މާލެ އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލަރޓް ނެރެފި

މަރިޔަމް ލީނާ 5 އޯގަސްޓު 2020 21:08
Flowers

މާލެ އަތޮޅުން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މި އެލާޓު ނެރެފައިވައީ މިރޭ 20:30 އިން ދަންވަރު 1:30 އަށެވެ. 

އެ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުރުރުންވެސް އެކަށީގެންވާނެއެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެެވެ.

މި ދުވަސްވަރު އާންމުކޮށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯހެވެ. 

ކިޔުންތެރިންގެ ހިޔާލު