ހުޅުމާލޭގައި ގެނބިގެން ނިޔާވި ޒުވާނާ ކޮވިޑަށް ޕޮޒިޓިވް!

އިބްރާހިމް އާދަމް 3 އޯގަސްޓު 2020 19:57
Flowers

މިއަދު މެންދުރު ހުޅުމާލޭ މޫދަށް އެރިގެން އުޅެނިކޮށް ނިޔާވި ޒުވާނާ ކޮވިޑު-19 އަށް ޕޮޒިޓިވް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ކ.ތުލުސްދޫ ބީޗުވިލާ ރިމާޒް އަބްދުލް މުހްސިން 27 މިއަދު ނިޔާވީ މެންދުރު ގަޑީގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެންނެވެ. އޭނާ ނިޔާވުމުން ކޮވިޑު-19 އަށް ޓެސްޓު ކުރިއިރު އޭނާ ވަނީ އެ ބައްޔަށްވެސް ޕޮޒިޓިވްވެފައެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރިމާޒް އަކީ ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ދޯންޏެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އަދި އޭނާ މޫދަށް ފައިބައިގެން އުޅެނިކޮށް އަކުނިވަޔަށް ދަމައިގެން ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް ނިޔާވި ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ވަނީ މި ހާދިސާއާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު