އިންޑިއާ އިން ގެންނަން އުޅޭ އަސްކަރީ މަތިންދާ ބޯޓާއި ގުޅޭ މައުލޫމާތު ޑިފެންސުން ހާމަ ނުކުރި!

އަހްމަދު އަޒާން 12 އޯގަސްޓު 2020 13:36
Flowers
އިންޑިއާގެ ސިފައިންގެ އެންމެ އިސް ވެރިޔާ އަދި ދިފާއީ ވަޒީރު މާރިޔާ ދީދީ

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހޯދަން "ދިޔަރެސް" ނޫހުގެ ފަރާތުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން އެ މައުލޫމާތު ނުދިނެވެ.

މި އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް އެދިފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުންނެވެ. މި އެއްބަސްވުމުގައި ސޮއި ކުރި ކަން ދިވެހި ސަރުކާރުން އޮތީ މިހާތަނަށް ސިއްރުކޮށްފައެވެ. 23 ޖުލައިގައި އެ މައުލޫމާތު ހޯދުމަށް "ދިޔަރެސް" އިން މިނިސްޓްރީ އަށް ހުށަހެޅުމުން މިހާތަނަށް އެކަމަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނު ބުނާގޮތުން، މައުލޫމާތެއް ހޯދަން އެދޭތާ 14 ދުވަސް ތެރޭގައި ދައުލަތުގެ ކޮންމެ އިދާރާ އަކުންވެސް އެކަމާއި ގުޅިގެން ޖަވާބެއް ދޭން ޖެހޭނެއެވެ.

އިންޑިއާއިން ގެންނަ އަސްކަރީ މަތިންދާ ބޯޓާއި ގުޅޭ ހަބަރު "ދިޔަރެސް" ގައި މީގެ ކުރިން ޝާއިއު ކުރުމުން، ސަރުކާރުން ވަނީ އެއީ ކުރީ ސަރުކާރުން ގެންނަން އެއްބަސްވި މަތިންދާ ބޯޓެއް ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް، އިތުބާރު ހުރި ގޮތަކަށް "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެއްބަސްވުމުގައި ސޮއި ކުރީ މީގެ 3 މަސް ކުރިންނެވެ. އަދި ކުރީ ސަރުކާރުން އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވެއެވެ. މި އެއްބަސްވުމުގެ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް ގެނެސް ރާއްޖޭގައި ބޭނުން ކުރަން ފަށާނެއެވެ. އަދި އެ މަތިންދާ ބޯޓާއި އެކު ހަތިޔާރު އެޅި އިންޑިއާ ސިފައިންވެސް އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަތިންދާ ބޯޓާއި އެއާއި އެކު އަންނަ ސިފައިން ޤާއިމްވެ ތިބޭނީ ރާއްޖޭގެ ކޮންމެވެސް އެއާޕޯޓެއްގައި ކަމަށްވެއެވެ. ނަމަވެސް އެއީ ކޮން އެއާޕޯޓެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ދާދި ފަހުން އިންޑިއާ އިން ވަނީ ހދ ހަނިމާދޫގައި އޮންނަ އެއާޕޯޓު ތަރައްޤީ ކުރަން ނިންމާފައެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް" އިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދާއި ސުވާލު ކުރުމުން ހޫދު ވަނީ "އަސްކަރީ" މަތިންދާ ބޯޓެއް ގެންނަން ސޮއި ނުކުރާކަމަށް ވިދާޅުވެފައެވެ. އަދި އެހެން ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ހޫދު ވަނީ އެއީ އަސްކަރީ މަތިންދާބޯޓެއް ނޫންކަމަށާއި އެއީ ޑޯނިއާއެއް ކަމަށް ވިދާޅުވެފައެވެ.

އެހެން ނަމަވެސް ރާއްޖެއަށް ގެންނަން އުޅޭ ޑޮނިއާ 228 މަރުކާގެ މަތިންދާބޯޓަކީ އިންޑިއާ އިން އުފައްދާ އަދި އެ ޤައުމުގެ ނޭވީން ބޭނުން ކުރާ މަތިންދާބޯޓެކެވެ.

މި މަތިންދާ ބޯޓު ގެންނަން އުޅޭކަން ހާމަވުމުން ގިނަ ބަޔަކު ދަނީ އެކަމާއި ނުރުހުން ފާޅުކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
މަހަށްދޭބަލަ
ޔާމީނަށް ކުރި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ މީރާ މެދުވެރިކޮށް ހޯދަނީއޭ ތިޔާއީ ރައީސް އިބޫގެ ވެރިކަމުން ރައީސް އިބޫ ރައްޔިތުންނަށް ވެފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ތައް ރައްޔިތުންނަށް ދޭން ވުމުން އެކަން ނުކޮށް ރައްޔިތުންގެ ހިތުން އެކަން ފުހެވޭނެ ކަމަށް ހީކޮށް ތަމެން އަމިއްލަ އަށް ހަދައިގެން އުޅޭ 5 މިލިއަން ޑޮލަރުގެ ވާހަކަ އެއް ދައްކާ އެފައިސާގެ ޖޫރީމަނާ މީރާއިން ހޯދަން އުޅުނަސް ތިޔާއީ ތަމެންގެ ވެރިކަން ވެއްޓިދާނެތީވެ ތަމެން ބިރުން ކުރާ ކަންކަން އެގިގެންދެއޭ ތިޔާ ގޮތަށް ފިރުއައުނު ވެސް އުޅުނޭ އޭނާ އަށް ވެސް ކެއްކުނު ޑޮންޑޮނެއް ނެތޭ އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ...
ފޭކްގޭމްދޯ
އެޓަރނީ ޖެނެރަލް އަމިއްލަ އަށް ހަދައިގެން އުޅޭ ކޭހަކަށް ތަމެން އަމިއްލަ އަށް ގާޒީ ބަދަލު ކޮށްގެން ކޮށްފައިވާ ފޭކް ހުކުމް ގަބޫލުކުރާނެ މީހަކު ނެތޭ މި އުޑު ދަށުގައި ތަމެންގެ ވެރިކަން ލާރޖް ކޮށް ފެއިލް ވަމުންދާ ކަމުގެ އަލާމާތް ތަކޭ ފެނިގެންދަނީ ތަމެންގެ ވެރިކަަމަށް 2 އަހަރު ދުވަސް ވެގެން ދިޔައިރުވެސް ތަމެންގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާގައި ބަޔާން ކުރެވިފައިވާ ގޮތަށް ތަމެންނަށް އެކަން ނުކުރެވުމުން އެކަން ފޮރުވަން ވެގެން ދެން ފޭކް ގޭމް ޖައްސަނީދޯ
ދަންނާތި
ހެޔޮނުވާނެ ތަމެންގެ ވެރިކަން ވެއްޓިދާނެތީވެ ތަމެން ދެން ރާއްޖެ އަށް އަންނަން ތިބި ވެރިންގެ އަބުރު ކަތިލާ އެމެން ޖަލަށް ގަޅާލައިގެން ކިތަންމެ ވަރަށް އުޅުނު ނަމަވެސް މަތީ ގަނޑިން ޖެހުމުން ތަމެންނަށް ނުވެސް އިނގޭ ގޮތަށޭ ތަމެންގެ ވެރިކަން ތަމެން އަތުން ބީވެ ތަމެން އަތުން މަޖްލީސް ވެސް ބީވެ ތަމެން ނަކީ ސިޔާސީ ގޮތުން މިބިންމަތީގައި އެއްވެސް ބާރެއް ނެތް ބަޔަކަށް ވެގެންދާ ތަމެން ތަމެންނަށް ދާދި ގާތުން ފެނިގެންދާނެއޭ ތަމެން މިކަން ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި ދަންނާތި
ޢަޒްރާ
ރަންނަމާރި މީނު ހާދަ އޮމާންކޮށް ފެންނަނީ ނެތްތަ ފައިން އަރާނެ ފޮތެއް ނުވަތަ ގާނޫނެއް