ކޮވިޑު-19 ޖެހިގެން 110 މީހަކަށް އެޑްމިޓުކޮށްގެން ފަރުވާދެނީ

މަރިޔަމް ލީނާ 5 އޯގަސްޓު 2020 22:23
Flowers

ދިވެހިރާއްޖޭގައި ކޮވިޑު-19 ޖެހުނު މީހުންގެ ތެރެއިން 110 މީހަކަށް ހޮސްޕިޓަލުގައި އެޑުމިޓް ކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ ގޮތުގައި މިއަދު 18:00 އާއި ހަމައަށް 110 މީހުންނަށް ދަނީ ކޮވިޑު-19 ޖެހިގެން އެޑްމިޓުކޮށްގެން ފަރުވާ ދެމުންނެވެ. އިއްޔެ އެ އަދަދު ހުރީ 105 ގައެވެ. އެހެން ކަމުން ފާއިތުވި 24 ގަޑިއިރު ތެރޭ އިތުރު 5 މީހަކު ވަނީ އެޑްމިޓު ކުރެވިފައެވެ.

މިއަދު އިތުރު 148 މީހަކު ވަނީ ކޮވިޑު-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި، 22 ބަންގްލަދޭޝް މީހުންނާއި، 7 އިންޑިއާ މީހުންނާއި 1 ނޭޕާލު މީހަކާއި، 1 ސީޝެލްސް މީހެކެވެ. އަދި މިހާތަނަށް ރާއްޖެއިން އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 4594 އަށް އަރާފައެވެ. 

ކޮވިޑު-19 ޖެހިގެން މިހާތަނަށް ރާއްޖެއިން ވަނީ 19 މީހުން ނިޔާވެފައެވެ. 


ކިޔުންތެރިންގެ ހިޔާލު