Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރިސޯޓު މުވައްޒަފުންނަށް ޑިއުޓީ ނިންމާފަ ރަށަށް ދެވޭ ގޮތަށް ޤާނޫނު ފާސްކޮށްފި

ރާއްޖޭގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޑިއުޓީ ނިމުމުން ރަށަށް ދެވޭ ގޮތަށް ހަދަން ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާހު ގެނެސްފިއެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި މި އިސްލާހު ފާސްވީ 61 މެމްބަރުންގެ ވޯޓުންނެވެ. މި އިސްލާހުގައި ބުނެފައިވާ ގޮތުން މަސައްކަތު ގަޑި ނިމުމުން މަސައްކަތް ކުރާ ތަން ދޫކޮށް ދިއުމުގެ ހައްގު ކޮންމެ މުވައްޒަފަކަށްވެސް ލިބިގެންވާ ކަމަށެވެ.
މީގެ އިތުރުން ރިސޯޓު ދޫކޮށް ދިއުމަށް ރިސޯޓުގެ އުޅަނދު ފަހަރު ނޫން އުޅަނދަތައް ވެސް ބޭނުން ކުރުމުގެ ހުއްދަ ލިބޭނެ ކަމަށާއި އަދި ވަޒީފާއަށްއެނބުރި އަންނަން ބޭނުންކުރާ އުޅަނދު ރިސޯޓަށް ވަނުން މެނޭޖްމަންޓަށް މަނާ ނުކުރެވޭނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
މި އިސްލާހު މިގޮތަށް ފާސްކުރި ނަމަވެސް އުތުރާއި މެދު ރާއްޖެތެރޭގެ ރިސޯޓު ތަކުގައި މަސައްކަތް ކުރާ ދެކުނުގެ އަތޮޅުތަކަށް ނިސްބަތްވާ މުވައްޒަފުން އަނބުރާ ރަށަށް ދާނެ ގޮތެއް ސާފެއް ނޫނެވެ.
މި ލިއުމާއި ގުޅޭ