Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސްކޫލްތައް ބަންދުކުރުމުގެ އަސަރު ޖީލުތަކަކަށް ދެމިގެން ދާނެ: ޔޫއެން

ކޮވިޑު-19 އާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު އެކަމުގެ ނޭދެވޭ އަސަރު ޖީލުތަކަކަށް ދެމިގެންދާނެކަމަށް އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެޒް ވިދާޅުވެއްޖެއެވެ.
ގުޓެރެެޒް ވިދާޅުވި ގޮތުގައި ކޮވިޑު-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރަން ޖެހުމަކީ ފަހުގެ ތާރީހެއްގައި ތައުލީމު ހޯދުމަށް މިހާ ބޮޑަށް ބުރޫއެރި ފުރަތަމަ ފަހަރުކަމަށެވެ. މިގޮތުން 160 ޤައުމެއްގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު، ބިލިއަނަކަށްވުރެ ގިނަ ދަރިވަރުންނަށް ވަނީ ތައުލީމުގެ ދޮރު ބަންދުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
40 މިލިއަނަށްވުރެ ގިނަ ކުޑަކުދިންނަށް ފަށާ ތައުލީމު އުނގެނުމުން މަހްރޫމް ވާނެ ކަމަށެެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ އަސަރު ގިނަ ޖީލުތަކަކަށް ދެމިގެންދާނެއެވެ.ގުޓެރެޒް ވަނީ، ވީހާވެސް އަވަހަކަށް ސްކޫލްތައް ހުޅުވޭތޯ މަސައްކަތް ކުރުމަށް ސަރުކާރުތަކަށް ގޮވާލާފައެވެ.
ކޮވިޑު-19 އާއި ގުޅިގެން ދިވެހިރާއްޖެގެ ސްކޫލްތައް ވެސް ގިނަ ދުވަހު ބަންދުކޮށްފައިއޮތެވެ. ޖުލައި 1 ގައި ސްކޫލްތައް ހުޅުވުމަށްފަހު އަނެއްކާވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.
މި ލިއުމާއި ގުޅޭ