Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ލަންކާގެ ޔޫތު މިނިސްޓަރާއި އުމަރު އަބްދުއްރައްޒާގް ބައްދަލު ކުރައްވައިފި

އަވައްޓެރި ސްރީލަންކާގެ މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް ނަމާލް ރަޖަޕަކްސައާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގް ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގަިއ ދެ ބޭފުޅުން ވަނީ، ލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ޙާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެގޮތުން، ކުޅިވަރު ތަރައްގީކޮށް، ޒުވާނުންނާ ގުޅޭ ހަރަކާތްތައް އިތުރު ކުރުމާ ބެހޭގޮތުން އެ ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމާ ގުޅިގެން ނަމާލް ރަޖަޕަކްސަ ވިދާޅުވީ، ރާއްޖެއާއި ލަންކާއާ ދެމެދު އަބަދުވެސް އޮތީ ވަރަށް ރަނގަޅު ރަހްމަތްތެރި ކަމެއް ކަމަށާއި، އެގުޅުން ކުރިއަށް އޮތްތަނުގައި ވެސް އޮންނާނީ އެހެން ކަމަށެވެ.
އުމަރު އަބްދުއްރައްޒާގު ވިދާޅުވީ، ނަމާލް ރަޖަޕަކްސައާއި ބައްދަލު ކުރެއްވުމަށް ލިބިވަޑައިގެންނެވުމަކީ ލިބުނު ފަހުރެއް ކަމަށާއި، އޭނާގެ މެންޑޭޓުގެ ތެރޭގައިވާ ކަންތައްތަކުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރައްވަން ހުންނެވިކަން އެނގިވަޑައިގެންނެވުމުން އުފާވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ