އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި!

އަހްމަދު އަޒާން 22 ޖުލައި 2020 10:19
Flowers
ރައީސް ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބޭއްވުމަށް ދިވެހިރާއްޖެއާއި އިންޑިއާ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

"ދިޔަރެސް" އަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދާދި ފަހުންނެެވެ. ނަމަވެސް ދެ ޤައުމުގެ ސަރުކާރުންވެސް އަދި ރަސްމީކޮށް މިކަން ހާމަކޮށްފައިނުވެއެވެ. މި އެއްބަސްވުމުގެ މައުލޫމާތު އެނގޭ ފަރާތަކުން މައުލޫމާތު ދެއްވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ރާއްޖެއަށް ގެނެސް ރާއްޖޭގައި ބޭނުން ކުރަން ފަށާނެއެވެ. އަދި އެ މަތިންދާ ބޯޓާއި އެކު ހަތިޔާރު އެޅި އިންޑިއާ ސިފައިންވެސް އަންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މި މަތިންދާ ބޯޓާއި އެއާއި އެކު އަންނަ ސިފައިން ޤާއިމްވެ ތިބޭނީ ރާއްޖޭގެ ކޮންމެވެސް އެއާޕޯޓެއްގައި ކަމަށްވެއެވެ. ނަމަވެސް އެއީ ކޮން އެއާޕޯޓެއް ކަމެއް އަދި ކަށަވަރެއް ނުވެއެވެ. ދާދި ފަހުން އިންޑިއާ އިން ވަނީ ހދ ހަނިމާދޫގައި އޮންނަ އެއާޕޯޓު ތަރައްޤީ ކުރަން ނިންމާފައެވެ.

މިކަމާއި ގުޅިގެން "ދިޔަރެސް" އިން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދާއި ސުވާލު ކުރުމުން އެއްވެސް ޖަވާބެއް ދެއްވާފައިނުވެއެވެ.

އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓެއް ދިވެހިރާއްޖޭގައި ބާއްވަން އުޅޭކަމަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަސްތެރޭ އިންޑިއާގެ ނޫސްތަކުންވެސް ރިޕޯޓުކުރިއެވެ.

މިގޮތުން އިންޑިއާ ގެ ނޭވީގައި ބޭނުން ކުރަމުން އަންނަ ޑޯނިއާ ޑީއޯ 228 މަރުކާގެ މަތިންދާ ބޯޓެއް ރާއްޖެއަށް ގެންދަން ނިންމާފައިވާ ކަމަށް އޭރު އިންޑިއާގެ ނޫސްތަކުން ބުނެފައިވެއެވެ. އޭގެ 63 ބޯޓު އިންޑިއާގެ ނޭވީގައި އޮވެއެވެ.

އިންޑިއާ އިން މީގެ ކުރިން ވަނީ ދިވެހިރާއްޖެއަށް 2 ހެލިކޮޕްޓަރު ދީފައެވެ. ހަދިޔާއެއްގެ ގޮތުގައި ކަމަށް ބުނެ ދިން ހެލިކޮޕްޓަރުގެ ހުރިހާ ކަމެއްގައި ވެސް ހަރަކާތްތެރި ވަނީ އިންޑިއާ ސިފައިންނެވެ. އަދި ހެލިކޮޕްޓަރު ރާއްޖެއަށް ގެނައި އެއްބަސް ވުމުގައި ވާގޮތަށް، ދިވެހި ސިފައިން އެ ދުއްވަން ތަމްރީނު ކުރަންވެސް އިންޑިއާއިން ވަނީ ދެކޮޅުހަދާފައެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، އެ ހެލިކޮޕްޓަރު ތަކާއި ގުޅޭ އެއްބަސްވުމުގެ މުއްދަތު ހަމަވެ، އަލުން ފޮނުވާލުމަށް ނިންމުމުން އިންޑިއާއިން އެ ހެލިކޮޕްޓަރުތައް އަނބުރާ ގެންދަން ދެކޮޅު ހެދިއެވެ. ނަމަވެސް ރައީސް ޔާމީން ވެރިކަމުގެ ފަހު ދުވަސްކޮޅު، ހެލިކޮޕްޓަރު ދުއްވާ ސިފައިންގެ ވިސާ އާކޮށް ނުދިނުމުގެ ސަބަބުން، އެ ހެލިކޮޕްޓަރުތައް އެއްވެސް ގޮތަކަށް ބޭނުން ނުކުރެއެވެ. އަލުން ހެލިކޮޕްޓަރުތައް ބޭނުން ކުރަން ފެށީ ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެވަޑައިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު
ޅެޓްސް ވޭކަޕް
ޙަމަ ހުވާ ... ތިޔަޢީ ތެދެއް ވެއްޖެޔާމް މާލޭގަ އުޅޭ އިންޑިޔާ މީޙުންނަށް ދުއްތުރާކޯށް ފައްސާލާނަން..... ލެޓްސް ސްޓާރޓް ....
އަހުމަދު
އެއްވެސް ދިވެއްސެއް އިންޑިއާއަށް ނުދާންވީ އަދި ރާއްޖޭގައުޅޭ އިންޑިއާ މީހުންނައް ކުރެވުނުހާ ޖެއްސުމެއް ކޮއް ބަލާ ބޮޑުކުރަންވީ.
އާދަނު
މީ ގައުމީނުރައްކަލެއް ނޫންތަ ހަދިޔާ ދޭށޭ ކިޔައިގެން އެމީހުން ނުފައިފާބައިގެން މި އުޅެނީ
ކިނބޫ
ނަމާ އެއްފަދަ މީހާ ނުބައި ގޮތަކަށް ތިރިކުރައްވާށި، އާމީން!
އަޙުމަދު ރަޝީދު
އާމީން
ކިއުންތެރިޔާ
މިގައުމުގެ ރައްޔިތުން މިބަޔަކު ވެރިކަމައްމިގެނައީ ކީއްކުރަންބާ؟ރީތި ނަމެއްގާ ރައްޔިތުން އަޅުވެތި ކުރަން؟؟؟ އަޅުވެތިކޮށް ގައުމު ވިއްކާލާއިރު ދިވެހިން ބަލަން ތިބެނީތޯ؟؟؟ ނޫނީ މިއީ ދިވެހިން ބޭނުންވާ ގޮތްތޯ؟؟ ހެޔޮވެރިކަމެއް ކޮއްދޭނެކަމައްބުނެ ދިވެހިންގެ ލޮލުގަ އަޅުވާފަވާ އަނދުން ފޮހެލާކައްނުވޭބާ؟؟؟ ދިވެހިންނަށް ކޮންމެގޮތެއްވަރިހަމަ ވެފާ މިތިބީ ކޮންފަދަ މަސްތެއްގަބާ؟؟؟ފިވެހިން ނިދާފާ ތިބި ނިދިން ހޭލާކަށްނުވޭތޯ؟؟ ފަލަސްޠީން އަށް ވީގޮތް ވާން މި ދިވެހި ފަސްގަނޑު ދޫކޮށްނުލާ!! މިބިން އަހަރެމެންގެ ދަރިންގެ ދަރިންނާ ހަމައަށް މިނިވަން ކަމާއެކު އުޅެވޭނީ ތަނެއްގެ ގޮތުގާ ބޭއްވުމަށް އެއް އަޒުމެއްގާ ގައުމު ސަލާމަތް ކޮއް ދެމާ!!!
މުހައްމަދު25
މިއީ ގައުމައް ދިމާވެފައިވާ މުސީބަތެތްފަދަ ވެރިކަމެއް .. ﷲ މިބައިމީހުން ބަލިކަށި ކުރައްވާނިކަމެތި ކުރައްވާންދޭ.. އާމީން
ޢަޅުވެތިކަން
މިއީ އަހަރަމެންގެވެސް ރާއްޖެ. ދާދިއަވަހަށް މިސަރުކާރު ވެއްޓިދާނެ
ސަޖޯ
ސޯލިހަކީ ރައީސް އިބޫގެ ބައްޕަ މާލޭ ގޭގޭގަ އަލިފާން ހިފާޒާތުގެ މުދާ ބަހައްޓަން ގުދަން ކުއްޔައް ދިނުމެކޭ ތިޔެކޭ ނެތް މާބޮޑު ތަފާތެއް
ބޮޑޭ
ރައިއްޔަތުން އަޅުވެތި ކޮށް ގައުމު ހަލާކުގެ ތެރެއަށް ވައްޓާލާ މާތްވެގެނވާ އިސްލާމްދީން މިގައުމުން ނައްތާލަން މި އުޅޭ މަކަރުވެރި އަނިޔާވެރިންގެ ސަރުކާރުގާ ނިމުމުގެ ސިއްކަ ޖައްސަވާފާނދޭވެ އާމީން، ޔާﷲ މި ސުންޕާ ސަރުކާރުގެ ނުބައި ނުލަފާ ރޭވުންތައް ނާކާމިޔާބު ކުރައްވާށި އާމީން ޔާރައްބަލްއާލަމީން.
ބިސް
ވެރިކަމުން ބޭރުކުރަން ވާއިރަށް ފިލައިގެން ދާނެ މަގެއް ކޮށާލަނީ...
ހަޖަމު ޕްލީސް
އަހަރެމެން ހަދާނެ ގޮތެއް ހަދާތަން ބަލަން ތިޔަކުދިން ހަމަ ތިބެން ޖެހޭނީ.މި ސަރުކާރަކީ ކަންކަމާމެދު ދުރާލާ އެކަމަށް ވިސްނައި ތައްޔާރުވެ ހުރެ މަސައްކަތް ކުރާ ސަރުކާރެއް.
ސުސް
މޑޕ ޖާހިލުން ބޭނުންވަނީ މިތާ ހަނގުރާމްއެއްކުރަން..
އައްޔު
އިންޑިޔާއަޑީގައި އޮވެގެން އިންތިޚާބު އޮޅުވާލާ މިސަރުކާރު ގެނައީ ކަމަކު. އެކަންކަމަށް އާއެކޭބުނުމުން އިންތިޚާބު އޮޅުވާލާ ވެރިކަމަށް ގެނައީ ދެން މި 5 އަހަރު ނިމޭއިރު އިންޑިޔާގެ ބޭސްއެއް މިރާއްޖޭގައި ޤާއިމްވާނެ އުތުރުފަޅުގެ ޑީލް އެބައޮތް ކުރިޔަށް
ޏަން
ޖާބިރު ހެލިކޮޕްޓަރު ގަނެގެން އުޅޭއިރު ދިވެހި ދައުލަތަށް ހެލިކޮޕްޓަރެއްނުގަނެވެންވީ ސަބަބެއް ނުވިސްނުނު.... މޯލްޑިވިއަން އާއި މަންޓާ އިން މަތިންދާބޯޓު ގަނެގެން އުޅޭއިރު ދިވެހި ދައުލަތަށް މަތިންދާބޯޓެއް ނުގަނެވެންވީ ސަބަބެއް ނުވިސްނުނު... ޢާންމު ފަރުދުން ބޭރު ގައުމު ތަކަށް ގޮސް ޕައިލެޓް ކަމާއި އޭވިއޭޝަން ދާއއިރާ ތަކުން ކިޔަވާ އިރު ދިވެހި ދައިލަތުގެ ހަރަދުގައި ދިވެހިން މިފަދަ ދާއިރާ ތަކުން ބޭރަށް ކިޔަވަން ފޮނުވާކިޔަވާ ނުދެވެންވީ ސަބަބެއް ނުވިސްނުނު...ހެޔޮ ނުވާނެ... ޢެހެން ގައުމުތަކަށް ޑިޕެންޑް ވާވަރު މަދު ކުރޭ. ގޮތް ނެތިގެންނެއް ނޫން ކަންނޭގެ ތިކަހަލަ ނިންމުންތައް ތިނިންމަނީ... ޢިހުލާސްތެރި ވެރިން އުފެދިގެން ނޫނީ ގައުމު ކުރިއަށް ދިޔުމަކީ ނެތް ކަމެއް