މައިކްރޯސޮފްޓުން ޓިކްޓޮކް ގަތުމަށް މަޝްވަރާކުރަން ފަށައިފި

ޙުސައިން އަފްޝަން 1 އޯގަސްޓު 2020 19:23
Flowers

ޓިކްޓޮކް ގަތުމާ ގުޅޭ ގޮތުން މައިކްރޯސޮފްޓުން މަޝްވަރާކުރަން ފަށައިފިއެވެ. ޓިކްޓޮކުގެ ވެރި ކުންފުނި ކަމުގައިވާ ބައިޓްޑާންސް ކުންފުންޏަށް އެމެރިކާއިން ބޮޑެތި ގޮންޖެހުންތައް ވަރަށް ބޮޑުވެފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން އެމެރިކާއިން އެއެޕު އެމެރިކާގައި ބޭނުންކުރުން މަނާކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

ޓިކްޓޮކް ގަތުމަށް މައިކްރޯސޮފްޓުން ކުރާ މަސައްކަތަކީ އަދި ފެށުމުގެ މަރުހަލާގައި އޮތް ކަމެކެވެ. އަދި މައިކްރޯސޮފްޓަށް ޓިކްޓޮކް ގަނެވޭނެ ކަމެއްވެސް ޔަޤީނެއް ނޫނެވެ. މިމުއާމަލާތުގެ ތަފުސީލު ލިބިފައިވާ ބައެއް ފަރާތްތަކާ ހަވާލާދީ ފައިނޭންޝަލް ޓައިމްސްއިން ބުނެފައިވަނީ އެމުއާމަލާތަށް ތަފާތު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. 

މީހުން ބުނެފައިވަނީ ޓިކްޓޮކް ގަތުމަށް ތަފާތު ގިނަ ފަރާތްތަކަކުން ޝައުޤުވެެރިވާ ކަމުގައި ފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް އެއެޕު ގަތުމުގެ މަސައްކަތް އަދި އޮތީ އޭގެ އެންމެ ފުރަތަމަ މަރުހަލާގައެވެ. މައިކްރޯސޮފްޓާއި ޓިކްޓޮކުން އެކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ބުނެފައިނުވެއެވެ. 

ޓިކްޓިކޮ ގަތުމުގެ މަޝްވަރާތައް ފަށާފައިވާއިރު ޓިކްޓޮކާއި އެއެޕުގެ މައި ހިއްސާ އޮންނަ ކުންފުނި ބައިޓްޑާންސްއިން މައުލޫމާތު ހިއްސާކުރާ ގޮތްތަކާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެއްގައެވެ. ރައީސް ޑޮނާލްޑު ޓުރަމްޕު އަލުން އިންތިޚާބުވުމަށް ކުރައްވާ ކެމްޕޭނުގައި ޗައިނާއިން އެމެރިކާ މީހުންނަށް ވައްކަންކުރާ ކަމުގެ ތުހުމަތުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު