Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ދިވެހި ފަސްގަނޑުގައި ބޭރު ޤައުމެއްގެ އަސްކަރީ ބަޔަކު ތިބުމަށް ތާއީދުނުކުރަން: އިދިކޮޅު

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އަދި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް އެއްބަސްވުމެއްގައި އެއްވެސް ޤައުމަކާއެކު ކުރީ ސަރުކާރުން ސޮއިކޮށްފައިނުވާނެ ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އެކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިފާޢީ ބާރުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރަން ކަމުގައިވީނަމަވެސް، ރައްޔިތުން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައިވީނަމަވެސް، ބޭރުގެ ސިފައިން ދިވެހިރާއްޖޭގައި ތިބުމަކީ އެކޯލިޝަނުން އެއްވެސް އިރެއްގައި ޤަބޫލުކުރި ކަމެއް ނޫން ކަމުގައެވެ. އަދި އެފަދަ ކަމަކަށް މަގުފަހިވާނެ ފަދަ އެއްބަސްވުމެއް އެކުލަވައިލުމަކީ އެކޯލިޝަނުން ކުރާނެ ކަމެއް ނޫން ކަމުގައިވެސް އެބަޔާނުގައި ބުނެފައިވެއެވެ.
މިފަދައިން އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ރާއްޖެއަށް ޑޮނިއާ ފުލައިޓެއް އިންޑިޔާއިން ގެނެސް، އެފުލައިޓާއެކު އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބޭ ގޮތަށް އެއްބަސްވުމެއް އެކުލަވައިލާފައިވާކަން، "ދިޔަރެސް" ނޫހުން ހާމަކުރުމާ ގުޅިގެން އެއީ ކުރީ ސަރުކާރުން ހެދި އެެއްބަސްވުމެއް ކަމުގައި މިސަރުކާރުން ބުނުމާ ގުޅިގެންނެވެ.
އެކޯލިޝަނުގެ ބަޔާނުގައި ބުނެފައިވަނީ ޤައުމީ ސަލާމަތީ ރައްކާތެރިކަމަށްޓަކައި، ޚާރިޖީ އަދި ޢަސްކަރީ ދާއިރާއިންވެސް ޤައުމުތަކާ ގުޅުން ބަދަހިކުރުމަކީ އެކޯލިޝަނުން މަރުހަބާ ކިޔާ ކަމެއް ކަމުގައެވެ. އަދި ޤައުމީ ސަލާމަތަށް ނުރައްކަލެއް މެދުވެރިނުވާނެ ކަންކަމުގައި ދިވެހިރާއްޖެއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، ޤައުމުގެ ތަރައްޤީއަށް އެހީތެރިކަން ހޯދުމުގައި އެއީ މުހިއްމު ކަމެއް ކަމުގައި ދެކިގެން އެގޮތަށް ބޭރު ޤައުމުތަކާއެކީ ޕީޕީއެމް ސަރުކާރުން މަސައްކަތްކުރި ކަމުގައި އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ދިފާޢުކުރުމުގައި އިދިކޮޅު ކޯލިޝަން ދެމި އޮންނާނެ ކަމުގައާއި، ޤައުމީ ސަލާމަތަށް ނުރައްކާވާ ބާވަތުގެ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލާ ކަމުގައިވެސް އެބަޔާނުގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއެކު ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން އަނބުރައި އިންޑިޔާއަށް ގެންދިއުމަށް ރައީސް ޔާމީން ވެރިކަމުގައި ދިވެހި ސަރުކާރުން އިންޑިޔާގައި އެދިފައިވެއެވެ.
މި ލިއުމާއި ގުޅޭ