ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑު-19 ޖެހިގެން ނިޔާވެއްޖެ

މަރިޔަމް ލީނާ 14 ސެޕްޓެމްބަރު 2020 14:53
Flowers
ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ

ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ ކޮވިޑު-19 ޖެހިގެން ނިޔާވެއްޖެއެވެ.

އިސްމާއިލް ޒަކަރިއްޔާގެ ދަރިކަލުން އަދި އެމްއެންޑީއެފް ގެ މީޑިއާ އޮފިސާ މޭޖާ އިބްރާހިމް އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެބޭފުޅާގެ ބައްޕާފުޅު ނިޔާވެފައިވާކަމަށެވެ. 

އުމުރުފުޅުން 79 އަހަރުގެ ޒަކަރިއްޔާ ކޮވިޑު-19 އަށް ޕޮޒިޓިވް ވީ އޯގަސްޓު މަހުގެ 13 ވަނަ ދުވަހުގައެވެ. ޒަކަރިއްޔާގެ ހާލުކޮޅު ގޯސްވެ ފަހުން ފަރުވާ ދެމުން އައީ ދަރުމަވަންތަ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައެވެ. 

ޒަކަރިއްޔާ އަކީ ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ހިދުމަތްތެރިއެކެވެ. 


ކިޔުންތެރިންގެ ހިޔާލު