Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޗާޓާޑް އެކައުންޓޭޓުންގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

ދިވެހިރާއްޖޭގެ ޗާޓާޑް އެކައުންޓެންޓުންގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަޞްދީޤުކުރައްވައިފިއެވެ.
ރާއްޖޭގައި ޗާޓާޑް އެކައުންޓިން ދާއިރާ ކުރިއެރުވުމުގެ އިތުރަށް ބައިނަލްއަޤުވާމީ އުޞޫލުތަކާ އެއްގޮތަށް އެކައުންޓިން މިންގަނޑުތަކަށް އެދާއިރާ ތަރައްޤީކުރުމަށް ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ބިލު ރައްޔިތުން މަޖިލިހުން ފާސްކޮށްފައިވަނީ ފާއިތުވި މަހުގައެވެ.
ރައީސް ސޯލިހު މިޤާނޫނު ތަޞްދީޤުކުރެއްވުމާ ގުޅިގެން އިންސްޓިޓޫޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސްގެ ނަމުގައި ވަކި މިނިވަން މުއައްސަސާއެއް ވަނީ އުފެދިފައެވެ. އަދި އޮޑިޓުކުރުމާއި އެޝުއަރޭންސް ޚިދުމަތް ދިނުމުގެ ދިނުން އެ މުއައްސަސާއާ ޙަވާލުވާނެއެވެ. އަދި އެކަމާ ގުޅޭ ހުއްދަތައް ދޫކުރުމުގެ އުޞޫލުތައް އެކުލަވައިލާ އިންތިޒާމުތައް ހަމަޖެއްސުމަށް އެ މުއައްސަސާއަށް 3 މަސްދުވަހުގެ މުހުލަތެއް ޤާނޫނުން ލިބެއެވެ. ހަމައެހެންމެ ކުރިން ދޫކޮށްފައިވާ ހުއްދަތައް މިއަދުން ފެށިގެން 6 މަސް ފަހުން ބާޠިލުވާނެ ކަމުގައިވެސް ޤާނޫނު ބުނެއެވެ.
އެ ކައުންސިލު ހިންގުމަށް ތިން އަހަރު ދުވަހުގެ ދައުރަކަށް 9 މެންބަރުންގެ މައްޗަށް އެކުލެވޭ ޚާއްޞަ ކައުންސިލެއް އިންތިޚާބުކުރަން ޤާނޫނު ލާޒިމުކުރެވެ. މި ކައުންސިލުގައި ހިމެނެނީ ފައިނޭންޝަލް ކޮންޓްރޯލާއާއި އޮޑިޓާ ޖެނެރަލާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަންގެ އިތުރަށް މި މުއައްސަސާގެ މެންބަރުންގެ ތެރެއިން އިންތިޚާބުކުރާ ރައީސާއި ނައިބު ރައީސްގެ އިތުރަށް އިންތިޚާބީ ހަތަރު މެންބަރުންނެވެ.
ނަމަވެސް ޤާނޫނުގައިވަނީ އިންތިޤާލީ މަރުހަލާއެއް ކަނޑައަޅައި އެ އިންސްޓިޓިއުޓު ހިންގުން އިންތިޤާލީ ކައުންސިލަކާ ހަވާލުކޮށްފައެވެ. އެ ކައުންސިލުގައި ހިމެނޭނީ ފައިނޭންޝަލް ކޮންޓްރޯލާއާއި، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް އޮޑިޓު އޮފީހުން ޢައްޔަންކުރާ މެންބަރުންނާއި މި ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އޮޑިޓާ ޖެނެރަލް އައްޔަންކުރައްވާ 4 މެންބަރެކެވެ. އިންތިޤާލީ ކައުންސިލުގެ ރައީސަކަށް ހުންނަވާނީ އޮޑިޓާ ޖެނެރަލެވެ.
މި ލިއުމާއި ގުޅޭ