Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ބާބުރީ މިސްކިތް ހުރި ބިމުގައި އަޅާ ފައްޅީގެ ބިންގާ މޯދީ އަޅައިފި

އިންޑިއާގެ އަޔޯދިޔާގައި ކުރިން ބާބްރީ މިސްކިތް ހުރި ބިމުގައި ހިންދޫންގެ ފައްޅިއެއް އެޅުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ބިންގާ އަޅައިދީފިއެވެ.
އަޔޯދިޔާ ރާމް ފައްޅީގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި 300 އެއްހާ މީހުން ބައިވެރިވިއެވެ. އޭގެ ތެރޭގައި އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާ އާއި ބީޖޭޕީގެ އިސް އޮފިޝަލުން ބައިވެރިވިއެވެ.
'އަޔޯދިޔާ ރާމް ފައްޅީ'ގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި 310 މީހަކު ބައިވެރިވި އެވެ. އޭގެ ތެރޭގައި މޯދީގެ އިތުރުން އުއްތަރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތުޔާނަތާއި ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)ގެ އިސް މެމްބަރުން ހިމެނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، އެ ފައްޅީގެ ބިންގަލެއްގެ ގޮތުގައި މޯދީ ބޭއްވީ ރިހިން ހަދާފައިވާ 40 ކިލޯގެ ގަލެކެވެ. އަދި އެ ފައްޅި ބިނާ ކުރުމަށް އިންޑިއާގެ އެކި ހިސާބުތަކުން، ރަނާއި ރިހިން ހަދާފައިވާ ފައިސާ ފޮއްޗާއި ރަން ފޮނުވާފައިވެއެވެ. އެ ފައްޅި އަޅަން 3 އަހަރު ނަގާނެ ކަމަށްވެއެވެ.
ހިންދޫން ދެކޭ ގޮތުގައި ބާބްރީ މިސްކިތް އަޅާފައިވަނީ ހިންދޫންގެ ރާމް ކަލާނގެ އުފަންވި ތަނުގައެވެ. އަދި އެތަނުގައި މިސްކިތް އެޅި އެތާ ހުރި ހިންދޫ ފައްޅި ތަޅާފައިކަމަށް ހިންދޫން ބުނެއެވެ.
ހިންދޫއިން ނިކުމެ އެ މިސްކިތް ތަޅާލާފައިވަނީ 1992 ވަނަ އަހަރުގައެވެ. މިސްކިތް ތަޅާލަން އެއްވި މީހުންގެ ތެރޭގައި އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެސް ހިމެނެއެވެ.
މި ލިއުމާއި ގުޅޭ