ޔާސިރު ޔަހްޔާ ނިޔާވެއްޖެ

މަރިޔަމް ލީނާ 2 އޯގަސްޓު 2020 17:02
Flowers

އައިޖީއެމްއެޗުގައި ސީރިއަސް ހާލުގައި އޮތް ޔަމަނުގެ ޔާސިރު ޔަހްޔާ ނިޔާވެއްޖެއެވެ.

ޔާސިރު ނިޔާވިއިރު ޔާސިރުގެ އާއިލާއިން ދިޔައީ ޔާސިރު ގެއަށް ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.

ޖަލުގައި އޮތްވާ، ޔާސިރު ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ހާޓްއެޓޭކެއް ޖެހިގެންނެވެ. ޔާސިރު ގެއަށް ބަދަލު ކުރުމަށް އޭނާގެ ވަކީލު ކޯޓުގައި އެދުނު ނަމަވެސް ކޯޓުން އެ އަމުރު ނެރެދީފައިނުވެއެވެ. 

ޔާސިރު ހައްޔަރު ކުރެވިފައިވަނީ 2017 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް އެއްވެސް ދައުވާ އެއް އުފުލާފައި ނުވި ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ހަނގުރާމައަށް ރާއްޖެއިން ބޭރަށް މީހުން ފޮނުވުމުގެ ތުހުމަތު ކަމަށް ބުނެފައެވެ. 

ޔާސިރުގެ ދިވެހި އަންބެއް ހުންނަ އިރު، އެދެމަފިރިންނަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. 

ކިޔުންތެރިންގެ ހިޔާލު
އަސްލު
ޖަލައްލައިގެން 3 އަހަރަށްވުރެ ގިނަދުވަސްވަންދެން އެއްވެސް ދައުވާއެއްނުކޮށް މަރުވަންދެން ބެހެއްޓި މީހުންނަށް މިއަދަކީ އުފާވެރިދުވަހަކަށްވާނެ...