ޕޮޒިޓިވް ކޭސްތައް ގިނަވާން ފެށުމުން ރެންޑޮމް ސާމްޕަލް ނެގުން ހުއްޓާލައިފި

ޖާއިޝް ތައުފީޤް 4 އޯގަސްޓު 2020 13:52
Flowers
މަގުމަތިން ސާމްޕަލް ނަގަނީ. ފޮޓޯ:ޕީއެސްއެމް

މާލޭގައި ކޮވިޑު-19 އަށް ޕޮޒިޓިވް ވާ މީހުން ގިނަވާން ފެށުމުން ރެންޑޮމް ސާމްޕަލް ނެގުން ހުއްޓާލައިފިއެވެ.

މިގޮތުން އިއްޔެވެސް މަގުމަތީގައި ރެންޑޮމް ސާމްޕަލް ނަގާފައި ނުވާއިރު މިއަދުވެސް ނަގާފައިނުވެއެވެ. އެކަމާއި ގުޅިގެން "ދިޔަރެސް" އިން ސުވާލު ކުރުމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ވިދާޅުވީ މިހާރު ސާމްޕަލްސް ޕޮޒިޓިވް ވާގޮތަށް ބަލާފަށް "ރީޑައިރެކްޓު" ކުރީ ކަމަށެވެ. 

މިއަދަށް އެކަނި ހުއްޓާލީތޯ ނޫނީ އެއްކޮށް ހުއްޓާލީތޯ ސުވާލު ކުރުމުން ޑރ.ނަޒްލާ އެއްވެސް ޖަވާބެއް ނުދެއްވައެވެ. 

އިއްޔެ މަގުމަތިން އެއްވެސް ވަރަކަށް ސާމްޕަލް ނަގާފައި ނުވާއިރުވެސް 129 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. ނަމަވެސް އޭގެ ކުރީ ދުވަހު 205 މީހުން ޕޮޒިޓިވް ވިއެވެ. 

މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވާއިރު، މިއަދު ހަވީރު 16:00 އިރު އެޗްއީއޯސީ އިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ގުރަހަލި
ކޮނުނުވަރަކައް ފަސްގިނަވާ ގޮތައް ސާންޕަލް ނެގިނެގިހެން ވާނީގިނަ