ޖުލައި މަހުގެ ކަރަންޓު ބިލުން ސަބްސިޑީ އުނިކުރުން މުރާޖަޢާކުރައްވާ: ޣައްސާން

ޙުސައިން އަފްޝަން 2 އޯގަސްޓު 2020 21:42
Flowers
ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު މުޙައްމަދު ޣައްސާން މައުމޫން

ޖުލައި މަހުގެ ފެނާއި ކަރަންޓު ބިލުން ސަބްސިޑީ އުނިކުރުމަށް ސްޓެލްކޯއާއި ފެނެކާއިން ނިންމި ނިންމުމާމެދު އަލުން ވިސްނައި އެނިންމުން މުރާޖަޢާކޮށްދިނުމަށް އެދެކުންފުނީގެ ކިބައިން ރައްޔިތުން މަޖިލިހުގެ ގުރައިދޫ ދާއިރާ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބުލީޑަރު މުޙައްމަދު ޣައްސާން މައުމޫން އެދިވަޑައިގެންފިއެވެ.

ޣައްސާން މިފަދައިން އެދިވަޑައިގަތީ ކޮވިޑް-19ގެ ހާލަތަށް މިހާރު އައިސްފައިވާ ބަދަލުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން މިހާރުގެ ޙާލަތަށް ރިއާޔަތްކުރައްވައި ޣައްސާން ވިދާޅުވީ ކޮވިޑް-19 ފެތުރުން ހަންމަތަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނަކުރުމަށް އިސްކަން ދޭންޖެހޭ ކަމުގައެެވެ.

މިފަދައިން ޣައްސާން ވިދާޅުވިއިރު ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100 އަށްވުރެ ގިނަ މީހުންދަނީ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އަދި ބަލިޖެހިގެން ހަސްފަތާލުގައި އެދުމަތިކޮށް ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ޣައްސާން ވިދާޅުވީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަންފީޒުކުރުން ހަރުދަނާކޮށް ހަރުކަށިކުރުމަކީ އިސްކަންދޭންޖެހޭ ކަމަކަމަށްވުމާއެކު، މީހުންގެ ދިރިއުޅުމަށް އިޤުތިޞާދީ ހީނަރުކަމުން ފޯރާ އަސަރުތަކާމެދު ސަރުކާރުން ސަމާލުވެ އެކަމަށް ވިސްނުން ބަހައްޓަންޖެހޭ ކަމުގައެވެ.

އެގޮތުން މީހަރުވެސް ވަރަށް ގިނަ ބަޔަކު ތިބީ ދަތި ހާލަތުގައި ކަން ފާހަގަކުރައްވަމުން ޣައްސާން ސްޓެލްކޯއާއި ފެނަކާ ކިބައިން އެދިވަޑައިގަތީ ޖުލައި މަހުގެ ބިލުތަކުން ސަބްސިޑީ އުނިކުރުމަށް ނިންމި ނިންމުން މުޠާލިޢާކޮށް މުރާޖަޢާކުރުމަށެވެ.

ފަތުރުވެރިކަން ރަނގަޅަށް ފަށައިނުގަނެވި ފަތުރުވެރިން އަންނަ މިންވަރު އިތުރުވެފައިނުވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދު އަދިވެސް ފެންނަނީ ވަރަށް ހީނަރުކޮށެވެ. ގިނަ ބަޔަކަށް އާމްދަނީ ލިބޭނެ މަގުތައްވަނި އަދިވެސް ބަންދުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ޔަގީނޭ
ދެއަހަރު ދުވަސް ވެގެން ދާއިރު ކުރީ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްސް ތައް ރައީސް އިބޫގެ ސަރުކާރުން ރޯ ބުހުތާނު ދޮގު ތިޔާ ކަނޑުކޮސް ފްލެޓް ކޮމެޓީން ރައްޔިތުންނަށް ހަދާ ފްލެޓްސް ތަކުގެ ފޯރމްސް ތައް ހުރީ ބިންމައްޗަށް އުކާފައޭ ކިޔާ ފޭކް ފޮޓޯ ތަކެއް ދައްކައިގެން ކުރީ ސަރުކާރާއި ރައްޔިތުންނާއި ޖައްސަން ވެގެން އެމެން ވެރިކަމަށް އައިސް ކުރި ކަނޑުކޮސް ކަންކަމުގެ ސަބަބުން ތަމެންގެ ވެރިކަމުގައި ތަމެންނަށް އެޅޭނެ ފްލެޓެއްވެސް ނުހުންނާނެ ތަމެން ވެސް ވާނީ ފެއިލް ކަން އެއީ ޔަގީން ކަމެކޭ...