ކަޝްމީރު މައްސަލާގައި ޕާކިސްތާނުން ދެކޭ ގޮތަށް ތާއީދު ކުރަން: އުރުދުޣާން

މަރިޔަމް ލީނާ 2 އޯގަސްޓު 2020 14:30
Flowers
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން އަދި ތުރުކީގެ ރައީސް އުރުދުޣާން

ކަޝްމީރު މައްސަލާގައި ޕާކިސްތާނުން ދެކޭ ގޮތަށް ތާއީދު ކުރައްވާ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އުރުދުޣާން މިހެން ވިދާޅުވީ އަޟްހާ އީދުގެ މުނާސަބަތުގައި ޕާކިސްތާނުގެ ރައީސް އާރިފް އަލްވީ އާއި އެ ޤައުމުގެ ބޮޑުވަޒީރު އިމްރާން ހާން އާއި ފޯނުން ދެއްކެވި ވާހަކަފުޅުގައެވެ. މިގޮތުން އުރުދުޣާން ވަނީ، ކަޝްމީރު މައްސަލާގައި ޕާކިސްތާނަށް ތާއީދު ކުރައްވާނެ ކަމަށާއި ދެ ޤައުމުގެ ވެސް ހުރީ އެއްކަހަލަ އަމާޒުތަކެއް ކަމަށް ވިދާޅުވެފައެވެ. 

އުރުދުޣާން ވަނީ ޕާކިސްތާނުގެ ރައީސް އަލްވީއަށް އެ ޤައުމަށް ޒިޔާރަތް ކުރެއްވުމަށް ދައުވަތުވެސް ދެއްވާފައެވެ. ޕާކިސްތާނުގެ ރައީސް އަލްވީ ވެސް ވަނީ، ތުރުކީއަށް އެކިއެކި ކަންކަމުގައި ޕާކިސްތާނުން ތާއީދު ކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގެ ސަރަހައްދަށް އެ ޤައުމުގެ ޤާނޫނުއަސާސީން ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލައި، އެ ޤައުމުގެ މައި ސަރުކާރުގެ ދަށަށް ކަޝްމީރު ގެންދިޔައީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ކުރީކޮޅުގައެވެ. އޭރުވެސް ތުރުކީ އިން ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފައެެވެ. 

ކިޔުންތެރިންގެ ހިޔާލު