Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އައްޑުއަށް ބޭނުންވާ ކަރަންޓުގެ ތެރެއިން 11 މެގަވޯޓު އުފައްދާނީ އިރުގެ ހަކަތައިން: ޑރ.ޙުސައިން

އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓުގެ ތެރެއިން 11 މެގަވޯޓުގެ ކަރަންޓު އުފައްދާނީ އިރުގެ ހަކަތައިން ސޯލާ ޕެނަލްތައް ބޭނުންކޮށްގެން ކަމުގައި ކަމަށް އެންވަރަމެންޓު މިނިސްޓަރު ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ.ޙުސައިން ވިދާޅުވީ ބެޓަރިއާއި ސޯލާ އެނާޖީ ބޭނުންކޮށްގެން އައްޑޫގައި 11 މެގަވޯޓުގެ ކަރަންޓު އުފެއްދުމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. އަދި ކުރިން ނިންމާފައި އޮތީ ސަރުކާރުގެ ބައެއް އިމާރާތުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކުރުމުން ނިމުނީ ކަމަށް ކަމުގައެވެ. ނަމަވެސް މިހާރު އިރުގެ ހަކަތައިން ކަރަންޓު އުފައްދަން ބޭނުންވާ މިންވަރަށް ހަމައެކަނި އިމާރާތްތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ނުއުފުއްދޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރަށް ޑރ.ޙުސައިން ވިދާޅުވީ ސޯލާ ޕެނަލް ބަހައްޓާނެ ތަންތަން ކަނޑައަޅަމުންދަނީ ސާވޭކުރުމަށްފަހު އެކަމަށް އެކަށީގެންވާ ތަންތަން ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނާ ތަންތަނުގައި ކަމަށެވެ. އެގޮތުން އައްޑޫގައި 11 މެގަވޯޓުގެ ކަރަންޓު ސޯލާ ޕެނަލުން އުފައްދާއިރު އޭގެ ތެރެއިން 10 މެގަ ވޯޓުގެ ކަރަންޓު އުފައްދެމަށް ބޭނުންވާ ސޯލާ ޕެނަލްތައް ބަހައްޓަނީ އައްޑޫގެ ލެގޫނުގައި ނުވަތަ ފަޅުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޙުސައިން ވިދާޅުވީ މިއީ ދުނިޔޭގެ ފެންވަރުގައި އެންމެ ބޮޑުކޮށް މިކަންކުރެވޭ އެއް ފަހަރު ކަމުގައި ވެގެންދާނެ ކަމުގައެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި 1 މެގަ ވޯޓުގެ ކަރަންޓު އުފެއްދުމަށްޓަކައި ފުޓުބޯޅަ ދަނޑެއްގެ ތިން ބައިކުޅަ ދެބައިހާ ތަނެއް ބޭނުންވާ ކަމުގައެވެ.
އަދި މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އިސްތިރާޖީ އަމާޒުތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ ނިމުމުގެ ކުރިން ދިވެހިރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 24% އަކީ އިއާދަވަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހަމަޖެއްސުން ހިމެނޭ ކަމުގައެވެ.
މި ލިއުމާއި ގުޅޭ