Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮޅުމަޑުލުން ފެށިގެން އައްޑޫއާ ހަމައަށް ރީނދޫ ސަމާލު ނެރެފި

ކޮޅުމަޑުލުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ބޯކޮށް ވިއްސާރަކޮށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރި ގޮތުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ އިތުރަށް ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދާނެއެވެ. ތ. އަތޮޅުން ފެށިގެން އައްޑޫއަށް ނެރެފައިވާ ރީނދޫ ސަމާލު ނެރެފައިވަނީ 11.45 އިން ފެށިގެން ހަވީރު 16.00 އަށެވެ.
އަދި އޭގެ އިތުރަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރާ ގޮތުގައި ކަނޑުތައް ގަދަވާނެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 7 ފޫޓާއި 4 ފޫޓާ ދެމެދުގައި ކަމަށްވެސް މެޓު އޮފީހުން އަންދާޒާކުރެއެވެ.
މޫސުމާ ބެހޭ އިދާރާއިން އިތުރަށް ލަފާކުރި ގޮތުގައި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށް އުދައެރުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. އެހެން ކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ލިއުމާއި ގުޅޭ