އެންއޯއީސީގެ ބައެއް މުވައްޒަފުންނަށް އެންމެ މަހެއް ތެރޭ 72،000 ރުފިޔާ!

އިބްރާހިމް އާދަމް 10 އޯގަސްޓު 2020 20:12
Flowers
ރައީސް އެންއީއޯސީގައި ހަރަކާތްތެރިވި ރައީސް އޮފީހުގެ މުވައްޒަފަކާއި ވާހަކަ ދައްކަވަނީ

ކޮވިޑު-19 އާއި ގުޅިގެން ދަރުބާރުގޭގައި ސަރުކާރުން އުފެއްދި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުންނަށް މާޗު މަހުން ފެށިގެން މަހެއްގެ މައްޗަށް މުސާރައާއި އެހެނިހެން އިނާޔަތްތަކުގެ ގޮތުގައި 72،000 ރުފިޔާއަށް ވުރެ ގިނައިން ލިބުނު ކަމަށް މައުލޫމާތު ލިބިއްޖެއެވެ. 

މިގޮތުން އެ ސެންޓަރުގައި މަސައްކަތް ކުރި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ރައީސް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުން އެންއީއޯސީ އުފެއްދި ފަހުން އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ ނަގަމުންދާކަމަށް މައުލޫމާތު ލިބެއެވެ. 

"ބައެއް މީހުން ހެނދުނު އައިސް ފިންގާ ޖަހާލާގޮތަށް ދެން ރޭގަނޑު އައުޓް ކުރަނީ. މުޅި ދުވަސް ވަންދެން ދަރުބާރުގޭގައި ނުވެސް ތިބޭ. އަނެއްކާ އެކަން ބެލޭނެ އިންތިޒާމެއްވެސް ނުހުރޭ." އެންއީއޯސީގައި މަސައްކަތް ކުރި ފަރާތަކުން މައުލޫމާތު ދިނެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އާންމުކޮށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 18،000 ރުފިޔާ ލިބޭ މުވައްޒަފުންނަށްވެސް މާޗު، އޭޕްރިލް، މޭއި، އަދި ޖޫންގައި ބޮޑެތި އަދަދުތަކުން މުސާރަ ލިބުނެވެ.

"އެވަރެޖުކޮށް މިތާ އުޅުނު ވަރަށް ގިނަ މީހުންނަށް 40،00 އާއި 50،000 އާއި ދެމެދުގެ އަދަދަކަށް ފައިސާ ލިބުނު. ކޯލް ސެންޓަރުގެވެސް ބައެއް ކުދިންނަށް 45،000 ރުފިޔާ ލިބުނު" އޭނާ ބުންޏެވެ. 

އެންއީއޯސީގަ މަސައްކަތް ކުރި ފަރާތްތަކަށް މިހާ ބޮޑެތި އަދަދުތަކުން ފައިސާ ލިބިފައިވާއިރު، ފްރޮންޓްލައިން ގައި މަސައްކަތް ކުރި ޑޮކްޓަރުންނަޢި ސިއްހީ މަސައްކަތްތެރިންނަށް ފްރޮންޓްލައިން ވޯކާސް އެލޮވެންސް ނުލިބޭ މައްސަލަ ވަނީ ހޫނުވެފައެވެ.

އާރުއާރުޓީގެ ބައެއް ފަރާތްތަކަށް ރަނގަޅުވަރެއްގެ އެލޮވެންސެއް ލިބުނު ނަމަވެސް ވަރަށް ގިނަ ޑޮކްޓަރުންނަށް މުޅި އެކު އެލޮވެންސްގެ ގޮތުގައި ލިބިފައިވަނީ 250 ރުފިޔާއެވެ. އެކަމާއި ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ޝަކުވާ ކުރަން ފެށުމުން ސަރުކާރުން މިހާރުވަނީ ޝަކުވާ ހުށަހަޅާ ފޯމެއް ތައްޔާރުކޮށް، އެ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އަންގާފައެވެ. 

އެންއޯއީސީގެ މުވައްޒަފުން ބޮޑެތި އަދަދުތަކުން އޯޓީ ގެ ފައިސާ ނެގި އިރު، ކޮވިޑު-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމަށް އޯޓީ ލިމިޓުކުރުމަށް، މާޗު މަސް ތެރޭ ފިނޭންސުން އަންގާފައިވާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ދަތްހުރި ދުވަހު ކާށިކެއީ
އިތުރު ގަޑި ލިބިގެން ނުވާނެ ހައިރިސްކުނަމަ 500 ރުފިޔާ 300 ރުފިޔާ 250 ރުފިޔާގެ މަގުން ދުވާލަކަށް ކަނޑައަޅާފައިވާއިރު މީ ބޮޑު ކޮރަޕްޝަނެެއް. ހައިރިސް މީހަކަށްވެސް މުސާރާގެ އިތުރަށް 15000 ރުފިޔާ ދެން ރައްޔިތުންގެ ފައިސާ ބޭނުންކުރެވޭނީ ތިހާވަރަކަށް
ީިއިބްރާހިމް
ތިޔަބުނާ ކޯލްސެންޓަރަކުން ރައްޔިތިމީހާ ހަނާވާއިރުވެސް ފޯނެއްނުނަގާ.މިހާ ފެންވަރު ރަގަޅު ކަމުން ކަންނޭގެ ތިހާބޮޑު މުސާރައެއް ތިދެނީ.ހަމަ ހަގީގަތުގަވެސް މިކަމުގައި ސަރުކާރު ފެއިލްވެއްޖެ.
ވަގުންދޯ
ތިޔާ ޕްރޮޖެކްޓް ގެ މަސައްކަތް ހަވާލު ކުރީ އިންޑިއާ ކުންފުންނަކަށް ތޭ ނުވަތަ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ކުންފުންނަކަށްތޭ ތިޔާ ބިޑް ކުރުމެއް ނެތި ތިޔާ ޕްރޮޖެކްޓް އިންޑިއާ ކުންފުންނަކަށް އައްޑޫ ސިޓީ ކައުންސިލް އިން ދިނީ އިންޑިއާ އެމްބަސީ އާއި ގުޅިގެން ހިންގާ ފައިވާ ކޮރަޕްޓް ކަމެއްގެ ގޮތުގައޭ މަމެން މިބަލަނީ ހަގީގަތުގައި ތިޔާ ޕްރޮޖެކްޓް ހަވާލު ކުރަން ޖެހޭނީ ދިވެހި ކުންފުންނަކާއި ކިއެއްވެތޭ އިންޑިއާ ކުންފުންނަކާއި ހަވާލުކުރީ...
ދދދދ
ކޮވިޑް ޖެހޭވަރު މަދީނު އެހެންވީއިރު. ކޮވިޑް ވަގާމެން....
ޅަވިޔަނި ކަލޯ
އިތުރުގަޑި ދީފަ ރިސްކް ދީފަ ދެން އިތުރަށް ކޯއްޗެކޭ ތިކިޔަނީ؟
ސެކްސަން
ކޯލް ސެންޓަރ މީހުން ނަކީ ކޮންގޮތަކައް ރިސްކް ނަގާ ބައެއްބާ އޭ ހިތައް އަރާ
މުހައްމަދު
ޥަގުންދޯ ކޯއްޗެއް ބަލައިގެން ތިލިޔަނީ
ޟޮހޮނު
ޢައިޖީއެމް ހޮސްޕިޓަލުގަ ކޮވިޑް މީހުންގެ އެއްޗިހިދޮންނަ މީހުން ނުވެޔޯ ރިސްކަކަށް. ޚިޔާފަ ނުދޭ ސެންޓެއްވެސް. ޢެކަމު އެތަނުން ގިނަބަޔަކު ފައްސިވެއްޖެ.