ކުށުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަނީ އާންމުން ދެކޭ ގޮތް ބަލާފައެއް ނޫން: ސީޕީ

އާމިނަތު ޝިމާ 31 ޖުލައި 2020 21:14
Flowers
ފުލުސް ކޮމިޝަނަރު ހަމީދު

ކުށުގެ ތުހުމަތުގައި ފުލުހުން މީހުން ހައްޔަރު ކުރަނީ އާންމުން އެކަމާ މެދު ދެކޭ ގޮތް ބަލާފައި ނޫންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭ ދެކުނުގެ 2 ރަށެއްގައި ރޭޕްގެ ދެ މައްސަލައެއް ފެންމަތިވެފައިވާއިރު، އެ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ނުކޮށްގެން ފުލުހުންނަށް ފާޑުކިޔައި މީހަކު ކޮށްފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުން ކޮމިޝަނަރު ހަމީދު ވިދާޅުވީ ކުށުގެ ތުހުމަތުގައި ފުލުހުން މީހުން ހައްޔަރު ކުރަނީ ޤާނޫނުތަކާއި ޤާނޫނީ އިޖުރާތްތަކުގެ ދަށުން ކަމަށެވެ. އަދި އެކަން ކުރަނީ ޕަބްލިކް ސެންޓިމެންޓަށް ބަލައިގެން ނޫންކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ މީހެން ވިދާޅުވި ނަމަވެސް، ބައެއް މައްސަލަތަކުގައި ސޯޝަލް މީޑިއާގައި އާންމުން ޝުއޫރު ފާޅުކުރާ ގޮތަށް ބަލައި ފުލުހުން މީހުން ހައްޔަރުކޮށްފައި އެބަހުއްޓެވެ. އަދި އެއް ދަރަޖައިގެ ދެ ކުށެއްގައި އެއް ކަހަލަ ހެކި ހުރި ނަމަވެސް ބައެއް މައްސަލަ ތަކުގައި މީހުން ހައްޔަރު ނުކޮށް ދޫކޮށްލާފައިވެސް އެބަހުއްޓެވެ. 

ކިޔުންތެރިންގެ ހިޔާލު
ޙާމަ
ބޮޑުކެކުރި ކުޑަކެކުރި
ކިނބޫ
ސަފާރީ ރޭޕް ގޮތަށް އޮއްބާލާ ހުރިހާ ތިކަހަލަ ކަމެއް. މިސްކިތަށް އަރާއުޅޭ "ހަރުކަށި" މީހުން ފަހާ ދުވޭ. ތިމާމީހާ ރޯދައެއް ހިފި ހަނދާން ހުރިއްޔާ އެދުވަހެއް ބުނަންވީނު.
ޢަލީ
ބަލަނީ އެމްޑީޕީ ތޯ ނޫންތޯ؟ އެމްޑީޢެން ހަމީދު ވިދާޅު ވިޔަސް ތެދެއްވާނީ ތެދަކަށް. މި ސަރުކާރުން އާންމުންނަކަށް ނުބަލާނެ. ބަލާނީ އަހަރެމެން ޕާޓީ ކުދީންނަށް އެކަނި. ތޭންކް ޔޫ ސަރ! އަހަރެމެން 7 އަހަރު ދުވަހު މަގުމަތީ އުޅެފަ ގައުމު ވިއްކާލައިގެން ވެރިކަން ހޯދީ ކަމަކުއޭ ދޯ؟
ނުޒޫ
ތެދެއް! ބަނގުރާ ބޯ މީހުންވެސް!