ކަރަންޓީނަށް ފިލައިގެން އުޅޭ މެމްބަރު ޝިފާއުގެ ކޮއްކޮ ހޯދަނީ

މަރިޔަމް ލީނާ 3 އޯގަސްޓު 2020 20:58
Flowers
މެމްބަރު ޝިފާއު

ކަރަންޓީނުގައި ހުއްޓާ، ފިލައިގެން އުޅޭތީ ހއ.އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ ކޮއްކޮ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ކުރަމުން އެބަގެންދެއެވެ.

ޝިފާއުގެ ކޮއްކޮ ކަރަންޓީނުން ފިލާފައިވަނީ އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސްފައި ހުއްޓާ ކަމަށް މައުލޫމާތު ލިބެއެވެ. 

އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަދި ފެނިފައިނުވެއެވެ.

މެމްބަރު ޝިފާއު އަކީ ކޮވިޑު-19 އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށް ބުނެ މަޖިލީހުގައި ވާހަކަ ދެއްކެވި މެމްބަރެއްކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު
ނަޖުދާ
ޕްރޮފެސަރގެ ކޮއްކޮ ފިލާވަޑައިގަތީ! ކެކެކެ
އަހުމަދު
އެސޮރު ކުށްވެރިއެއް ނުވާނެ އޯކޭ އެއްނު