Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑު-19: އެޑްމިޓުކޮށްގެން ފަރުވާ ދެނީ 148 މީހުންނަށް

ދިވެހިރާއްޖޭގައި ކޮވިޑު-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 148 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މިވަގުތު 148 މީހުންނަށް ދަނީ ކޮވިޑު-19 ޖެހިގެން އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުނުވާ 2354 މީހުން އެބަތިބިކަމަށް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.
މިއަދު 18:00 ހަމައަށް 66 މީހުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 52 ދިވެހިންނާއި، 12 ބަންގްލަދޭޝް މީހުން އަދި އިންޑިއާ ދެމީހުންނެވެ.
ރާއްޖެއިން ކޮވިޑު-19 ޖެހުނު މީހުންގެ އަދަދު 5222 އަށް އަރާފައިވާއިރު 20 މީހުން މިހާރު ވަނީ މިބަލީގައި ނިޔާވެފައެވެ.
މި ލިއުމާއި ގުޅޭ