ލަފާކުރި ވަރާއި ގާތަށްވެސް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ނުކުރޭ!

އައިޝަތު ހަނާ 3 އޯގަސްޓު 2020 17:53
Flowers
ރައީސް ސޯލިހް

ކޮވިޑު-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލުމުން ސަރުކާރުން ލަފާކުރި ވަރާއި ގާތަށްވެސް ފަތުރުވެރިން ނާންނަކަން ހާމަވެއްޖެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ފާއިތުވި ޖުލައި މަހު ރާއްޖެއަށް ޖުމްލަ އައިސްފައިވަނީ 1769 ފަތުރުވެރިންނެވެ. އެއީ ދުވާލެއްގެ މައްޗަށް 110 ފަތުރުވެރިންނެވެ. އާންމު ގޮތެއްގައި ރާއްޖެއަށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. 

ފާއިތުވި މަހު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖުލައި 30 ގައެވެ. އެދުވަހު 218 ފަތުރުވެރިން އައިސްފައިވާއިރު އެންމެ މަދުން އައިސްފައިވަނީ ޖުލައި 22 ގައެވެ. އެދުވަހު އައިސްފައިވަނީ 32 ފަތުރުވެރިންނެވެ. 

އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިނގިރޭސިވިލާތާއި، އެމެރިކާ، ޔޫއޭއީ އަދި ޖަރުމަނުންނެވެ. މީގެ އިތުރުން ޔޫރަޕުގެ އެހެން ޤައުމުތައް ކަމަށްވާ ސްޕެއިން، ސްވިޒަލޭންޑު، އިޓަލީ އަދި ފްރާންސުންވެސް ފަތުރިވެރިން އައިސްފައިވެއެވެ. 

އާންމު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޗައިނާއިން އެއްވެސް ފަތުރުވެރިއަކު އައިކަން އެނގޭކަށް ނެތެވެ. ޗައިނާއާއި ރާއްޖެއާއި ދެމެދު އަދި ދަތުރުކުރަން ފަށާފައިނުވެއެވެ. 

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް މުޅިއެކު 850،000 ފަތުރުވެރިން ގެނައުމެވެ. ބޯޑަރު ބަންދުކުރި އިރު ރާއްޖެއަށް އައިސްފައިވަނީ ގާތް ގަނޑަކަށް 400،000 ފަތުރުވެރިންނެވެ. އަހަރު ނިމޭއިރު 850،000 ފަތުރުވެރިން ހަމަކުރަން ބޭނުން ނަމަ ދުވާލެއްގެ މައްޗަށް 3000 އަށްވުރެ ގިނަ ފަތުރުވެރިން ކުރިއަށް އޮތް ދުވަސްތަކުގައި އަންނަން ޖެހޭނެއެވެ. 

ކިޔުންތެރިންގެ ހިޔާލު
އަވަސްކުރޭ
މިދިޔަ މަހު ރާއްޖެ އައީ 1،769 ޓޫރިސްޓުން ނަމަ ދެން މިއިން އެގިގެން ދަނީ މިރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރުމަށް ޓަކައި ހަމަ އެކަނި ގެސްޓުން އައިސްގެން އެކަން ކުރަން ސަރުކާރުން ބޭނުން ނަމަ ރާއްޖޭގެ އިގްތިސާދު ވާނީ ބޭންކްރަޕްޓް ކަން ބަދަލުގައި ސަރުކާރުގެ ކިބައިގައި ހުރި ހަގީގަތް ގަބޫލުނުކުރާ އުސޫލު ދޫކޮށްލާ ހިޔަންޏަށް މުޑި ނަގައިގެން ތިމާވެއްޓޭ ކިޔައިގެން ޕްރޮޕެގެންޑާ ނުފަތުރާ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެފަޅު ތަކުން ގޯތި ވިއްކަން ފަށަންވީއޭ 2 ހާސް އަކަފޫޓްގެ ގޯއްޗެއް ދެލައްކަ އަށް ވިއްކާލާނީ 4 ހާސް އަކަފޫޓްގެ ގޯއްޗެއް 4 ލައްކަ އަށް ވިއްކާލާނީ 8 ހާސް އަކަފޫޓްގެ ގޯއްޗެއް 6 ލައްކަ އަށް ވިއްކާލާނީ 10 ހާސް އަކަފޫޓްގެ ގޯއްޗެއް 1 މިލިއަނަށް ވިއްކާލާނީ ނަގުދު ކޭޝް ދޭ މީހުންނަށް ގޯތި ތައް ވިއްކާލާނީއޭ މިހާރުން މިހާރަށް ތިލަފުށި ފަޅު ހިއްކާ ގޯތި ވިއްކަން ފަށަންވީއޭ އެމްޓީސީސީ އަށް ދީގެން ތިލަފުށި ހިއްކަން ފަށަންވީއޭ...
ބަލަންވީއޭ
ރާއްޖެ ބޯޑަރު ހުޅުވި ދުވަހު ވެސް މަމެން ބުނިން ދެން ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެއޭ ކުރިން އައި ގޮތަށް އެއީ ވާނެ ކަމެއް ނޫނޭ ޓޫރިޒަމް ބަދަލުގައި އިންޑަސްޓްރިއަލް ވިޔަފާރި އާއި ރިއަލް އެސްޓޭޓް ވިޔަފާރި އާއި ދިމާލަށް ސަރުކާރުން މިސްރާބު ޖަހަން ޖެހޭ ވަގުތު މިހާރު މިއޮތީ އައިސްޖެހިފައޭ އެގޮތުން މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅެއް ހިއްކާ އެފަޅު ތަކުން ބިންތައް ވިއްކަން ސަރުކާރުން ފަށަންވީ ފުރަތަމަ ފޭދޫ ފިނޮޅު އިރުން އޮތް ބޮޑު ވިލު ހިއްކާލާ އެތަނުން ދިރިއުޅުމަށާއި އިންޑަސްޓްރިއަލް މަސައްކަތަށް ގޯތި ވިއްކަންވީއޭ އެއީއޭ ދެން ސަރުކާރުން ފަށަންވީ ޕްރޮޖެކްޓްސް ތަކަކީ...
ދޭންވީއޭ
ބޯރޑަރު ހުޅުވާލި ދުވަހު ވެސް މަމެން ބުނިން ސަރުކާރުން އަންދާސާ ކުރާވަރާއި ގާތަށް ވެސް ރާއްޖެ އަށް ޓޫރިސްޓުން ނާންނާނެއޭ އަންނަ އަހަރު ވެސް ރާއްޖެ އަށް ނާންނާނެ ގެސްޓުން ދެން ދުނިޔޭގައި ޓޫރިޒަމް ނުހިނގާނެ ކުރިން ހިނގި ގޮތަށް އަދި އެހާ ބޮޑު އަގުގައި ރޫމްސް ތައް ވެސް ނުވިއްކޭނެއޭ ކުރިއަށް އޮތް 10 އަހަރުވަންދެން ބަދަލުގައި ސަރުކާރުން މާލެ ސަރަހައްދުގެ ފަޅު ތައް ހިއްކާ އިންޑަސްޓްރިއަލް މަސައްކަތަށް ބިންދޭންވީ ދިވެހިންނަަށް ވެސް ބޭރު މީހުންނަށް ވެސް ދޭންވީއޭ ބޭރުމީހުންނަށް ދޭނީ ވަރަށް ބޮޑެތި ފަޅު ތަކުން ހިއްކާ ބޮޑެތި ބިން ތައް މިސާލަކަށް 1 ކިލޯ މީޓަރު ދިގު އަދި 1 ކިލޯ މީޓަރު ފުޅާ ބިންތައް 100 އަހަރަށް ކުއްޔަށް ދޭނީ އަކަމީޓަރަކަށް މަހަކު 1 ޑޮލަރު ސަރުކާރަށް ދައްކާ ގޮތަށް...
އެބަޖެހޭ
ރާއްޖޭގެ އިގްތިސާދު ޓޫރިޒަމް އަށް ކުރާ ބަރޯސާ ބަދަލު ކުރަން އެބަޖެހޭ އެގޮތުން އެބަޖެހޭ މާލެ އިން ފެށިގެން 10 ކިލޯމީޓަރުގެ ރޭޑިއަސް އެއް އަޅާ އެ ރޭޑިއަސް ތެރޭގައި މިހާރު ކުއްޔަށް ނުދީ ހުރި ފަޅު ތައް ހިއްކާ އެތަނުން ބިން ތައް ކުޑަ އަގުގައި ކޮންމެ މަހަކު ސަރުކާރުން 2 ހާސް އަކަފޫޓްގެ 10 ހާސް ބިން ވިއްކަން ފަށަން ބިމެއް 2 ލައްކަ ރުފިޔާ އަށް އެއިރުން ޔަގީން މީގެ ސަބަބުން ރާއްޖެ އިންޑަސްޓްރިއަލް ކަންޓްރީ އަކަށް ބަދަލުވެގެން ދާނެއޭ ސަރުކާރުން އެބަޖެހޭ މިކަން ކުރަން އެބަޖެހޭ...
އެބަޖެހޭ
މިއަހަރު ވެސް ރާއްޖެ އަށް އަންނަ ޓޫރިސްޓުން މަދުވާނެ އަދި ކުރިއަށް އޮތް 10 އަހަރު އަންނަ ވަރުވެސް މަދުވާނެއޭ ކޮވިޑްގެ ސަބަބުން ކުރިއަށް އޮތް 10 އަހަރު ދުވަހު ޓޫރިސްޓުން އެއް ގައުމުން އަނެއް ގައުމަށް ދަތުރު ނުކުރާނެއޭ ސަބަބަކީ މިބަލީގެ ބިރު އިންސާނުންގެ ހިތުން ފިލައިގެން ދާން އެވަރަށް ވަގުތު ނަގާނެއޭ ސަރުކާރުން އެބަޖެހޭ ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރަން ރިއަލް އެސްޓޭޓް އުސޫލުން މާލެ ސަރަހައްދުން ބިން ވިއްކުމުގެ ވިޔަފާރި އަށް...
ބަދަލުކުރޭ
ދައުލަތުގެ ބަޖެޓަށް އެބަޖެހޭ ރާއްޖެ އަށް ގެސްޓުން އަޔަސް އަދި ނައި ނަމަވެސް ހުއްޓުމެއް ނެތި މަހަކު 100 ބިލިއަން ރުފިޔާ ވަންނަން ޓެކްސް ފިޔަވައި އެކަން ކުރުމަށް ޓަކައި ފުށި ދިއްގަރު ފަޅު އެއްކޮށް ހިއްކާލާ އެތަނުން ކުއްޔަށް ދޭންވީ 100 ބިލިއަން އަކަފޫޓް އަކަފޫޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް 200 އަހަރުން ކުލި ހަމަވާނެ އުސޫލުން އެއިރުން ސަރުކާރު އޮޕަރޭޓް ކުރާނެ ފައިސާ ހަމަ އެކަނި ފުށިދިއްގަރު ފަޅުން ލިބޭނެއޭ މިއުސޫލުން ސަރުކާރުގެ ވިސްނުން
ހިސެން
ކުނިއަޅައިގެން ހިއްކާފައޮތް ތަނެއް ދެބުރިއައް ރަނގަޅު ފައުންޑޭސަނެއް ނޭޅެތަނެއް ނަރުދަމާގެ ނިޒާމެއްނެތް ތިލަފުށީގެ ބިން 3ރ އަކަފޫޓެއް ހުއްޓަ 15ރ އައްއަކަފޫޓެއް ބޮޑު ކުރީ 2019 އިބޫ ހަވާލު ވެފަ. ދެން ހުވަފެނުގަވެސް ފުށިދިއްގަރު ކަހަލަތަނެއް ހިއްކިއްޖެޔާ 1ރ އަކަފޫޓެއް ދީގެން މިސަރުކާރައް ލޮލުފިޔަ ޖެހޭނެތަ. ފެލުމާ ވައްކަމުގެ މާމުލި ވަގުން މިހާރު ބާރުގަ މިތިބީ. އިންތިހާބަކާ ދިމާކޮއް އާންމު އުސޫލުން ފަލްސަފާތެރޭން އަޅުވާ އަނދުނަކައް ތިކަހަލަ އިސްތިހާރެއް ކޮއްފާނެ.
އެބަޖެހޭ
ސަރުކާރުން އެބަޖެހޭ މާލެ ސަރަހައްދުގައި ވިޔަފާރި ތައް ފުޅާ ކުރަން ތިލަފުށި ހިއްކާ ތިލަފުށިން މާލެ ސަރަހައްްދުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ ކުންފުންނަކަށް 5 ހާސް އަކަފޫޓްގެ ގޯއްޗެއް އަކަފޫަޓަކަށް މަހަކު 1 ރުފިޔާ ސަރުކާރަށް 100 އަހަރު ވަން ދެން ކުއްޔަށް ބަދަލެއް ނާންނަ އުސޫލުން 100 އަހަރަށް އެފަދަ ބިން ތައް ދޫކޮށްލަން މާލެ ސަރަހައްދުގެ ވިޔަފާރިވެރިންނަށް ކޮމާރޝަލް މަސައްކަތް ތައް ކުރުމަށް އެއިރަށް ވެސް ރާއްޖޭގެ އިގްތިސާދު ހިންދެމިލާނެއޭ ޔަގީން ހިންދެމިލާނެކަން...
ޖައްސާތި
ރާއްޖޭގެ އިގްތިސާދު ރިކަވަރ ކުރަން މިސަރުކާރުން އުޅެނީ ހަމަ އެކަނި ރިސޯރޓްސް ތަކަށް ގެސްޓުން ގެނެސްގެން ކަމަށްވާނަމަ އެކަން ކާމިޔާބު ނުވާނެއޭ މީއޭ ސަރުކާރަށް ލިބޭނެ ރަނުގެ ފުރުސަތަކީ އިގްތިސާދު ޑައިވަރސިފައި ކުރަން އެގޮތުން މާލެ ސަރަހައްދު ގާފަރު ފަޅު އެއްކޮށް ހިއްކާލަންވީއޭ އެމްޓީސީސީ އަށް ދީގެން އެމްޓީސީސީ އަށް ލޯން ދޫކުރާނީ ބީއެމްއެލް އިން ބީއެމްއެލް އަށް ސޮވެރިންގް ގެރެންޓީ ދޭނީ ސަރުކާރުން އެމްޓީސީސީން އެފަޅު އެއްކޮށް ހިއްކުމަށް ފަހު ބިން ތައް ވިއްކާނީއޭ ކުޑަ އަގުގައި މާލެ ސަރަހައްދުގެ ވިޔަފާރި ކުންފުނި ތަކަށް އެއިރުން އެބިން ތަކުގައި ދަނޑުގޮވާން ކުރުމާއި އަދި އިންޑަސްޓްރިއަލް މަސައްކަތް ތައް ވެސް ކުރާނެއޭ ވިޔަފާރި ވެރިން...
ނަޖުދާ
އަދި މާމަދު. އިތުރު ދިހަ ބާރަ ކޮމެންޓް ލިޔޭ އެކި ނަމުގަ.
ކިނބޫ
ކަލޯ ބުނި ބޫމް ކޮބާ! ކެކެ އެދުވަހު މާ އުންމީދީ ސްޕީޗެކޯ ދިނީ. ޕީއެސްއެމް ހީވީ ރައްޔިތުން ގޮވައިގެން އުދުއްސައިގަންނަން އުޅުނުހެން. ސޮރަކު އަރާ ފޮނިކެނޑިއިރު މަ ހަމަ ހީނހީނ. ހިތަށް އެރި މޮޔަ ސޮރު މިހިރީ އެބުނި ބޫމް އަކަށް ލައްކަ ކުޅު ދިޔައިވެފަތާއޭ. އެކުދިންގެ ބޯ ކެވުނަސް އަހަރުން ބޮލެއް ނުކެވޭނެ އިނގޭ. ވާނުވާއަކު ނޫން މިތިބީއަކީ.