އިންޑިއާގެ އަސްކަރީ މަތިންދާބޯޓާއި ގުޅޭ ސުވާލު ކުރުމުން ނަޝީދު ހެއްދެވީ އިތުރުފުޅު!

ހުސެން ޒަހީން 30 ޖުލައި 2020 13:55
Flowers
ރައީސް ނަޝީދު. ފޮޓޯ:އަވަސް

ހދ.ހަނިމާދޫގައި އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް އެ ޤައުމުގެ ސިފައިންނާއި އެކު ބޭއްވުމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް ނަޝީދު އެކަމާ ގުޅޭގޮތުން އިތުރުފުޅު ހައްދަވައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ދިޔަރެސް" އިން ސުވާލު ކުރުމުން ރައީސް ނަޝީދު ވަނީ އެ މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ. 

ތިވިދާޅުވި މަތިންދާ ބޯޓު ގެނައުމަށް އެއްބަސް ވެވަޑައިގަތީ ރައީސް ޔާމީން. އެކަމަކާ އަޅުގަނޑު ރައީސް ޔާމީނާ އެއްވެސް ހާލެއްގާ ފާޑު ބުނަނީކީ އެއް ނޫން. އަޅުގަނޑަށް އިނގޭ ރައީސް ޔާމީންގެ ވިސްނުންފުޅުވެސް އެކަމުގަ ގެންދަވާފާ ހުންނާނީ އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަން ހޯދުމަށްޓަކާ ދިވެހިން ވެރިން އާންމުކޮށް ވިސްނާ ވިސްނުމުގައި ކަން

ރައީސް ނަޝީދު މިހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެފަދަ އެއްބަސްވުމެއްގައި ސޮއިކޮށްފައިނުވެއެވެ. ހދ.ހަނިމާދޫގައި އިންޑިއާ ސިފައިންނާއި އެކު އެ ޤައުމުގެ ޑޯނިއާ 228 މަރުކާގެ މަތިންދާބޯޓެއް ބޭއްވުމަށް ދިވެހި ސަރުކާރާއި އެކު ސޮއި ކުރެވިފައިވަނީ މީގެ 3 މަސްކުރިންނެވެ. ސަރުކާރުން މިހާތަނަށް އެކަން ސިއްރުކޮށްފައި ވަނިކޮށް "ދިޔަރެސް" ނޫހުން އެ ހަބަރު ގެނެސް ދިނުމުން ސަރުކާރުން ވަނީ އެއީ ކުރީ ސަރުކާރުން ނިންމާފައި އޮތް ކަމެއް ކަމަށް ބުނެ ރައްޔިތުންނަށް އޮޅޭގޮތަށް މައުލޫމާތު ދީފައެވެ. 

މީގެ އިތުރުން އެ ސުވާލާ ގުޅިގެން ރައީސް ނަޝީދު ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. މިގޮތުން އިންޑިއާ ކަނޑަށް އައްސޭރި ނުވާ ޤައުމުތައް އިންޑިއާ ކަނޑަށް އަތްގަދަ ކުރަން އުޅުމުން ދިވެހިންނަށް ގެއްލުން ލިބޭކަމަށް ވިދާޅުވިއެވެ. 

"މިތަނުގައި ދިވެހިން ދިވެހިންގެ ގޮތުގައި ސާބިތުވެ މިތިބެނީ ވަކިގޮތަކަށް ދިވެހިންގެ އަމަލުތަށް އަބަދުވެސް ބެހެއްޓިފައި ހުރީމާ. އިންޑިއާ ކަނޑުގަ، އެކިިއިރު އެކި ޤައުމުތައް އަތްގަދަ ކުރޭ. މީގެން އިންޑިއާ ކަނޑުގަ އައްސޭރި ނުވާ ޤައުމުތައް، މި ދަންނަވާ އިންޑިއާ ކަނޑަށް އައްސޭރިވާ ޤައުމުތައް އެބަހުރި، އެ ނޫން ޤައުމަކުން އިންޑިއާ، ކަނޑުގެ ބޭރުގެ ޤައުމަކުން، އިންޑިއާ ކަނޑުގެ އަހުލުވެރިންތެރެއަށް ނުވަތަ އިންޑިއާ ކަނޑަށް އަތްގަދަ ކުރަން މަސައްކަތްކޮށްފައިވާ ކޮންމެ ފަހަރަކު ދިވެހިންނަށް ލިބިފައިހުރީ ވަރަށް ބޮޑު ގެއްލުމެއް އެއީ ޕޯޗުގީޒުންނަށް ވިޔަސް، އެއީ ހޮލެންޑު މީހުންނަށް ވިޔަސް، އެއީ އިނގިރޭސިންނަށް ވިޔަސް، ދިވެހިންނަށް ލިބިފަހުރީ އެކަމުގެ ގެއްލުން. މިހާރު އަނެއްކާވެސް އަޅުގަނޑު ދަންނަވާނީ އަބަދުވެސް ދިވެހި ވެރިން މިކަމަށް ވިސްނާނެއޭ" ނަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ދިވެހި ހުރިހާ ވެރިންވެސް ޚާރިޖީ ސިޔާސަތުގައި އަމަލު ކުރަމުން އަންނަނީ ދާދި އެއްގޮތަކަށް ކަމަށާއި އެގޮތުގައި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. 

"އެއީ ދެ ސަރުކާރުންވެސް، ރައީސް މައުމޫނުވެސް އަދި އަޅުގަނޑުގެ ސަރުކާރުންވެސް، އަދި އޭގެ ކުރިއަށް އިބްރާހިމް ނާސިރުގެ ސަރުކާޜުވެސް. އަދި އޭގެ ކުރިއަށް ފާމުދޭރި ކިލެގެފާނުވިޔަސް، އަދި އޭގެ ކުރިއަށް މުހައްމަދު އަމީނު ވިޔަސް، ހަސަން ފަރީދު ވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގަ މީހުން އުޅެން ފެށީއްސުރެފަށައިގެން އަމަލުކުރަމުން، ހާއްސަކޮށް ޚާރޖީ ސިޔާސަތުގަ އަމަލުކުރަމުން މިދަނީ ދާދި އެއްގޮތަކަށް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ހަނިމާދޫގައި އިންޑިއާގެ މަތިންދާބޯޓެއް ބާއްވަން ނިންމުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެއީ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލޭފަދަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ޢަލީ
މިކަލޭގެ ބަލާވެރިކަމާ އުނދަގުލުން މާތްވެގެންވާ އިސްލާމްދީނާ ދިވެހިގައުމާ ލޮބުވެތިރައްޔިތުން ސަލާމަތްކޮއްދެއްވުންއެދި ކޮއްމެ ފަރުޟުނަމާދެއްގެ ފަހުރަކުއަތުގެ އިއުތިދާލުގައި ހުރިހާލޮބުވެތިރައްޔިތުން ދުޢާކުރެއްވުމައް އާދޭހާއެކު އެދމެވެ. މިއީ ދިވެހިންގެމައްޗައް މިހާރު ލާޒިމުކަމެއް.
އައްޑޫބެތްޔާ
މީނަމީ މަރުވެސް ނުވި މީހެއްދޯ އަހަރުމެން ގައުމައް ހުރި ބޮޑުބަލާ ވެރިކަމެއް
އަސްލު
ނަޝީދު ތިޔަނޫނީ ނޭގެ ދުވަހަކުވެސް ދޮގެއް ހެދިކަމެއް.
ފެމުނު
އަންނިއާ ސުވާލު ކުރުމަކީ ވެސް ބޭކާރުކަމެއް ތީ ދޮގުން ބަރާ ވެފާ ހުރި ހިތެއްގެ ވެރިއެއް އެ ހިތަކަށް އެހެން އެއްޗެއް ލާނެ ކުޑަވެސް ތަންކޮޅެއް ނޯއްނާނެ، ތިމީހާގެ ހިތް އޮތީ ދޮގުން ކަޅި ކޮށްފާ ދޮގުނޫން އެއްޗެއް އެކަލޭގެ ހިތަށް އަދި ދުލުގާ ވެސް ނުލެއްވުމަށް ދުއާ ކުރަން.
ނކއ
ތިކެނެރޭގޭ ބުންޅަބެ ގެބަލާވެރިކަން މިގައުމަށް ޖެހިފަވާ ބޮޑުމުސީބާތަކަށްވެއްޖެ މާތްﷲ މިގައުމާ މިގައުމުގެ ރައްޔިތުން މިލާދީނީ އަންނި ގެކިބައި ސަލާމަތް ކޮށްދެއްވާދޭ އާމީން
ހަޔަސިންތް
ނަޝީދުގެ ފިލްމު ފެށުނީއްސުރެން މިހާތަނައް ތެދެއް ހަދާފައެއްނެތް މުޅިންހެން ރައްޔިތުން ލޮލުގަ އަދުންއަޅުވާގެން އަދި އަޅޯބަޅޯ ހައްދާގެންއެއުޅެނީ ދާދިއަވަހައް ﷲ ގެއިރާދަފުޅުން ފެއްސިގެން ހިގާދާނެ
ޓަކި މޫނާ
މިހާރު މިކަލޭގެ އުޅެނީ ބަރުލަމާނީ ނިޒާމު ގެނެސްގެން ޕްރައިމް މިނިސްޓަކަށް ނުވެވިގެން. އަދިވެސް އެހުންނަނީ ވެރިކަމަށް ކަރުހިއްކާ ގަނެފަ މާ ނޫން ކަމަށް ހެދިގެން. މި ޝައިތާނު އަވަހަށް މަރު ގަންނަވާން ދޭވެ. އާމީން