ބައެއް ޑޮކްޓަރުންނަށް ކޮވިޑް އެލަވެންސްގެ ގޮތުގައި ލިބުނީ 250 ރުފިޔާ

ޙުސައިން އަފްޝަން 10 އޯގަސްޓު 2020 17:13
Flowers
އައިޖީއެމްއެޗުގެ އީއާރު

އައިޖީއެމްއެޗުގެ އެމަޖެންސީ ރޫމުގައި މަސައްކަތްކުރި ޑޮކްޓަރުންގެ ތެރެއިން ބައެއް ޑޮކްޓަރުންނަށް ކޮވިޑް-19 ގެ އެލަވެންސްގެ ގޮތުގައި ލިބިފައިވަނީ 250 ރުފިޔާއެވެ. 

އެޑޮކްޓަރުންނަށް ދީފައިވާ 250 ރުފިޔާއަކީ 3 މަސްދުވަހުގެ މުއްދަތަށް ސަރުކާރުން ދިން އެލަވެންސެއް ކަމުގައިވެއެވެ. މިކަމާ ގުޅިގެން ޑޮކްޓަރަކު ފޭސްބުކުގައި ލިޔުއްވި ސްޓޭޓަސްއެއްގައި ލިޔުއްވާފައިވަނީ މިއެލަވެންސަކީ ޑޮކްޓަރުންނާއި ކުރީ ސަފުގެ މަސައްކަތްތެރިން އެދިގެން ދިން އެލަވެންސެއް ނޫން ކަމުގައެވެ. 

އަދި އައިޖީއެމްޗުގެ އީއާރުގައި މަސައްކަތްކުރައްވާ ބައެއް ޑޮކްޓަރުންނަށް އެއްވެސް އެލަވެންސެއް ނުލިބޭ ކަމުގެ މައުލޫމާތުވެސް "ދިޔަރެސް"އަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންވެސް ހިމެނެއެވެ. އެގޮތުން ޑޮކްޓަރުންގެ ތެރެއިން ބަޑުބޮޑު ބައެއް ޑޮކްޓަރުންނަށްވެސް އެލަވެންސެއް ލިބިފައިނުވެއެވެ. އޭގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ބައެއް މީހުންނާ ސީދާ މުއާމަލާތްކުރި ޑޮކްޓަރުންވެސް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. 


ފޭސްބުކުގައި ޑޮކްޓަރު ލިޔުއްވި ޕޯސްޓުގައި ފާހަގަކުރައްވާފައިވަނީ އޭޕްރީލް މަހުން ފެށިގެން އެން-95 މާސްކުގެ އެއް މާސްކު ފަސް ފަހަރު ބޭނުންކުރަން ޖެހޭ ކަމުގައެވެ. އަދި އެކަށީގެންވާ ރަނގަޅު ޕީޕީއީ ނުލިބުމުން އަމިއްލައަށް ޕީޕީއީ ފަހައިގެން ބޭނުންކުރަން ޖެހުނު ކަމުގައިވެސް ޑޮކްޓަރު ވިދާޅުވިއެވެ. އަދި ރައްކާތެރިކަމަށްޓަކައި ކޮވިޑް-19 ބަލިމީހުންނާ މުއާމަލާތްކުރަން ޖެހޭ މިންވަރު މަދުކުރުމަށް ފްލޯ ޕްލޭނަށް ބަދަލު ގެނައި ކަމުގައި ފާހަަގަކުރެއްވިއެވެ. 

އަދި މަސައްކަތަށް ނުކުންނައިރު، ކޮވިޑް-19 ބަލިޖެހިފައިވާ މީހަކާ މުއާމަލާތްކުރަން ޖެހިދާނެ ކަން ނޭނގި ތިބެ، އެކަމަކު އެރިސްކު ނަގައިގެން ޑޮކްޓަރުން މަސައްކަތަށް ނުކުތްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޑޮކްޓަރުންނަށް އެޑޮކްޓަރުން މުއާމަލާތްކުރި މީހަކީ ކޮވިޑް ބަލިޖެހިފައިވާ މީހެއްކަން އެނގެނީ މަސައްކަތް ނިންމުމަށްފަހު ގެއަށް އަންނަ ފަހުން ކަމުގައިވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮވިޑް-19 ބލިމީހުންގެ ތެރެއިން ބައެއް މީހުންނަށް ސީޕީއާރު ހަދައި ލޭ ނަގައި، އެފަރާތްތަކަށް ފަރުވާ ދިނުމަށްފަހު ގެއަށް އަންނަ ފަހުން ނޫނީ އެއީ ބަލިޖެހިފައިވާ މީހެއްކަން އީއާރުގެ ޑޮކްޓަރުންނަށް ނޭނގޭ ކަމުގައި ބުނެފައިވެއެވެ. 

އަދި މިއަދު ޑޮކްޓަރުންނަށް ލިބުނު ޝުކުރަކީ އެޑޮކްޓަރުންނަށް ކުރެވުނު މަލާމާތެއް ކަމުގައާއި އަދި އެޑޮކްޓަރުންގެ އިޚުލާޞްތެރި ޚިދުމަތަށް ހެޔޮ ދަރުމަ މާތްﷲ ދެއްވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު
ސޯލިހު
ތިޔަ ޑޮކްޓަރުންނާއި ނަރުހުން ފުރާނަ އަތްމައްޗައްލައިގެ އާއިލާއާ ދުރުގައި ތިޔަކޮށްދެއްވި އަދި ކޮށް ދެއްވަމުން ތިޔަ ގެންދަވާ ޚިދުމަތައް ހިތުގެ ލޯތަބާއި އެކު ޝުކުރު ދަންނަވަން....ހަމަ ހަޤީ ގަތުގައިވެސް ތިޔަ ކޮށް ދެއްވަނީ ވަރަށް މަތިވެރި މަސަތްކަތްތަކެއް...އެކަމުގެ އަގެއްގެ ގޮތުން މިއަދުގެ ސަރުކާރުން 250 ރުފިޔާ އިލަވަންސެއްގެ ގޮތުގައި ދިނުމަކީ ހަމަ ހަޤީ ޤަތުގައިވެސް ކުރި މަލާމާތެއް ކަމުގައި ނޫނީ ނުވޭ...ތިޔަ ޚިދުމަތް ތެރިންނަކީ ލިބޭ އެއްޗަކަށްވުރެ އިންސާނިއްޔަތަށްޓަކާ މަސަތްކަތް ކުރާ ބޭފުޅުން ތަކެއް....އެއްޗެއް ދޭށޭކިޔާފަ ތިވަރުގެ އެއްޗެއް ނުދިނަސް އެބޭފުޅުން ދެއްވާ ޚިދުމަތަކަށް އެއްވެސް ބަދަލެއް ނާންނާނެ.....ޙިތްވަރު ދެރަނުކޮށް ޚިދުމަތައިގެން ކުރިއަށް ވަޑައިންނަވާ....މި ނޫން ސަރުކާރެއް އަންނަ ދުވަހަކުން ތިބޭފުލުންނަށް ދޭން ހަމަޖައްސާފައި ނުދީވާ އެއްވެސް ފައިސާ އެއްވާނަމަ އެފައިސާ އެއް ލިބިގެން ދާނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން...މީގެ ކުރިންވެސް ސިވިލް ސާރވިސް މުއައްޒަފުން އެމްޑީޕީ ވެރިކަމުގައި ކެނޑި ފައިސާތައް ދިނުމަށް ކޯޓުން އަމުރު ކުރުމުންވެސް ނުދީ ވަނިކޮށް ޕީޕީއެމް ވެރިކަމަށް އަރާ އެފައިސާ ތައްވެސް ވަނީ އޭގެ ހައްގުވެރިންނަށްދީ ހަލާސްކޮށްފަ....ވީމާ މާޔޫސްނުވެ ކުރިއަށްވަޑައިނަނަވާ...އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާ އެކު...އަޅުގަނޑުމެންގެ އިޙުތިރާމާ ލޯބި ތިބޭ ފުޅުންނަށް އެބައޮތް.....ވަރަށްބޮޑަށް ޝުކުރިއްޔާ
Anonymous
އެއްމެ mask ގަނޑެއް reuse ކޮށް ކޮށް ގެން covid positive ބަލިމީހުން ނާ ެއެކު މަސައްކަތް ކުރީ މަ ވެސް ލާރި ލިބުނީ ދަރުބާރުގެ ތެރޭ ތިބިމީހުން ނަށް. Risk ތެރޭ މަސައްކަތް ކުރި މީހުން ނަށް 250 ރުފިޔާ .
ޢަލީ
ތިއީ ހަމަމަލާމާތެއް. ލާރިގަނޑުކާލީ ކަމަށް ވާނީ