Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ރައީސް ސޯލިހްގެ ދަތުރުފުޅުތަކުގެ ހަރަދުތަކުގެ ތަފްސީލު ހާމަނުކުރެއްވި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ކުރައްވާފައިވާ އެންމެހައި ރަސްމީ ދަތުރުފުޅުތަކުގެ ތަފުޞީލު ހޯދުމަށް "ދިޔަރެސް"އިން އެދުމުން ރައީސް އޮފީހުން އެ މައުލޫމާތު ހާމަ ނުކުރިއެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ދަށުން "ދިޔަރެސް" ނޫހުން ރައީސް އޮފީހުގައި 20 ޖުލައިގައި އެދިފައިވަނީ ރައީސް ޞާލިޙު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ދުވަސް ކަމުގައިވާ 17 ނޮވެންބަރު 2018 ވަނަ ދުވަހުން ފެށިގެން 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރެއްވި އެންމެހައި ރަސްމީ ދަތުރުފުޅެއް ތަފުޞީލުތައް ހޯދުމަށެވެ.
އެ މައުލޫމާތު ހޯދަން އެދުނުތާ މިހާރު 20 ދުވަސް ވެފައިވާއިރު ޤާނޫނު ބުނާގޮތުން 14 ދުވަސް ތެރޭގައި ޖަވާބެއް ދޭން ޖެހޭނެއެވެ. ނަމަވެސް މިހާތަނަށް ރައީސް އޮފީހުން އެއްވެސް ޖަވާބެއް އެކަމުގައި ނުލިބެއެެވެ. އެހެން ކަމުން "ދިޔަރެސް" ގެ ފަރާތުން މިހާރު ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ރަސްމީކޮށް ހުށަހަޅާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުން ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު ރައީސް ޞާލިޙުގެ ވެރިކަމުގައި ދަތުރުފުޅުތަކުގައި 90 ދުވަހަށްވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވެއެވެ. އެގޮތުން ރާއްޖެއިން ބޭރުގައި އެކި ދަތުރުފުޅުތަކުގައި ޖުމްލަ 57 ދުވަސް ހޭދަކުރައްވާފައިވެއެވެ. ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރެއްވުމުގައި 33 ދުވަސް ހޭދަކުރެއްވިއެވެ.
އދގެ ޢާންމު ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޞާލިޙު އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުގެ ބައެއް ތަފުޞީލުތައް "ދިޔަރެސް" ނޫހުން އެދިގެން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. އެދަތުރުފުޅުގައި، އެމަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި ބޭފުޅުންގެ ޓިކެޓުތަކަށް އެކަނި 2 މިލިއަން ދިވެހި ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.
ހަމަައެހެންމެ ރައީސް އޮފީހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އެދަތުރުފުޅުގައި ވަޑައިގެންނެވި ބޭފުޅުންގެ އެކޮމަޑޭޝަނަށް 1،855،388.2 ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ. ރައީސް އޮފީހުން އެދަތުރުފުޅާ ގުޅޭ ގޮތުން ހާމަކުރި މައުލޫމާތަށް ބަލާއިރު ދަތުރުފުޅަށް ޖުމްލަ 4،171،823.42 ރުފިޔާ ސަރުކާރުން ޚަރަދުކުރިއެވެ.
"ދިޔަރެސް"އިން ހޯދުމަށް އެދިފައިވާނީ ރައީސް ޞާލިޙު ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ މަޤާމާއި ހައިސިއްޔަތުގެ ތަފުސީލުތަކާއި، ވަކިވަކިން ކޮންމެ ދަތުރަކަށް ހިނގި ޚަރަދާއި، ރައީސް ދަތުރުފުޅުތަކުގައި ހޭދަކުރެއްވި މުއްދަތުގެ އިތުރުން މަޑުކުރެއްވި ހޮޓާތަކުގެ ތަފުސީލެވެ.
މި ލިއުމާއި ގުޅޭ