ދައްޕަރަކީ ދިގު މުއްދަތަށް ކުއްޔަދޭން ގެދޮރު ބިނާކުރަން ޕްލޭންކޮށްފައިވާ ރަށެއް: މެމްބަރު ޝަރީފު

މަރިޔަމް ލީނާ 26 ޖުލައި 2020 20:45
Flowers
މެމްބަރު އިބްރާހިމް ޝަރީފު

ހއ. ދައްޕަރަކީ ދިގު މުއްދަތަށް ފަތުރުވެރިންނަށް ކުއްޔަށް ހިފޭގޮތަށް ތަރައްޤީ ކުރުމަށް ސަރުކާރުން ޕްލޭން ކުރަމުންދާ ރަށެއް ކަމަށް ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި އިބްރާހިމް ޝަރީފު ވިދާޅުވީ، މިއީ ޓުއަރިސްޓު ރިސޯޓުގޮތަށް އެހެން އުސޫލަކުން ހިންގާނެ ރިސޯޓެއް ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކަށް އިންޑިއާ އާއި ގުޅުން އޮތް ޕްރޮޖެކްޓެއް ނޫންކަމަށް ޝަރީފު ވިދާޅުވިއެވެ.

ދައްޕަރުގައި ދިގު މުއްދަތަށް ބޭރު މީހުންނަށް ގެދޮ ކުއްޔަށް ދޭ މަޝްރޫއުއެއް ފަށާނެ ކަން އިއުލާން ކޮށްފައިވާއިރު "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މަޝްރޫއު ހިންގުމަށް ހަވާލުކުރަން ނިންމާފައިވަނީ އިންޑިއާ ކުންފުންޏަކާއިއެވެ.

2010 ވަނަ އަހަރުވެސް ރައީސް ނަޝީދުގެ ވެރިކަމުގައި ދައްޕަރު އިންޑިއާ ބަޔަކަށް މިގޮތަށް ދޫކުރިއެެވެ. ނަމަވެސް އެ މަޝްރޫއު ރައީސް ޔާމީންގެ ވެރިކަމުގައި ވަނީ ހުއްޓުވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު
ހުސެއިން
އެމްޑީޕީއަކީ ރާއްޖެ އަޅުވެތިކުރުމުގެ ފިކުރު. ރާްއްޖޭގެ ސިޔާދަތާއި އިސްތިގުލާލާއި ދީނީ ވަހުދަތު ޑިމޮކްރަސީގެ ނަމުގައި ގެއްލުވާލަން މަސައްކަތްކުރާ ބާޣީ ބައިގަނޑެއް
ފައިޒް
ކިހާވަރެއް ލިބުނުބާ
ކިނބޫ
ގެރި އިންޑިއާއަށް ދައްޕަރުވެސް ކެލާވެސް ކަލޭވެސް ވިއްކާލާނެ. ހުރޭ މޮޔައެއްހެން ހެވިފަ.
1111
ކޮށްފާނެ! ތިބައިގަނޑަށް އެއއްގޮތަކަށްވެސް އިތިބާރު ކިރާކަށް ނޭގޭނެ! ތިވެރިންގެ މަޤަސަދު ވަރަށް ސާފު. ސީދާ ތިމަންނާމެން އެބަ އުޅެމޭ ބުނެގެން ކަމެއް ވާކަށް ނޯންނާނެއެއްނު!
ދައްޕަރުމީހާ
2010 ވަނަ އަހަރު ދައްޕަރު ތަރައްޤީކުރަން ހަވާލުވީ ސިންގަޕޫރުގެ ޗެޑީ ހޮޓެލް ޗެއިންއިން. ވާނުވާގަ ހަބަރު ނުލިޔެ ފިތުނަ އުފައްދާ. ފިތުނު ދިޔަ
އަބދަސއް
ދީނޭ މިނިވަންކަމޭ ކިޔައިގެން ބަގާވަތްކުރަން ދެން ދިވެހި ރައްޔިތުންނެއް ނުހެއްލުވޭނެ