Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮވިޑު-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ލީޑާޝިޕެއް ނުފެނޭ: ނާޒިމް

ކޮވިޑު-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ސަރުކާރުގެ ލީޑާޝިޕެއް ނުފެންނަ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެޗްޕީއޭ އާއި ސިއްހީ މަސައްކަތްތެރިން ކިތަންމެ މަސައްކަތެއް ކުރިއަސް ސަރުކާރުގެ ލީޑާޝިޕެއް ނެތިއްޔާ މި ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.
"ހަނގުރާމައެއް ކާމިޔާބު ނުވާނެ ހަމައެކަނި ސޯލްޖާސް މަސައްކަތް ކޮށްގެން، ހަނގުރާމަ ކާމިޔާބު ވާނީ ސޯލްޖާސްއަށް މަގު ދައްކާނެ ޖެނެރަލެއް ހުރެގެން" ނާޒިމް ވިދާޅުވިއެވެ.
ކޮވިޑު-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކާމިޔާބު ހާސިލު ކުރެވޭނީ ޤައުމުތަކުގެ ލީޑަރުން އަޅާ ފިޔަވަޅުތަކުގެ މައްޗަށް ކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާއިންވެސް ބުނެފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވަނީ ކޮވިޑު-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ސަރުކާރު ވަރަށް ބޮޑަށް ފެއިލްވެއްޖެ ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި މަޖިލީހުން އަމަލު ކުރަމުންދާ ގޮތުންވެސް މުޅި ދައުލަތް އެކީގައި މިކަމާއި ދެކޮޅަށް މަސައްކަތް ނުކުރެވޭކަން ފެންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ގަދައަށް ކޮވިޑު-19 ފެތުރެމުންދާއިރު މި ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ކޮވިޑު-19 ޖެހިފައިވަނީ ރާއްޖޭގައެވެ.
މި ލިއުމާއި ގުޅޭ