Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ގެއިން ނިކުމެ މާސްކު އަޅަން އުޅެނިކޮށް މީހަކު ޖޫރިމަނާ ކޮށްފި!

މަލޭގައި މީހަކު ގެއިން ނިކުމެ މާސްކު އަޅަން އުޅެނިކޮށް ފަހަތުން ފުލުހުން އައިސް ޖޫރިމަނާކޮށްފި ކަމަގައި މީހަކު ހާމަކޮށްފިއެވެ.
ފާތިމަތު ޒަހާ ނަމަކަށް ކިޔާ މީހަކު ޓުވިޓަރގައި ބުނެފައިވާ ގޮތުގައި އޭނާ ގެއިން ނިކުމެ ސައިކަލަށް އަރާފަ އަތް ދަބަހުން މާސްކު ނަގާ އަޅަން އުޅެނިކޮށް ފަހަތުން އައި ފުލުސް މީހަކު އައިސް ޖޫރިމަނާ ކޮށްފިކަމަށެވެ. އަދި މާސްކު އަޅާ ބޭރުގަ އުޅުނީމަ ކުރި ޖޫރިމަނާއެއް ކަމަށް ފުލުސް މީހާ ބުނިކަމަށްވެއެވެ.
Geyn nukume cycle ah araafa hand bag in mask nagaa alhan ulhenikoh fahathun ai fulus meehaa kuree joorimanaa. Bunee mask naalhaa beyruga ulhuneema o!! 😳 pic.twitter.com/Cr7eVcVr1n— ♥*♡ fαтнιмαтн zαнα ♡*♥ (@FathmathZaha) August 4, 2020

ޒަހާ ވަނީ އޭނާގެ ޓުވީޓާއި އެކު ފުލުހުން އޭނާގެ ފޯނަށް ފޮނުވާފައިވާ މެސެޖުވެސް އާންމުކޮށްފައެވެ.
ކޮވިޑު-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅޭއިރު މާސްކު އަޅަން އަންގާފައެވެ. އަދި މާސްކު ނާޅާ އުޅޭ ފަރާތްތައް 1000 ރުފިޔާއިން ޖޫރިމަނާ ކުރަންވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
މި ލިއުމާއި ގުޅޭ