Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދާއިމީގޮތެއްގައި މާލޭގެ ބޮޑުބައެއްގައި ހިނގާފަ އުޅޭގޮތައް ހަދަނީ

މާލޭގެ ބޮޑު ސަރަހައްދެއްގައި ދާއިމީގޮތެއްގައި ހިނގާފަ އުޅެ ގޮތަށް ހަމަޖެއްސުމުގެ ވިސްނުން ހުރިކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގައި ހިތާމަވެރި ހާދިސާތައް ހިނގުން މަދުކުރުމަށް މާލޭގެ ލޭންޑް ޔޫސް ޕްލޭނެއް އޮންނަން ޖެހޭނެކަމަށެވެ.
ޝިފާ ވިދާޅުވީ މާލޭގައި އިތުރަށް ދެން ވެހިކަލް ދުއްވާނެ ޖާގައެއް ނެތެވެ. އެހެން ކަމުން މާލެއަށް އެތެރެކުރާ ވެހިކަލްތައް ލިމިޓް ކުރުމަށް ސަރުކާރުގައި އެދުމަށް ނިންމާފައިވާކަމަށް ޝިފާ ބުންޏެވެ.
ކުރިއަށް އޮތް ތަނުގައި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އިތުރަށް ޖާގަ ދިނުމުގެ ގޮތުން، މާލޭގައި ޕާކް ކުރާނެ އިތުރު ޖާގަތައް ހަދައި ބައެއް މަގުތަކުގައި ޕާކް ކުރުން މަނާ ކުރެވޭ ގޮތަށް އުސޫލުތައް ހަމަޖައްސާނެ ކަމަށް ޝިފާ ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދާއިރުބޮޑު ސަރަހައްދެއްގައި ހިނގާ އުޅޭ ގޮތަށް ހަމަޖައްސާނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ ބޭނުންހާ ތަނަކު ބޭނުންހާ ވަގުތަކު ޕާކް ނުކުރެވިދާނެ ކަމަށް، ކުރިއަށް އޮތް ތަނުގައި ކަންކަން ހަމަޖައްސާނީ ގާއިމު ކުރާ ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި ދާން ބޭނުންވާ ތަނަށް ހިނގާފައިދާ ގޮތަށް،" ޝިފާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޝިފާ ވަނީ މާލެތެރެ އިތުރަށް ބެލެހެއްޓުމަށް އިތުރު މުވައްޒަފުން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ