ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 190 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ނައްތާލައިފި

ޙުސައިން އަފްޝަން 23 އޯގަސްޓު 2020 14:59
Flowers
މަސްތުވާތަކެތި ނައްތައިލުމުގެ ތެރެއިން/ ފޮޓޯ: ފުލުހުން

އެކިއެކި މައްސަލަތަކާ ގުުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މަސްތުވާ ތަކެތީގެ ތެރެއިން 190.15 ކިލޯގުރާމުގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. 

މިތަކެތި ނައްތާލައިފައިވަނީ އިއްޔެ ދޫނިދޫގައެވެ. މިތަކެތި ނައްތައިލުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީޣެ ގޮތުގައި ހިފަހައްޓާ ތަކެއްޗާމެދު އަމަލުކުރުމަށް އޮންނަ ޤަވާޢިދުގެ ދަށުން ޕްރޮސެކިއުޓާ ޖެނެރަލް އެކުލަވައިލައްވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. 

އިއްޔެ ދޫނިދޫގައި ނައްތާލާފައިވަނީ 2009 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މަސްތުވާތަކެތީގެ ތެރެއިން ނައްތައިނުލެވިހުރި މަސްތުވާ ތަކެއްޗެވެ. 

އިއްޔެ ނައްތައިލި މަސްތުވާ ތަކެތީގެ ތެރޭގައި 41،926 ރަބަރު ޕެކެޓާއި 16،342 ސެލޯފިންކޮޅާއި 536 ފިލްމު ހުސްކުރި ދަޅާއި، 911 ބެލްޓަކާއި، 649 ބިޑިއާއި 2،333 ބޭސް ގުޅައާއި  25،146 އިތުރު ތަކެތި ހިމެނެއެވެ. އޭގެ  ތެރޭގައި މަސްތުވުމަށް ބޭނުންކުރާ ބައެއް އާލާތްތައްވެސް ހިމެނޭ ކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ. 

ނައްތައިލި ތަކެތީގެ ތެރޭގައި 51.16351 ކިލޯގެ ހެރޮއިންއާއި 41.19 ކިލޯގެ ކެނެބިސްގެ އިތުރަށް 1.97 ގުރާމުގެ އެމްފެޓަމިން ހިމެނެއެވެ. އަދި މެޓަމްއެމްފެޓަމިން ރސިމޭޓުގެ 3.05 ކިލޯއާއި ނައިޓްރަޒިޕާމްގެ 173.88 ގުރާމާއި އެމްޑީއެމްއޭގެ 113.66 ގުރާމު ހިމެނެއެވެ. 6.60065 ކިލީގެ ކޮކެއިންވެސްވަނީ ނައްތާލާފައެވެ. 

ކިޔުންތެރިންގެ ހިޔާލު