ޖީއެމްއާރަށް ސޮވެރިން ގެރެންޓީ ނުދެއްވާ ކަމަށް ބުނެ ނަޝީދު އިތުރުފުޅު ހައްދަވައިފި!

އަހްމަދު އަޒާން 11 އޯގަސްޓު 2020 12:53
Flowers
ރައީސް ނަޝީދު

ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގަން ހަވާލު ކުރި އިންޑިއާގެ ޖީއެމްއާރަށް ސޮވެރިން ގެރެންޓީ ދީފައިނުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިތުރުފުޅު ހައްދަވައިފިއެވެ.

މިހާރު ކުރިއަށް ދާ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް ސޮވެރިންް ގެރެންޓީ ދިންކަން ފާހަގަކުރައްވާ އެކަން ތަފްސީލުކޮށް ދެއްވުމަށް ކޮމިޓީއަށް ހާޒިރުކޮށްފައި އިންނެވި އޮޑިޓަރ ޖެނެރަލް އަށް ދަންނަވާފައެވެ.

އެކަމާއި ގުޅިގެން ރައީސް ނަޝީދު ވަނީ، އެމަނިކުފާނުގެ ވެރިކަމުގައި ޖީއެމްއާރަށް ސޮވެރިން ގެރެންޓީ ދޫކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރާއި އެއްކޮށް ހެދި އެއްބަސްވުމެއްގައި ވަނީ، އެ ކުންުފުނިން ނަގާ ލޯނުތަކަށް ދިވެހި ދައުލަތް ޒިންމާވާން ޖެހޭ ގޮތަށް ކަނޑައަޅާފައެވެ. ރައީސް ވަހީދުގެ ވެރިކަމުގައި ޖީއެމްއާރު އެއްބަސްވުން އުވާލުމުން އެ ކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނަށް އެ މައްސަލަ ހުށަހަޅާފައެވެ. 

އާބިޓްރޭޝަނުން ވަނީ ޖީއެމްއާރަށް 250 މިލިއަން ޑޮލަރު ދިނުމަށް ދިވެހި ދައުލަތަށް އަންގާފައެވެ. އޭގެ ތެރެއިން 160 މިލިއަން ޑޮލަރަކީ، ޖީއެމްއާރުން އެކްސިން ބޭންކުން ނެގި ލޯނަށް ދައްކަން ޖެހޭ ފައިސާއެވެ. 

ސަރުކާރުން ޖީއެމްއާރުގެ ލޯނުތަކަށް ގެރެންޓީ ނުދިންނަމަ، އެހާ ގިނަ އަދަދެއްގެ ފައިސާ ޖީއެމްއާރަށް ދައްކަން ނުޖެހުނީސް ކަމަށް އޭރުވެސް ޤާނޫނީ މާހިރުން ބުނަމުން ގެންދިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޕޮލިޓިކްސް
މަޖްލީހުގެ ރައީސް ނަޝީދު ޗައިނާ އާއި ނެކް ޓު ނެކް ޖެހޭ ގޮތަށް ޕޮލިޓިކަލް ޓޯކްސް މަޖްލީހުގައި ޖައްސާތީ ދެން ސަރުކާރުން ރައީސް އޮފީހާއި އަދި ފޮރިންގް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީ އަށް އަންޑަރސްޓޭންޑް ވާން ޖެހޭނީ އެއީ ޗައިނާ އާއި އިންޑިއާ އާއި ދެމެދު ރާއްޖެ އަށް އެހީވުމުގައި އެއް ގައުމު އަނެއް ގައުމަށް ދޫނުކުރާ ގޮތަށް ވާދަވެރިކަން އުފައްދަން ދައްކާ ވާހަކަ އެއް ކަމަށް ބަލައިގެން ވަގުތުގެ ބޭނުންކޮށްގެން ހިލޭ އެެހީދަމަންވީއޭ ޗައިނާއިން ދެން އިންޑިއާ ވެސް ޖެހޭނީ ޗައިނާ އިން 11 މިލިއަން ޑޮލަރުގެ ހިލޭ އެހީ އެއް ދީފިނަމަ އެމެން ޖެހޭނީ 22 މިލިއަން ޑޮލަރު ދޭން ދެން އަނެއް ކޮޅުން ޖަޕާން އޮންނާނެ ބަލަން އޮވެފައި އެމެން ދޭނެއޭ 32 މިލިއަން ޑޮލަރު ދެން ހަމަ މިޒާތުގެ ވާދަވެރިކަން އިނގިރޭސި ވިލާތާއި އެމެރިކާ އާއި ދެމެދު އުފައްދާނީއޭ އެއިރުން އެމެން ވެސް ހިލޭ އެހީ ދޭނެއޭ މީ ފިނޭންޝަލް ޕޮލިޓިކްސް އޭ އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކޭ...
ގިވްއިން
ހައުސިންގް މިނިސްޓަރު އަސްލަމް މާލެ ސަރަހައްދުގެ ޕްލޭނިންގް އާއި ގުޅޭ ގޮތުން މަޖްލީހުގައި ދެއްވާ ޖަވާބު ތައް އެއީ ސެންސް މޭކް ނުކުރާ ނުވަތަ ސަބްސްޓޭންޝަލީ ނޮން ރެސްޕޮންސިވް ވާހަކަ ތަކެއް ކަމަށްވާނަމަ މަޖްލީހުގެ ރައީސަަށް އޭގައި ރައްދުދީ އަދި ސުވާލު ވެސް ކުރެވޭނެއޭ މިއުޅެނީ މާލޭގެ ޕްލޭނެއް ނެތިގެން މާލޭގެ ވިޔަފާރި ތައް ހުއްޓިގެން މާލޭގެ ވިޔަފާރި ވެރިން ވިޔަފާރި ތައް ކުރަން ބޭނުންވާ ބިން ނުލިބިގެންނޭ މަމެން ނުބުނަމޭ އައްޑޫން މަމެންނަށް ބިންދޭން މަމެން ބޭނުމެއް ނޫނޭ އައްޑޫ އަށް މަމެންގެ ވިޔަފާރި ބަދަލުކުރަން މަމެން ބޭނުމެއް ނޫނޭ މާލެ ސަރަހައްދު ދޫކޮށް މަމެންގެ ވިޔަފާރި ދަ ރާއްޖެތެެރެއަށް ގެންދަން މަމެންނަށް ޖެހޭނީ ސަރުކާރުން މާލެ ސަރަހައްދުން މަމެން ވިޔަފާރި ކުރަން ބޭނުންވާ ވަރަށް ބިން ދޭންއޭ މިކަމުގައި ހައުސިންގް މިނިސްޓަރު އޮބި އަޅައިގެން އޭނާ އޮބާ ބާއްވައިގެން އެކަން ކުރަން ޖެހުނަސް އެކަން ކުރަން ޖެހޭނެއޭ އަމީން ދީދީ މާލޭގެ މަގުތައް ޑިޒައިން ކުރީވެސް އެއިރު ތިބި ވަޒީރުން އޮބާބާއްވައިގެންނޭ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން ގިވް އިން...
ގިވްއިން
ރާއްޖޭގައި ހިންގާ ސިޔާސީ ޕާރޓީ ތައް ހިންގުމަށް ޓަކައި ބޭނުންވާ ފަންޑެއް ނުލިބޭނެއޭ ރާއްޖޭގެ ވިޔަފާރި ވެރިން އަތުން އަދި ދައުލަތުގެ ބަޖެޓުން ވެސް އެކަން ކޮށް ނުދެވޭނެއޭ ކަން މިހެން ހުރުމުން އެމްޑީޕީ އާއި ޕީޕީއެމް ފާޅު ކަން ބޮޑު ގޮތެއް ގައި ޗައިނާ އާއި އިންޑިއާ އާއި ދެމެދު ވަރުގަދަ އިގްތިސާދީ ހަނގުރާމަ އެއް ރާއްޖެ އަށް އެމެން ލޯ އަޅާނަމަ ޖެހޭނީ ޖައްސަންއޭ ދެން އެމްޑީޕީ އަށް މިލިއަނުން އިންޑިއާ އިން ފަންޑުކުރާނީ ޗައިނާ އިން ޕީޕީއެމް އަށް ފަންޑްކުރާނީއޭ ބޮޑު ދެ ޕާރޓީން އެމްޑީޕީ އަށް ސީދާ ގޮތުގައި ފަންޑް ކުރާނީ އިންޑިއާ އިން އަދި ޕީޕީއެމް އަށް ސީދާ ގޮތުގައި ފަންޑް ކުރާނީ ޗައިނާ އިން ދެން ދެ ޕާރޓީން ވެސް ޑަބަލް ކްރޮސް ގޭމް ކުޅެގެން ދެކޮޅުން ވެސް ފަންޑް ހޯދާ ދެގައުމު ވެސް ފެލާލަންވާނެއޭ އެއީ އެމްޑީޕީން ވެސް އަޑި އަޑިން ޗައިނާ އާއި ގުޅިގެން ޗައިނާ އިން ފަންޑް ފީންނެއް ދަމައިގަންނަންވާނެއޭ ހަމަ އެގޮތަށް ޕީޕީއެމް އިން ވެސް ޑަބަލް ކްރޮސް ރޯލް ކުޅެގެން އިންޑިއާ އަތުން ވެސް ފަންޑް ފީންނެއް ދަމައިގަންނަންވާނެއޭ ޕޮލިޓިކްސް އަކީ އެއީ ވެސް ކުރާ ވިޔަފާރި އެކޭ ވިޔަފާރި އުސޫލުންނޭ ބައިލެޓްރަލް ރިލޭޝަންސް ވެސް ހިންގަން ޖެހޭނީ އެއިރުން ނޭ މުއްސަނދި ވެފައި އަދި ބާރުގަދަ ވާނީ ދިސް އިޒް ދަ ފީލިންގް ކްއެންޗް އަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ގިވް އިން ގިވް އިން އޯއް އޯއް އޯއް ސްޕިންގް ސްޕިންގް ސްޕިންގް ޑާންސް ޑާންސް ޑާންސް ޑާންސް ޑާްންސް ޑާންސް ޑާންސް....
ހހހހހ
މި.މައްސަލަ.މަޖްލިހުން ބަލައި ފިޔަވަޅު އަޅަންޖެހޭކަށް ފެނޭ
ކިނބޫ
ތެދުވެސް ހަދާއުޅޭ އެއްޗެއްތަ އެއީ!
ޒުހުރީ
މިދައްޖާލަށް ދޮގެއް ނަހަދައި ހިތްހަމަ ނުޖެހެނީތަ
މުނާފިގު
މުނާފިގެއް ދުވަހަކުވެސް ތެދެއްނުހަދާނެ
އައްޗި
ނަހަދާނެ އެއްތެދުވެސް އޭނަގައިގަ ހަރުލާފަހުރިކަމެއްއެއީ