Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް މައުމޫން ކޮވިޑު-19 ބަލިން ރަނގަޅުވެ ގެއަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމު ކޮވިޑު-19 ބަލިން ރަނގަޅުވެ މިއަދު ގެއަށް ވަޑައިގެންފިއެވެ.
މިއަދު ކުރެއްވި ޓުވީޓެއްގައި ރައީސް މައުމޫން ވިދާޅުވީ މާތް ﷲ ގެ ހެޔޮ ރަހުމަތްފުޅުން ކޮވިޑު-19 ބަލިން ޝިފާ ލިބިގެން ހެޔޮ ހާލުގައި މިއަދު ދަރުމަވަންތަ ހޮސްޕިޓަލުން ގެއަށް ވަޑައިގެންފިކަމަށެވެ. އަދި އެކިއެކި ބަލިތަައް ތަހައްމަލު ކުރަމުންދާ އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދި އެމަނިކުފާނުވަނީ ދުއާ ކުރައްވާފައެވެ.
ރައީސް މައުމޫނު ކޮވިޑު-19 އަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ މިދިޔަ މަހުގެ 25 ގައެވެ.
ދިވެހިރާއްޖޭގައި މިހާތަނަށް 9000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވާއިރު، އަދިވެސް ރާއްޖޭގައި ބަލި ކޮންޓްރޯލް ނުކުރެވެއެވެ.
މި ލިއުމާއި ގުޅޭ