ރައީސް މައުމޫނު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެ

މަރިޔަމް ލީނާ 25 އޯގަސްޓު 2020 22:20
Flowers

ކުރީގެ ރައީސް މައުމޫނު ކޮވިޑު-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ. އެ ޓުވީޓުގައި ރައީސް މައުމޫން ވަނީ މިއަދު އެމަނިކުފާނު ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމަނިކުފާނު އެދެނީ އެމަނިކުފާނާއި، ކޮވިޑު-19 ޖެހިފައި ތިބި އެހެން ފަރާތްތަކަށް އަވަސް ޝިފާއަކަށް ކަމަށެވެ.

ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު