ޖުލައި މަހުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑު!

ހުސެން ޒަހީން 4 އޯގަސްޓު 2020 19:41
Flowers

ފާއިތުވި ޖުލައި މަހު މާލޭގެ ގޭބީސީތަކުގެ ކަރަންޓުބިލް އިންތިހާއަށް ބޮޑުވެއްޖެއެވެ. 

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ. ކުރިން 700 ރުފިޔާ ނާރާ ބައެއް ގޭބީސީތަކަށް ޖުލައި މަހު ކަރަންޓު ބިލްގެ ގޮތުގައި 2500 ރުފިޔާވެސް އަރާފައި އެބަހުއްޓެވެ. 



ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި މީހަކު ވަނީ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީ އިން ބިލް ތައްޔާރު ކުރާ ގޮތް ބަލަން މިނިވަން ތަހުގީގެއް ހިންގަން ޖެހޭކަމަށް ބުނެފައެވެ. އަދި އެއް މަހުން އަނެއް މަހަށް ބޮޑުވަމުންދާ ކަމަށާއި މިއީ އަރަތެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮވިޑު-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި އޮތް އިރުވެސް ކަރަންޓު ބިލް ވަރަށް ބޮޑުވިއިރު އޭރު ސްޓެލްކޯއިން ވަނީ ކަރަންޓު ބިލް ބޮޑުވަނީ އެންމެން ގޭގައި ތިބުމުން ކަމަށް ބުނެފައެވެ. ނަމަވެސް 1 ޖުލައި ގައި ފިޔަވަޅުތަކަށް ލުއި ދީ އެންމެން ބޭރުގައި އުޅުނު އިރުވެސް އޭގެ ކުރިން މަސްތަކަށްވުރެ ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑުކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

ޖުލައި މަހުގެ ކަރަންޓު ބިލް ބޮޮޑުވާނެ ކަމަށް ޖުލައި މަސްތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯއިން ބުނެފައިވެއެވެ. އަދި ކަރަންޓު ބިލް ކުޑަކުރަން ފަރުދީ ޒިންމާ އަދާކުރުމަށްވެސް ސްޓެލްކޯއިން އޭރު ގޮވާލާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙާމް
މިގޭ ބިލުވެސް ދެގުނަ ބޮޑު ކުރިން 800ރ އާއި 1000ރ އާއި ދޭތެރޭ ހުންނަ ބިލް މި ފަހަރު 1989ރ އަށް ބިލު ބޮޑުވެ ފަ އޮތީ
ދދދދދދ
ފަރުދީ ޒިންމާ އަދާނުކުރީމަޔޯ!
ޜިހަ
ސްޓެލްކޯ މުއައްޒި ފުންގެ މުސާރަ ބޮޑުކުރެވޭތޯ ބަލަންވީ ނުވާވަރުން ނޫލޅެބަލަ އަހަރެމެނަށް ހުރިހާ ބަލާ އެއް
ސަލީމް
ފޯނު ބިލަށް ވާ ގޮތް ވަކި ސާފް ބަާ؟
ާފާތިމަތު
ކުޑަ ކުރާވަރަކައް ވަނީ ބޮޑު އަޖައިބެއްނު އަޅޭ އެހެން މަސްމަހު ބޭނުންކިރާވަރައް ނުކުރިއަސް ވަނީ ބޮޑު ކިހާ ދެރަ ކަމެއް އެމީހުން ގެ ޖީ ބައް ގިނަވެއެއްނު ލޮކް ޑައުންގަ ލުއިކޮއްލި ކޮއްލުން އަދި މިފެނުނީ
އއބ
އަހަރެމެންގޭގެ ބިލުވެސް ދެގުނަ ބޮޱު ހަދާނެގޮތެއް ނޭގިގެން މި އުޅެނީ