގައި ހަމަލާ ދިނުމަކީ މި ޑިރެކްޓަރުންގެ ޒިންމާއެވެ.
"ދިޔަރެސް" އަށް މައުލޫމާތު ދެއްވި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފަކު ވިދާޅުވި ގޮތުގައި އަންވަރު އޮފީހަށް އަންނަ ގޮތަށް ގިނަ ވަގުތު ހޭދަ ކުރަނީ ފޯނާއި ކުޅުމުގައެވެ.
"އޭނަގެ ކަމަކީ ފޯނާއި ކުޅުން. މާބޮޑު މަސައްކަތެއް ނޯންނާނެ. ދެން އަޅުގަނޑުމެންނަށް ފެނޭ އޭނަ ކުރާ ޓުވީޓުތައް. އެއީ އަނެއްހެން އޭނަ ކުރާ މަސައްކަތަކީ" އޭނާ ބުންޏެވެ.


ޑިރެކްޓަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މަސައްކަތެއް ނުކޮށް ބޮޑު މުސާރަ ނަގާތީ މުވައްޒަފުންގެ މެދުގައިވެސް ވަރަށް ބޮޑު ހިތްހަމަ ނުޖެހުމެއް ވަނީ މިހާރު އުފެދިފައެވެ.
"އަހަރެން ބޮޑު ލޯނެއް ނަގައިގެން ޑިގްރީ އަދި މާސްޓާރަސް މި ނިންމީ. މަސައްކަތުގެ މާހައުލުގައި އުޅޭތާ އެތައް އަހަރެއް. މިހާރުވެސް އަނބިދަރިންނަށް ވަގުތު ނުދީ އަބަދު އޮފީހުގަ. އެކަމަކު އަހަންނަށް ގެއަށް ގެންދަން ނުލިބޭ އެ ޑިރެކްޓަރުންނަށް ލިބޭ ވަރުގެ މުސާރައެއް" ހިތްހަމަ ނުޖެހިފައި ހުރެގެން ވާހަކަ ދެއްކި އިކޮނޮމިކް މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.
ޑިރެކްޓަރުންގެ ގޮތުގައި ރައީސް ސޯލިހް އައްޔަން ކުރައްވާފައިވާ ގިނަ ފަރާތްތަކަކީ ތައުލީމީ ގޮތުންވެސް އަދި ތަޖުރިބާގެ ގޮތުންވެސް މިނިސްޓްރީގެ އެންޓްރީ ލެވެލް ސިވިލްސާވަންޓަކަށް ވުރެ ދަށް މީހުން ކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް ސިވިލްސާވިސް ގެ އެންމެ މަތީ ފަންތީގެ ބޭފުޅުންނަށް ލިބޭ މުސާރައާއި އެއްވަރުގެ މުސާރައެއް ޑިރެކްޓަރުންނަށް ލިބޭތީ މިނިސްޓްރީތަކުގެ ސިވިލްސާވެންޓުން ހިތްހަމަނުޖެހެއެވެ.
ސަރުކާރުގެ ޑިރެކްޓަރުންނާއި އެހެނިހެން ސިޔާސީ ފަރާތްތައް އެކުލެވޭ ވަޓްސްއެޕް ގުރޫޕެއްގެ ސްކްރީންޝޮޓް ތަކެއް "ދިޔަރެސް" އަށް ލިބިފައިވާއިރު، އެ ސްކްރީންޝޮޓްތަކުންވެސް އެ މުވައްޒަފުން ދެއްކި ވާހަކަތައް ތެދުކަން ހާމަވެއެވެ. މިގޮތުން ހެނދުނު ހޭލާގޮތަށް ހުރިހާ ޑިރެކްޓަރުންވެސް އެ ގުރޫޕުގައި ވަރަށް ގަދަޔަށް މަޝްވަރާކޮށް ޓުވީޓު ކުރަންވީ ގޮތާއި، ރައްދު ދޭންވީ މީހުންނާއި، ދޭންވީ ގޮތުގެ މައްޗަށް ވާހަކަ ދައްކައެވެ.
އަދި މިދުވަސްކޮޅު ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ޓުވިޓާ އެކައުންޓުތައް މޮނިޓަރކޮށް އެ އެކައުންޓުތައް އެންމެން ގުޅިގެން ރިޕޯޓުވެސް ކުރުމަށް އިރުޝާދު ދޭތަން އެ ސްކްރީންޝޮޓްތަކުން ފެނެއެވެ.
ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ގިނަ އަދަދެއްގެ ސިޔާސީ މަޤާމު އުފައްދަވާފައިވާއިރު ސިޔާސީ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 27 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެއެވެ.
މި ލިއުމާއި ގުޅޭ