ދިވެހި ޒުވާން ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަރިޔަމް ލީނާ 1 އޯގަސްޓު 2020 12:47
Flowers
މަރްހޫމް ސަނޫން

ފްލައިމީގައި މަސައްކަތް ކުރާ ޒުވާން ދިވެހި ޕައިލެޓަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ސ.ހިތަދޫ، ކޯޒްވޭ ވިލާ ސަނޫން ނަސީރު ނިޔާވެފައި އޮތްވާ ފެނުނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ އާއިލާ މީހުން، އޭނާގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ ހުޅުާލޭގައި ސަނޫން ދިރިއުޅޭ ގެ ކައިރިއަށް ވެއްޓިފައި އޮތްވާއެވެ. 

ސަނޫން ހުޅުމާލޭގައި ދިރިއުޅެމުން ދިޔައީ އޭނާގެ އަނބިމީހާ އާއި ދަރިފުޅާއި އެކުގައެވެ. 

ރޭ ފަތިހު ސަނޫންގެ ހަށިގަނޑު ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު އަދިވެސް ސަނޫންގެ ހަށިގަނޑު އޮތީ ހޮސްޕިޓަލުގައެވެ. 

އަދި ސަނޫން އަށް ހުރީ ކޮވިޑު-19 ޖެހިފައިތޯ ބެލުމަށް މިހާރު ޓެސްޓު ހަދާފައިވާ ކަމަށްވެއެވެ. 


ކިޔުންތެރިންގެ ހިޔާލު