އެއް މަހުގެ ތުއްތުކުއްޖަކަށް ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި އެޑުމިޓުކޮށްފި

އައިޝަތު ހަނާ 4 އޯގަސްޓު 2020 13:05
Flowers
އެއް މަހުގެ ތުއްތުކުއްޖެއް ކޮވިޑް-19 ޖެހިގެން އެޑުމިޓުކުރީ އައިޖީއެމްއެޗުގައި

އެއް މަހުގެ ތުއްތުކުއްޖަކަށް ކޮވިޑް-19 ބަލިޖެހި ފަރުވާދިނުމަށް ހަސްފަތާލުގައި އެޑުމިޓުކޮށްފިއެވެ. އެކުއްޖާ އެޑުމިޓުކޮށްފައިވަނީ ހުން ގަދަވުމުގެ ސަބަބުންނެވެ. 

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ތުއްތުކުއްޖާ އެޑުމިޓުކޮށްފައިވާކަން ހާމަކުރެއްވީ އެހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ.އަޙްމަދު ފައިޞަލެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ބަލިޖެހިގެން 1 މަހުގެ ތުއްތުކުއްޖެއް އެޑްމިޓުކޮށްފައިވާ ކަމުގައެވެ. އެކުއްޖާވަނީ ވަރަށް ބޮޑަށް ހުން އައިސްފައި ކަމުގައިވެސް ޑރ.ފައިސަލު ވިދާޅުވިއެވެ. 

އޭގެ އިތުރަށް އެކުއްޖާއަށް ރަނގަޅަށް ގާތުން ކިރު ނުދެވުމާއި، ޑިހައިޑްރޭޓުވުމުގެ މައްސަލަ މެދުވެރިވެފައިވާ ކަމުގައިވެސް ޑރ.ފައިސަލް ފާހަގަކުރެއްވިއެވެ. 

މީގެ ކުރިންވެސް ވަރަށް ގިނަ ކުޑަކުދިން މިބައްޔަށް ރާއްޖެއިން ޕޮޒިޓިވްވެ ފަރުވާދީފައިވެއެވެ. އެގޮތުން ދޮޅު މަހުގެ ކުއްޖަކަށްވެސް ބަލިޖެހި ފަރުވާދީފައިވެއެވެ. މިބައްޔަކީ ޚާއްޞަ ފަރުވާއެއް ހޯދިފައި ނެތް ބައްޔެއް ކަމުން ފަރުވާކުރަނީ ބަލިމީހާ ކިބައިން ފާޅުވާ އަލާމާތްތަކަށެވެ. 

ޑރ.ފައިޞަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެއިން ބަލި ޖެހުނު ކުދިންގެ ތެރެއިން ގިނަ ކުދިންގެ އަލާމާތްތައް ފެންނަނީ ޓެސްޓުކުރާ ފަހުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވާ ކުދިންގެ ތެރެއިން 30 އިންސައްތަ ކުދިންގެ ކިބައިން އެއްވެސް އަލާމާތެއް ނުފެނެއެވެ. 

ކިޔުންތެރިންގެ ހިޔާލު