އެލޮވެންސް ލިބޭނެ، ކެތްތެރިވޭ: އެޗްއީއޯސީ

އައިޝަތު ހަނާ 10 އޯގަސްޓު 2020 21:55
Flowers
އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ސަރުކާރުން ވައުދުވި ފްރޮންޓްލައިން ވޯކާސް އެލޮވެންސް އާއި ގުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ނުދެއްކުމަށް، އެންއީއޯސީ އިން، ރެޕިޑް ރެސްޕޮންސް ޓީމްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަންގައިފިއެވެ. 

ކޮވިޑު-19 އަށް ސާމްޕަލް ނެގުމާއި، ޕޮޒިޓިވް ވާ މީހުން ފެސިލިޓީޓަކަށް ގެންދިޔުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ އާރުއާރުޓީގެ މެމްބަރުންނެވެ. އަދި ކޮވިޑު-19 އާއި ގުޅިގެން އެންމެ ބުރަކޮށް މަސައްކަތް ކުރަނީ ވެސް އާރުއާރުޓީ މެމްބަރުންނެވެ. 

މިއަދު އެޗްއީއޯސީ އިން އާރުއާރުޓީ ޓީމުތަކަށް ފޮނުވި މެސެޖެއްގައި ވަނީ އެލޮވެންސްތަކާއި ގުޅޭ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާއިރު އާރުއާރުޓީ ގެ ވާހަކަ ނުދެއްކުމަށް އެދިފައެވެ. އަދި މައްސަލަތަކެއް ހުރިކަން އެނގޭ ކަމަށާއި، ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ގުޅިގެން އެކަންކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ މެސެޖުގައި ބުނެފައިވެއެވެ. 

އަދި މިހާތަނަށް އެލޮވެންސް ނުލިބި ހުރިފަރާތްތަކުގެ އެލޮވެންސް ލިބޭނެ ކަމަށާއި ކެތްތެރިވުމަށްވެސް އެޗްއޯއީސީ އިން ވަނީ އާރުއާރުޓީގެ މެމްބަރުންނަށް އަންގާފައެވެ. 

ކުރީ ސަފުގައި މަސައްކަތް ކުރި ގިނަ މީހުންނަށް އެލޮވެންސްގެ ގޮތުގައި ލިބިފައިވަނީ ވަރަށް މަދުމިންވަރެކެވެ. ބައެއް ޑޮކްޓަރުންނަށް 250 ރުފިޔާ ލިބިފައިވާއިރު އެއްވެސް އެއްޗެއް ނުލިބޭ މީހުންވެސް ވަރަށް ގިނައެވެ. 

އެހެން ނަމަވެސް އެންއީއޯސީގައި އުޅުނު ބައެއް ފަރާތްތަކުން 72،000 އަށްވުރެ ގިނަ ރުފިޔާ އެންމެ މަހެއް ތެރޭގައި ނެގި މައްސަލަވެސް ވަނީ ފެންމަތިވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ސޮއްބެ
ފުލުހުންނާ ސިފައިންނަށް ދޭނަމޭ ކިޔާފަ އޮއްބާލީދޯ... މިއެމްޑީޕީ ސަރުކާރުން ތިބެނީ އަބަދުވެސް ފުލުސް އޮފީހާ ޖައްސާލާފަ..
އަހަރެން
އެލޮވެންސް މުންޖޭ ކިޔާބަލަ