Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެމްޑީޕީގެ ޖަގަހައެއް ހިންގާ މިންވަރަށްވެސް ސަރުކާރު ނުހިނގާ: ބޮންޑެ

މިސަރުކާރު އެމްޑީޕީއިން އެޕާޓީގެ ޖަގަހައެއް ހިންގާ މިންވަރަށްވެސް ނުހިނގާ ކަމުގައި ރައްޔިތުން މަޖިލިހުގެ މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮންޑެ މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާއަށް ވިލިމާލެ ދާއިރާ މެންބަރު އަޙްމަދު އުޝާމު ހުށަހެޅުއްވި ކުއްލި މައްސަލައަކާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ. ބޮންޑެވަނީ ކޯލިޝަން ޕާޓީތަކަށް ވަރަަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ ވަޒީރުންގެ ތެރެއިން ފަހަރަކު ބޭފުޅަކު ކޮންމެވެސް ކަމެއް ކުރެއްވީމައި ނުވަތަ ޚިޔާނާތްތެރިވީމައި، އެބޭފުޅަކު އިސްތިއުފާދެއްވީމައި އެބޭފުޅަކު ކުރެއްވި ކަމެއްގެ ޒިންމާ ނަގަން ޖެހެނީ އެމްޑީޕީއަށް ކަމުގައި ބޮންޑެ ވިދާޅުވިއެވެ.
ހަމައެހެންމެ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ ގޮތުގައި ވެރިކަންކުރަނީ އެމްޑީޕީން ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ކޯލިޝަން ޕާޓީތަކުން ފޮނުވާފައިވާ ވަޒީރުންގެ ޢަމަލުތައް ރައްދުވަނީ އެމްޑީޕީއަށް ކަމުގައިވެސް ބޮންޑެ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުން މިހުރިހާ މައްސަލައިގެ ހައްލު ހޯއްދަވަން އެދެނީ ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހުން ކަމުގައިވެސް ބޮންޑެ ވިދާޅުވިއެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް ވާހަކަދައްކަވައިގެން މިސަރުކާރު ހިންގާނީ މިހާރުވެސް މިހިނގާ ގޮތައްތޯ ކޯލިޝަނެއްގެ ގޮތުގައިތޯ ނިންމަވަންޖެހޭ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގެ ދާއިރާއެއްގެ ޖަގަހަ ހިނގާ މިންވަރަށްވެސް ސަރުކާރު ނުހިންގޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރު ފަޅު އަޅައިގެން ތިބޭނީތޯ ނިންމަން ޖެހޭ ކަމުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީއަކީ 5،000 މީހުން ކޮނޑުއަޅައިގެން ވޯޓުލުމަށް ނެރޭ ޕާޓީއެއް ކަމުގައެވެ. ތިން ދުވަސްތެރޭގައި ދިވެހިރާއްޖޭގައި ތިބި އެންމެން ރިރަޖިސްޓަރީ ކުރަން ބުނުމުން އެކަންކުރާ ޕާޓީއެއް ކަމުގައެވެ. އަދި ބިދޭސީން ރަޖިސްޓްރީކުރަން އެމްޑީޕީ ނުކުމެއްޖެއްޔާ އެކަންވެސް ކުރެވޭނެ ކަމުގައާއި، ފޮޓޯވެސް ނެގޭނެ، އަދި ކޯޑުވެސް ދެވޭނެ ކަމުގައި ވިދާޅުވިއެވެ. އަދި އެމީހުން ނޭނގިގެން މިއުޅެނީ ކީއްވެތޯވެސް ބޮންޑެ ސުވާލުކުރެއްވިއެވެ.
އަދި އޭގެ އިތުރަށް ކޯލިޝަނުގެ ޕާޓީތަކަށް ދެން އިތުރަށް ސްލޮޓުތަކެއް ދީގެންވެސް ނުވާނެ ކަމުގައި ބޮންޑެ ވިދާޅުވިއެވެ. މިމައްސަލައަކީ ޕާޓީތަކާއެކު ވާހަކަދައްކަވައިގެން ރައީސް ޞާލިޙު ހައްލުކުރައްވަން ޖެހޭ މައްސަލައެއް ކަމުގައި ފާހަގަކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ