މިއަހަރު އެކަނި 3.2 ބިލިއަން ރުފިޔާގެ ލޯނު ސަރުކާރުން ނަގައިފި!

އަހްމަދު އަޒާން 4 އޯގަސްޓު 2020 13:11
Flowers
ފިނޭންސް މިނިސްޓަރު އަމީރު އަދި ފޮރިން މިނިސްޓަރު ޝާހިދު

މި ހިނގާ 2020 ވަނަ އަހަރު ފެށުނު ފަހުން ބޭރުގެ އެކި ފަރާތްތަކުން 3.2 ބިލިއަން ރުފިޔާ ނޫނީ 209885087.22 ޑޮލަރުގެ ލޯނު ސަރުކާރުން ނަގައިފިއެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 1 ޖެނުއަރީ 2020 އިން ފެށިގެން 3 އޯގަސްޓުގެ 2020 ގެ ނިޔަލަށް ސަރުކާރުން ވަނީ ބޭރުގެ ބޭންކު ތަކުންނާއި، މާލީ އިދާރާ ތަކުން 209885087.22 ޑޮލަރުގެ ލޯނު ނަގާފައެވެ. މިއަހަރުގެ މިހާތަނަށް 7 ފަރާތަކުން ރާއްޖެއަށް ލޯނު ދީފައިވާއިރު އެންމެ ބޮޑު ލޯނެއް ދީފައިވަނީ އޯޕެކް ފަންޑް ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް އިންނެވެ.

އެ ފަންޑުން ވަނީ ރަށްރަށުގެ ބަނދު ހެދުމަށާއި ނަރުދަމާގެ މަސައްކަތްތަކަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދީފައެވެ. މީގެ އިތުރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމެންޓުން ވެސް ވަނީ 25 މިލިއަން ޑޮލަރުގެ ދެ ލޯނު ދީފައެވެ. އެއީ ގެދޮރު ވެރިކަމާއި ގުޅޭ މަޝްރޫއުތައް ހިންގުމަށާއި މަސްވެރިކަމާއި ގުޅޭ މަޝްރޫއުތަކެއް ހިންގުމަށް ދިން ދެ ލޯނެވެ. އެ ދެ ލޯނަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ދިން ލޯނުތަކެކެވެ.

މީގެ އިތުރުން ސަރުކާރުން ވަނީ ކޮވިޑު-19 އާއި ގުޅިގެންވެސް ގިނަ އަދަދަކަށް ލޯނު ނަގާފައެވެ. މިގޮތުން އެކި އިދާރާތަކުން ކޮވިޑު-19 އާއި ގުޅިގެން 86884809.25 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ނަގާފައިވެއެެވެ. 

ބޭރުގެ ފަރާތްތަކުން މިއަހަރު 3.2 ބިލިއަން ރުފިޔާ ނަގާފައިވާއިރު އެތެރޭގެ ދަރަނިވެސް ވަނީ މިހާރު ވަރަށް ބޮޑަށް އިތުރުވެފައެވެ. މިގޮތުން 30 ޖޫން ގެ ނިޔަލަށް ޓީބޮންޑާއި، ޓީބިލް އަދި އިސްލާމިކް އިންސްޓްރޫމެންޓްސް ތަކާއި އެކު ޖުމްލަ 34.9 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތެވެ. 

ކޮވިޑު-19 އާއި ގުޅިގެން ސަރުކާރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދުކުރި އިރު އަދިވެސް ކޮވިޑު-19 ގެ ހާލަތު ރަނގަޅު ނުވާކަން ފާހަގަކޮށްލެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަޒްރާ
ކަލޯ ޝާޑް 1 މިލިއަން އެހީހޯދަން ކަލޭ 2 މިލިއަން ޚަރަދުކުރޭ ކހިނެތްތަ؟ސަރުކާރު ހިންގާނީ ބުނެބަލަ