ނަމާލް ރާޖަޕަކްސައަށް ލަންކާގެ ޔޫތު މިނިސްޓަރުކަން

ޖާއިޝް ތައުފީޤް 12 އޯގަސްޓު 2020 12:43
Flowers

ސްރީ ލަންކާގައި އަލަށް އެކުލަވާލެވުނު ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް، އެ ޤައުމުގެ ބޮޑުވަޒީރު ރާޖަޕަކްސަގެ ދަރިކަލުން ނަމާލް ރާޖަޕަކްސަ އައްޔަންކޮށްފިއެވެ.

ލަންކާގައި ބޭއްވި އާންމު އިންތިހާބުގައި ރެކޯޑު މިންވަރަކަށް ވޯޓު ހޯދި ނަމާލް އެ މަޤާމަށް އައްޔަން ކުރެވުނީ މިއަދެވެ. ނަމާލް އަކީ ސްރީލަންކާގައި ވަރަށް މަޤުބޫލު ބޭފުޅެކެވެ. އަދި ދިވެހިރާއްޖޭގެވެސް ސިޔާސީ ވަރަށް ގިނަ ފަރާތްތަކާއި ނަމާލް އާއި ގާތް ގުޅުމެއް އޮވެއެވެ.

ރާއްޖޭގެ ބައެއް ވަޒީރުންނާއި، މަޖިލީސް މެމްބަރުން ދަނީ ނަމާލް އަށް ތަހުނިޔާ ވިދާޅުވަމުންނެވެ. މިގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ނަމާލްއަށް ތަހުނިޔާ ވިދާޅުވެ ޓުވީޓު ކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު