އިންޑިއާގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ކަޝްމީރު ގެނައުން ދިފާއުކޮށް ރާއްޖެއޮންލައިނުން ރިޕޯޓެއް ނެރެފި

ޖާއިޝް ތައުފީޤް 31 ޖުލައި 2020 19:26
Flowers
ރާއްޖެޓީވީގެ މައި ހިއްސާދާރު ސަލީމް

އިންޑިއާގެ މައި ސަރުކާރުގެ ބާރުގެ ދަށަށް ކަޝްމީރު ގެނައުން ދިފާއުކޮށް، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމު ހިންގަވާ ޓީވީ ޗެނަލެއް ކަމަށްވާ ރާއްޖެޓީވީ އިން ރިޕޯޓެއް ގެނެސްފިއެވެ.

އިންޑިއާގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ އަމިއްލަ ހައިސިއްޔަތު ނިގުޅައިގަނެ، އިންޑިއާގެ ޔޫނިއަން ޓެރެޓަރީއެއްގެ ގޮތުގައި ކަޝްމީރު ހަމަޖެއްސީ މިދިޔަ އަހަރުގެ އޯގަސްޓު މަސްތެރޭގައެވެ. 

މިއަދު ރާއްޖެޓީވީގެ އޮންލައިން ނޫސް ކަމުގައިވާ ރާއްޖެއޮންލައިންގައި ވަނީ، އިންޑިއާ ސަރުކާރުގެ އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ މޫނު މައްޗަށް ހިނިތުންވުން ގެނެސްފިކަމަށް އެ ރިޕޯޓުގައިވެއެވެ. 

"މައި ސަރުކާރުގެ ނިންމުމަށް އެކި ގޮތްގޮތަށް ވާހަކަ ދެކެވުނުނަމަވެސް، އިންޑިއާ ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން، އެއްވެސް ސިޔާސީ ކުލައެއް ނެތި އަދި އެފަދަ ވިސްނުމެއްވެސް ނެތި މޫނުމައްޗަށް ހިނިތުންވުން އައި ބަޔަކު އެބަ ތިއްބެވެ" ދާނިޝް ނިޒާމް ނަމަކަށް ކިޔާ ރާއްޖެޓީވީގެ ނޫސްވެރިއަކު ލިޔެފައިވެއެވެ.

އެ ރިޕޯޓުގައި ވަރަށް ބޮޑަށް، އިންޑިއާ ސަރުކާރުގެ އެ ނިންމުން ދިފާއުކޮށް ލިޔެފައިވެއެވެ. މިގޮތުން، އެ ނިންމުމުގެ ސަބަބުން ހައްޤުތަކުން މަހްރޫމްވެފައި ތިބި ވަރަށް ގިނަ މީހުންގެ ހައްޤުތައް ލިބިގެން ގޮސްފި ކަމަށާއި، ސްކޮލަޝިޕް ލިބުން ފަދަ ގިނަ ފުރުސަތުތައް ލިބިގެން ގޮސްފައިވާ ކަމަށް ބުނެފައިވެއެވެ. 

ކަޝްމީރުގެ މައްސަލައިގައި އިންޑިއާ ސަރުކާރުގެ ނިންމި ނިންމުމަށް ބަޔަކު ދެކޮޅު ހެދިނަމަވެސް، މިއަދު ހަމަގައިމުވެސް އެ ނިންމުމުގެ ސަބަބުން ހައްގުތައް ކަށަވަރުވި ބަޔަކުވެސް އެބަތިއްބެވެ"

ރާއްޖެޓީވީ އިން މިފަދަ ރިޕޯޓެއް ގެނެސްދީފައިވި ނަމަވެސް، އެ ރިޕޯޓުގައި ބުނާފަދައިން މޫނު މައްޗަށް ހިނިތުންވުން އައިސްފައިވަނީ މަދު ބަޔަކަށެވެ. މީގެ ކުރިން ކަޝްމީރުގައި ހިންދޫއިންނަށް ވަޒަންވެރި ނުވެވޭއިރު، ޔޫނިއަން ޓެރިޓަރީއަކަށް ހެދުމުގެ ސަބަބުން އެ ފުރުސަތު ވަނީ ފަހިވެފައެވެ. އަދި ކަޝްމީރުގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ މުސްލިމުން ކަމުގައިވިޔަސް އަލަށް ކަޝްމީރުގައި އެކުލަވާލެވުނު ސަރުކާރުގައި މުސްލިމުން ވަނީ ބާކީކޮށްފައެވެ. 

މީގެ އިތުރުން އިންޑިއާގެ ގިނަ އަދަދަކަށް ސިފައިން ކަޝްމީރުގައި މިހާރު ޤާއިމްވެގެން ތިބިއިރު، އެތައް މުސްލިމުންނެއްގެ ލޭ އޮހޮރުވައި، 12 އަހަރުވެސް ނުވާ ކުޑަކުދިން ވަގަށް ނަގައިގެން ގޮސް މަރާލާފައިވެއެވެ. 

ފާއިތުވި އަހަރެއްހާ ދުވަހު އިންޑިއާ ސިފައިންގެ އަނިޔާވެރިކަން ކަޝްމީރުގެ މުސްލިމުން ތަހައްމަލު ކުރިއިރުވެސް، ރާއްޖެއޮންލައިން އަދި ރާއްޖެޓީވީ އިން މިއިން އެއްވެސް ހަބަރެއް ގެނެސްދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި، ރާއްޖެއޮންލައިނަށް ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ފައިސާ ހަރަދުކުރެއެވެ. އެ ނޫހުން އަވަށްޓެރި ޕާކިސްތާނާއި ދެކޮޅަށްވެސް ގިނަ އަދަދެއްގެ ލިޔުންތައް ލިޔައެވެ. 

ކިޔުންތެރިންގެ ހިޔާލު
އިސްތިއުފާ
ދިވެހިންގެ މިނިވަން ކަން އިންޑިއާ އަށް ފައިސާ ކޮޅަކަށް ވިއްކާލާ އެފައިސާ ބޭނުން ކޮށްގެން ލޯކަލް ކައުންސިލް އިންތިޚާބުގައި ކެމްޕެއިން ކުރަން ރައީސް އިބޫ މަސައްކަތް ކުރާތީވެ ރައީސް އިބޫ މިހާރުން މިހާރަށް އިސްތިއުފާ ދޭންވީއޭ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ ރައީސް އިބޫ އިސްތިއުފާ
444
ޢެއީ ރާއްޖެ ހަލާކުކުރާ ޓީވީ. ޢެއުޅެނީ އިންޑިއާއަށް މިތަން ވިއްކާލުން ރަނގަޅުކަމަށް ދައްކަންވެގެން.
ޢަބުދުﷲ
ތި ބުނާ ސަލީމަކީިވެސް ހައްދު ފަހަނަޅާފަ ހުރި ފަންކާ އެއް
ސަޖޯ
ދިޔަރެސް ނޫހަށްހަރަދު ކުރަނީ ކާކުތޯ؟ ވެބްސައިޓުގެ ފައިސާއާއި ނޫސްވެރިންގެ މުސާރަދެނީ ޕާކިސްތާން އެމްބަސީން ތޯއެވެ ނުވަތަ ޗައިނާ އެމްބަސީންތޯއެވެ