އިދިކޮޅު މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝްގެ މައްޗަށް ދަޢުވާކުރަނީ

އިބްރާހިމް އާދަމް 2 އޯގަސްޓު 2020 20:01
Flowers

އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން ފާއިތުވި ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު މާލޭގެ މަޖީދީމަގާއި ޗާންދަނީ މަގާއި ގުޅުނު ކަންމަތީގައި ބޭއްވި މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު އަޙްމަދު ނަރީޝްގެ މައްޗަށް ގިނަ ޖިނާއީ ތުހުމަތުތަކެއްކޮށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފުލުހުން ނިންމާފައިވާކަމަށް އަޙްމަދު ނަރީޝްގެ ވަކީލު "ދިޔަރެސް" ނޫހަށް މަޢުލޫމާތު ދެއްވައިފިއެވެ.

"ދިޔަރެސް" އަށް މަޢުލޫމާތު ދެއްވަމުން އަޙްމަދު ނަރީޝްގެ ޤާނޫނީ ވަކީލް އާދަމް އާޞިފް ވިދާޅުވި ގޮތުގައި، ފުލުހުން އަޙްމަދު ނަރީޝްގެ މައްޗަށް އެއްވެ އުޅުމުގެ ޤާނޫނާއި ޙިލާފްވުމާއި އަދި ޤާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) އާއި 533 ގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޛުކުރާ މުއައްޒަފަކަށް ހުރަސްއަޅައި ދަތިކުރުމުގެ ތުހުމަތު ކޮށްފައިވެއެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި ޢާއްމު ސިއްހަތުގެ ކުއްލި ހާލަތު އިޢުލާން ކޮށްފައިވަނިކޮށް އާއްމު ތަންތަނަށް މީހުން އެއްވެ އުޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީއިން އަންގާފައިވާ އެންގުންތަކާއި ޚިލާފަށް އިޖުތިމާއީ ގައިދުރުކުރުމާއި މާސްކު އެޅުމެއްނެތި އާއްމުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް މިމައްސަލާގައި އަހްމަދު ނަރީޝް ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވި މުއްދަތު މަޖިލީހުގައި ޤާޟީ ފުލުހުންނާ ސުވާލުކުރުމުން އަހްމަދު ނަރީޝް މުޒާހަރާގައި ހަރަކާތްތެރިވީ މާސްކު އަޅައިގެން ކަމަށް ބުނެފައިވާކަން ވަކީލު ފާހަގަކުރިއެވެ.

އަހްމަދު ނަރީޝްގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާއި ގުޅިގެން ދަޢުވާކުރަން ނިންމިއިރު ދާދިފަހުން ގައިދުރުކަމެއްނެތި މާސްކުނާޅާ މާލޭގައި އެކިކަންކަމާއި ގުޅިގެން ތަފާތު އެއްވުންތަން ބާއްވާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެފަދަ އެއްވެސް މުޒާހަރާއަކާއި ގުޅިގެން އެޗްޕީއޭގެ އެންގުންތަކާއި ގައިޑްލައިންތަކާ ހިލާފުވިކަމަށް ތުހުމަތުކޮށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވެއެވެ. ހަމައެއާއިއެކު ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ އެއްވެ އުޅުމުގެ ޤާނޫނު އުވާލުމަށް ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙް ވަޢުދުވިނަމަވެސް މިއަދާއިހަމައަށް އައިއިރުވެސް އެޤާނޫނު މަޖިލީހުގައި ޕާކްކޮށްފައި ބާއްވައިގެން ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެއުޅުމުގެ ޙައްޤަށް މިސަރުކާރުން ހުރަސް އަޅަމުން ގެންދާކަމަށް އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މިއަދުގެ ތަޙްޤީޤްގައި އަހްމަދު ނަރީޝްއާ ފުލުހުން ސުވާލުކުރުމުން ރައީސް ޞާލިޙް މީގެ ކުރިން އެއްވެ އުޅުމުގެ ޤާނޫނަށް ޢަމަލުކުރަން ނުޖެހޭނެކަމަށް ބުނެފައިވާތީ، އެމަނިކުފާނު ވިދާޅުވި ބަސްފުޅާއި އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން މުޒާހަރާގައި ބައިވެރިވީކަމަށް އަޙްމަދު ނަރީޝް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު
އިސްތިއުފާ
ފްލެޓް ލިސްޓުތައް ޖުލައި ނިމުނުއިރު ވެސް އިއުލާން ނުކުރެވުން އެއީ މިސަރުކާރަކީ ރައްޔިތުންނަށް އޯގާތެރި ސަރުކާރެއް ނޫން ކަން ދޭހަ ކޮށްދޭ އަލިގަދަ ދަލީލު ތަކޭ ކަން މިހެން ހުުރުމުން ފްލެޓް ކޮމެޓީ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ާަިއާަަަަޮޮޮޮޯވޒނ
އއއަވަސް ކުރަންވީ ތިކަން
ދާނެއޭ
ޖުލައި މަސް ނިމުނު އިރު ވެސް ހިޔާ ފްލެޓްސް ތައް ލިބޭނެ ކަމަށް ކުރިން އިއުލާން ކޮށްފައި ތިބި މީހުންގެ ލިސްޓަށް ބަދަލު ގެނެސްފިނަމަ ތިޔާ ފްލެޓްސް ތައް ލިބުނު ކަމުގެ ލިޔުން ލިބުނު މީހުންގެ ފަހަތަށް ވަންނާނެ އިދިކޮޅު ސިޔާސީ ލީޑަރުން ނަތީޖާ އަކީ ކޯޓްގެ ވަގުތީ އަމުރު ފުލުފުލުގައި ނެރެން ކޯޓަށް ތިޔާ މައްސަލަ ތައް ރައްޔިތުންނާއި އަދި ސިޔާސީ ލީޑަރުން ވައްދަން ފެށުމުން އޭގެ ސަބަބުން ސަރުކާރަށް ސިޔާސީ ގޮތުން ވަރަށް ބޮޑު ގެއްލުން ލިބި ރައްޔިތުންގެ ތާއީދު އެއްކޮށް ނެތިގެންދާނެއޭ...
ތަމެންދޯ
ޖުލައި މަސް ނިމުނުއިރު ވެސް ހިޔާ ފްލެޓްސް ތައް ލިބޭނެ މީހުންގެ ލިސްޓް ނެެރުން ލަސްވެ ދެން ލިސްޓް ނެރޭއިރު އޭގައި ތިބޭނީ އިންޑިއާ މީހުންނަށް ގިނައިން ފްލެޓްސް ތައް ލިބިފައި ދެން މަޖްލީހުގެ ރައީސް ނިކުމެ ބުނާނީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކަލަށް ޓަކައި އިންޑިއާ މީހުންނަށް ރާއްޖޭގެ ހުޅުލެ ކަނޑުގައި ހިއްކާފައި އޮތް ހުޅުމާލެ ދޭއްގެ ހިޔާ ފްލެޓްސް ތައް އިންޑިއާ މީހުންނަށް ހިބައިން ދިނުން އެއީ މިސަރަހައްދު ކިއެއްކުރަން ދުނިޔޭގެ ވެސް ހަމަޖެހުމަށް ކުރަން ޖެހޭނެ ކަމެކޭ...
ކޮހުންނޭ
ތިޔާ ފްލެޓް ގޮތަށް މިސަރުކާރުން އެއްވެސް ސަބަބެއް އޮވެގެން ނޫން ނަސަންދުރައިގައި ރާއްޖޭގެ ވިޔަފާރި ކުންފުންނަކުން ކުރަމުން އަންނަ ބޮޑު އިންވެސްޓްމެންޓެއް ހުއްޓުވާލީ އެއީ ވެސް ހަމަ ކުރީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަދަ ހަދައިގެން ދެއްކި ވާހަކަ އެއް އެވަރުގެ ބޮޑު އިންވެސްޓްމެންޓަކަށް ލޮޅުން އަންނާނެ ގޮތަށް ފުރަތަމަ އަލީ ވަހީދު ވާހަކަ ދެއްކުން އެއީ ބޮޑަށް ބެލެވޭނީ މިސަރުކާރުގެ ކެބިނެޓް އަކީ އިގްތިސާދުގެ އަލިފުބާވެސް ނުދަންނަ މީހުންނޭ ކަނޑުކޮހުންނޭ ކޮހުން ކޮސްގޮވަނީދޯ...
އިސްތިއުފާ
ފްލެޓް ލިސްޓުތައް ޖުލައި ނިމުނުއިރު ވެސް އިއުލާން ކުރަން ނުފެށުނީ އެއީ ހައުސިންގް މިނިސްޓަރު އަސްލަމް އަށް މިކަން މިހާރު ފްލެޓްސް ތައް ލިބޭނެ ކަން އިއުލާން ކޮށްފައިވާ މީހުން ނޫން އެހެން މީހުންނަށް ދޭންވެގެން ކަމަށް ބެލެވޭތީވެ ހައުސިންގް މިނިސްޓަރު އަސްލަމް އަށް މިކަން ކުރީ ސަރުކާރުން އިއުލާންކޮށްފައިވާ ލިސްޓާއި އެއްގޮތަށް ފްލެޓްސް ތައް ނުދެވޭނަމަ އިސްތިއުފާ ދޭންވީއޭ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ
ކުރަންވީއޭ
ރައީސް އިބޫ ގެ ސަރުކާރަށް ކުރީ ސަރުކާރުން ފްލެޓްސް ތައް މާލެ ސަރަހައްދުން ދޭނެ ކަމަށް ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކޮށްފައިވާ އެކަކު ވެސް ބާކީ ނުކުރެވޭނެއޭ ހަގީގަތުގައި ރައީސް އިބޫ ރައްޔިތުންނަށް ވެފައިވާ އެންމެ ބޮޑު ވައުދަކީ އެއީ މާލެ ސަަރަހައްްދުން ފްލެޓްސް ބޭނުންވާ އެންމެނަށް މާލެ ސަރަހައްދުން އެކަށީގެންވާ ބޮޑު މިނެެއްގެ ގޯއްޗެއް ދިނުމޭ ފަރުކޮޅުފުށިން ވެސް ޖެހޭނީ ގޯތިދޭން ނުޖެހޭ އެތަން ތާރީޚީ ތަނަކަށް ހަދަން އެއީ އެއް ނޫން ހުޅުމާލެ ހިއްކި މަގްސަދަކީ...
ހިއްކާށޭ
އެމްޑީޕީގެ މެނިފެސްޓޯގެ 16 ވަނަ ސޮފްހާ ގައި ބަޔާން ކުރެވިފައި ވަނީ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެނަށް މާލެ ސަރަހައްްދުން ގޯތި ދޭނެ ކަމަށް ހުޅުމާލޭ އިރުން އޮތް ބޮޑު ފަޅު ހިއްކަންވީއޭ ގޯތި ދޭން އެއީ ސަފާރީ އަޅަން ޖެހޭ ފަޅެއް ނޫނޭ ސަފާރީ ތައް ހުޅުމާލޭ ފަޅުގައި އަޅާތީއޭ މާލެ ތެރޭގައި މިވަރަށް ރާ ގެންގުޅެނީ ހުރިހާ ރަލެއް މާލެ ތެރެއަށް އެތެރެ ކުރަނީ ހުޅުމާލޭ ފަޅު ތެރޭގައި އަޅާފައިވާ ސަފާރީސް ތަކުންނޭ މިފަޅު ރައްޔިތުންނަށް ގޯތިދޭން ހުޅުމާލެ އިރުން އޮތް ބޮޑު ފަޅު ހިއްކާލަންވީއޭ...
ކޮންދަ
ދިވެހިރާއްޖޭގެ قانون އޮތީ ރާއްޖޭގެ ތިބި މުސްލިމުންގެ މައްޗަށް ހޭ ގާނޫނު ކޮބާތަ ގާނޫނު އެބޮތްތަ ގާނޫނެ އެއް ނޯންނާނެ އޭތި އޮތް ނާނި ފައިބުޑަ އް ގޮރޮ ހަޑާ ފަ އީ ﷲގެ ރަހުމަތުން އަހަރެމެން ނަށް ނަށް ރާ އީ ކާމިޔާބު ދެއްވުން ﷲގެ ވާގިފުޅުން މާލަހެ އެއް ނުވާނެ اڜا الله العظيم واتوب اليه استغفرالله العظيم واتوب اامين اامين يارب العالمين أجمعين اامين
ޒަރުވާ
މާދީން ދަންނަ މީހަކަށް ވެގެން އުޅޭ އިރު ބަސްމަގު ރީތިކޮށްލަން ފެނޭ.ތި ދަ އްކަނީ ރީތި ނަމޫނާ އެެ އއް ނޫން.މި ނޫހަކީ ވަރަށް ކިޔާހިތުން ބަލާ ނޫހެއ އް
އައއއައއޒަރުވާ
އެކި ނަން ނަމުގަ އި މި ޕޯސްޓް އަށް ކޮމެންޓް ކުރި މީހާ އަށް ބުނެލަން އޮތީ ކޮންމެ ނަމެ އްގަ ކޮމެންޓް ކުރި އަސް ތީވަރަށް ހަމަނުޖެހޭ މީހެކޭ.ގުރަ އިދޫ އިން ގާގަ އެއއ އް ހޯދަން އުޅެގެން ނުލިބިގެން ސަރުކާރު ދެކެ ތިރުޅި އަންނަނީ. ﷲގެ އއއިރާދަފުޅުން ތިފްލެޓއްތަ އް ވެސް އޭގެ ހަ އއްގު ވެރިންނަށް ލިބިގެންދާނެ.