Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ލިޔުމުގެ މުބާރާތެއް ބާއްވަނީ

ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ޔޫތު މިނިސްޓްރީން ކްރިއޭޓިވް ޕިޗް ރައިޓިން މުބާރާތަކަށް ހުޅުވާލައިފިއެވެ.
މި މުބާރާތް ކާމިޔާބު ކުރާ ތިން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މި މުބާރާތަށް ހުށހަޅާ ޕިޗްތަކުގެ ތެރެއިން އެންމެ ރަނގަޅު 3 ޓީމަކާއެކު މިިނިސްޓްރީން މަސައްކަތް ކުރާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު އެންގޭޖްމެންޓް ފޯ ގްލޯބަލް އެކްޝަންއެވެ. މި ތީމުގެ ދަށުން ޕިޗުތައް ހުށަހެޅޭނެ މައުޟޫތަކަކީ
ކްލައިމެޓް ޗޭންޖް
ފަައިނޭންޝިއަލް އިންކްލޫޝަން
ޔޫތު ހެލްތު
ވިމެން އެމްޕަވަރމަންޓް
ޕޮލިޓިކަލް ޕާޓިސިޕޭޝަން
ވޮލަންޓިއަރިޒަމް
އެެޑިއުކޭޝާން
މައިގްރޭޝަން
ރެޑިކަލައިޒޭޝަން އެންޑް ވަޔޮލެންޓް އެކްސްޓްރީމިޒަމް
ޑިސްއެބިލިޓީ އެންޑް އިންކްލޫޝަން
މި މުބާރާތުގައި 18 އަހަރާއި 35 އަހަރާއި ދެމެދުގެ ހުރިހާ ދިވެހި ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މި މުބާރާތަށް ޕިޗް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ 31 އޯގަސްޓު 14:00 އެވެ.
މި ލިއުމާއި ގުޅޭ