Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައްޔިތުން ބިކަވެފައިވާއިރު އެތެރޭ ކޯޅެނީ ރައްޔިތުންނާ ގުޅުން ކިހާ ކުޑަވުމުން؟: ދުންޔާ

ރައްޔިތުން ބިކަވެފައިވާ ވަގުތެއްގައި ސަރުކާރުގެ އެތެރޭގައި ކޯޅުން އޮތީ ކިހާ ބޮޑަކަށް ސަރުކާރާ ރައްޔިތުންގެ މެދުގައި ގުޅުން ކުޑަވެފައިވުމުންތޯ ކުރީގެ ޚާރިޖީވަޒީރު ދުންޔާ މައުމޫނު ސުވާލުއުފައްދަވައިފިއެވެ.
ދުންޔާ މިފަދައިން ސުވާލުކުރައްވާފައިވަނީ ރައްޔިތުން މަޖިލިހުގެ ރައީސް އަދި ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމުގައިވާ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާޢީލުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކަމުންދާ ދަނޑިވަޅެއްްގައެވެ.
How dissociated from the common man must the ruling party be, to be lost in their own internal politics and personal agendas for power, while the country is struggling to stabilize the economy and survive this pandemic?— Dunya Maumoon (@dunyamaumoon) August 15, 2020

އަދި އިތުބާރު ހުރި މަސްދަރުތަކުން ތަފާތު ނޫސްތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން އިސްވެ ތިއްބަވައި ރައްޔިތުން މަޖިލިހުގެ ރައީސްކަމުންނާއި އެމްޑީޕީގެ ރައީސްކަމުން ރައީސް ނަޝީދު ބޭރުކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. މަޖިލިހުގެ ބައެއް މެންބަރުންވަނީ ފައްޔާޒަށް ތާއީދުކުރައްވާ އިތުބާރު ނެތްކަމުގެ ވޯޓު ނުދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ދުންޔާ ވިދާޅުވެފައިވަނީ މުޅި ޤައުމު މިވަގުތު ދަނީ އިޤުތިޞާދު ނަގަހައްޓަން ބޮޑު މަސައްކަތެއް ކުރަމުން ކަމުގައެވެ. އަދި މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ވަބާއިން ސަލާމަތްވުމަށްވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައެވެ. މިފަދަ ދަނޑިވަޅެއްގައި މުޅި ސަރުކާރު އެތެރޭގެ ކޯޅުންތަކާއި ބާރު ހޯދުމަށް ހިނގާ ހަމަނުޖެހުންތަކުގެ ތެރެއަށް ޣަރަޤުވަނީ އާދައިގެ ރައްޔިތުންނާއި ސަރުކާރުގެ މެދުގައި ކިހާ ބޮޑު ދުރުކަމެއް ހުރުމުންތޯ ދުންޔާ ސުވާލުކުރެއްވިއެވެ.
މިނިސްޓަރު ފައްޔާޒުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް ފަށާފައިވާއިރު ރައީސް ނަޝިދުވަނީ ވަރަށް ބޮޑަށް ފައްޔާޒަށް ފާޑުވިދާޅުވެފައެވެ. އަދި ފައްޔާޒު އުޅުއްވަނީ ބްރޯ ހެދިގެން އުޅުއްވަން ކަމުގައިވެސް ނަޝީދުވަނީ ވިދާޅުވެފައެވެ. ނަމަވެސް އެތުހުމަތުތަކަށް ފައްޔާޒުވަނީ އިންކާރުކުރައްވައި ދޮގުކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ